ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏަކަށް ދިޔަވެ އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ޅ. އަތޮޅަށް ދަތުރު ކުރަމުންދިޔަ "ލޫން 2" ނަމަކަށް ކިޔާ ދޯނި އަޑިއަށްދާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މި ދޯނީގައި ހަތަރު މީހުން ތިބިއިރު، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 20:52 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!