ދިވެހިރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތިން ހާދިސާއެއް ހިނގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ 3 ހާދިސާއެއްގައި އެތަނުގެ ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

Ad
rt

މިފަދަ 6 ހާދިސާއެއްގެ ރިޕޯޓް ރޭ ވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.

ނަމަވެސް މި ހާދިސާތަކުގެ އިތުރު ތަފްސީލެއް އެމްއެންޑީއެފަކުން ނުދެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖިކަލް ސާވިސަސްގެ މެޓް އޮފީހުން ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މިއަދު ހެނދުނު ތ. އަތޮޅުން ފެށިގެން ގދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުމީ ސަމާލުގެ ހުދު ސަމާލު ނެރުނެވެ.

މޫސުން ގޯސް ދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން ދަތުރުކުރުމަށާއި، އަދި މޫސުމަށް ބަލައިގެން ދަތުރަށް އެރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.