ދިހަ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އެރުމުގެ ހާދިސާއެއް ރޭ ހިނގައިފިއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ދިހަ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ނ. އަތޮޅުގައި އޮންނަ ފަރަކަށް އަރައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

މި ދޯންޏަކީ "ނަސްފަރު" ނަމަކަށްކިޔާ 75 ފޫޓުގެ ދޯންޏެކެވެ. މި ދޯނި ފަރަށް އަރާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި، މި ދޯނި ފަރަށް އަރާފައި ވަނީ ށ. ވަނގާރުން ފުރައިގެން މާލެ ދާން ދަތުރުކުރަނިކޮށް ނ. އަތޮޅުގައި އޮންނަ ލޯފަރު ނަމަކަށް ކިޔާ ފަރަކަށެވެ.

ފަރަށް އެރުމުގެ ސަބަބުން މި ދޯންޏަށް ދިޔަވަމުން އަންނައިރު، އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލް އެމްއެންޑީއެފުން އަދި ހާމަކޮށްފައިނުވާއިރު، އެ އިދާރާއިން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި އެ ދޯންޏަކީ މުދާ އުފުލާ ދޯންޏެކެވެ.