ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އޭގެ ކަނދެއް ނެއްޓި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގީ ވެސްޓް އިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރީގަ އެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ސީޕްލޭން ދިޔަވަމުން އަންނަ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ބޯޓުގެ ފަހަތަށް ފެން ގަނޑު ވަދެފައިވާ މަންޒަރު ފެނެ އެވެ.
މިކަމާ ގުޅޭ ގޮތުން ޓީއެމްއޭގެ ބަހެއް އަދި ނުލިބެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބ.އަތޮޅު ރިސޯޓަކަށް ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު ތަފްސީލެއް ނުދެއެވެ.
މި ސީޕްލޭންގައި ދަތުރު ކުރި މީހުން މިހާރު މާލެ ގެނެސްފައިވާ ކަމަށްވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!