މިސްރާބު ނަމަކަށް ކިޔާ ސަފާރީއެއްގެ އިންޖީނު ހުއްޓުމުން އެ ސަފާރީ އަށް ދިވެހި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މ. އަތޮޅު ފުލުހުންގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އިއްޔެ ހަވީރު 16:22 ހާއިރު ގެސްޓުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ސަފާރީއެއްގެ އިންޖީނު ހުއްޓިގެން މ. އަތޮޅު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ސަފާރީ އަކީ މިސްރާބު ނަމަކަށް ކިޔާ ސަފާރީއެކެވެ. މި ހާދިސާ ހިނގިއިރު މި ސަފާރީ ދަތުރުކުރަމުން ދިޔައީ މ.އަތޮޅުން ފުރައިން ލ.އަތޮޅަށެވެ.
މި ސަފާރީގެ އިންޖީން ހުއްޓިފައިވަނީ މ.މުއްޔާއި ދިމާ 25 މޭލު ބޭރުންނެވެ.
މި ހާދިސާ ހިނގިރިރު ސަފާރީގައި 2 ދިވެހިންނާއި 6 ބިދޭސީން ތިބިކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށް މ. ފުލުހުން ވަނީ މައުލޫމާތު ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!