Skip to main content
Topic Archive

#ރައީސް ޔާމީން

146 Stories filed
އެސްކްރޯ އެކައުންޓްގައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ މަޑުޖައްސާލަން އަންގައިފި
News

އެސްކްރޯ އެކައުންޓްގައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ މަޑުޖައްސާލަން އަންގައިފި

ކުރީގެ ރައީސް އަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައިވާ މައްސަލާގައި ޔާމީންގެ ފަރާތުން ބޭންކާއި އޭސީސީއާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ތެރެއިން ޔާމީންގެ އެކައުންޓަށް އެއް […...

ޔާމީނަށް އިއްވި ހުކުމްތައް ބާތިލްކޮށް, މިނިވަންކޮށްފި
Raajje

ޔާމީނަށް އިއްވި ހުކުމްތައް ބާތިލްކޮށް, މިނިވަންކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހަތް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލް ކުރުމާ އެކު, މައްސަލަ އަލުން ބަލަން އަމުރު ކުރުމުން އެމަނިކުފާނު މިރޭ މިނިވަންވެއްޖެ އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް, އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް، ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި […]

ޔާމީނަށް އިއްވި އެއް ހުކުމް ބާތިލްކޮށްފި
Raajje

ޔާމީނަށް އިއްވި އެއް ހުކުމް ބާތިލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދެންމެ ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަންގައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވީ މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރަށް، ޖުމްލަ 11 އަހަރުގެ އަހަރުގެ ޖަލު ހުކުމެކެވެ. އެ މައްސަލަ […]

ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދީފި
Raajje

ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދީފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފުލުހުންނާއި ސިފައިންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެއްވައިފިއެވެ. ރައީސް އެގޮތައް ނިންމަވާފައިވާކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނުގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ ފިރުޒުލް ޢަބްދުﷲ ޚަލީލް އެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ދުވަހުގެ މަގުޗާޓު، ”ހަފުތާ 14”ގައި ހިމެނިފައިވާ ކަންކަންމުގެ ތެރެއިން ފުރަތަމަ ހަތަރު ހަފުތާގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމާގުޅ...

ރައީސް ޔާމީނަށް އިތުރު ލުޔެއް ނުދޭތީ ޕީއެންއެފް ކަންބޮޑުވެއްޖެ
Raajje

ރައީސް ޔާމީނަށް އިތުރު ލުޔެއް ނުދޭތީ ޕީއެންއެފް ކަންބޮޑުވެއްޖެ

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އެއްވެސް ލުޔެއް ނުދޭތީ އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ކަންބޮޑުވެއްޖެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވެވި […]

ޕީއެންއެފް އުފެއްދުމަށް ހުއްދަ ދިނުމާމެދު މާދަމާ ގޮތެއް ނިންމަނީ
Raajje

ޕީއެންއެފް އުފެއްދުމަށް ހުއްދަ ދިނުމާމެދު މާދަމާ ގޮތެއް ނިންމަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައެއް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް އީސީން މިއަދު ބުނެފިއެވެ. ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން އެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒެއިން ގެ ފަރާތުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު މާދަމާ […]

ޖަމީލް ވިދާޅުވަނީ ރާއްޖޭގައި ދެން ވެރިކަން ކުރާނީ ޔާމީންގެ ޕާޓީން ކަމަށް!
Raajje

ޖަމީލް ވިދާޅުވަނީ ރާއްޖޭގައި ދެން ވެރިކަން ކުރާނީ ޔާމީންގެ ޕާޓީން ކަމަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ޕާޓީ (ޕީއެންއެފް) އަކީ ރާއްޖޭގައި ވެރިކަން ކުރާނެ ޕާޓީ ކަމަށް ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާއި ޔާމީންއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވައި ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައި ޕާޓީ އުފެއްދުމުގެ ހުއްދައަކަށް އިލެކްޝަންސް ކޮމިޝަން (އީސ...

ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަކަށް އީސީގައި އެދިއްޖެ
Raajje

ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަކަށް އީސީގައި އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިއްޖެއެވެ. ޕީއެންއެފްގެ މުއައްސިސްއަކީ ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ މުއައްސިސެއްގެ ގޮތުގައި ޔާމީން ވެވަޑައިގަތުމުގެ ފުރުސަތެއް ނެތެވެ. ޔާމީންގެ އާ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ތިއްބެވީ ކުރީގެ ނައިބު [...

އަދުރޭގެ ދުލުން ރިޔާސީ ޓިކެޓްގެ ކަންތައް ހިނގިގޮތް، ''ޢަމަލުކުރީ އަކުރުން އަކުރަށް ޔާމީން އެންގެވިގޮތައް''
Raajje

އަދުރޭގެ ދުލުން ރިޔާސީ ޓިކެޓްގެ ކަންތައް ހިނގިގޮތް، ''ޢަމަލުކުރީ އަކުރުން އަކުރަށް ޔާމީން އެންގެވިގޮތައް''

މިއަހަރު ސެޕްޓެމްބަރު މަހު އޮތް ދިވެހި ރާއްޖޭގެ ރިޔާސީ އިންތިޚާބަށް އޭރު އިދިކޮޅުގައި އޮތް ޕްރޮގްރެސިވް އިއްތިހާދުގެ ރިޔާސީ ޓިކެޓް މިހާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތް މަރުހަލާ ހިންގާފައި ވަނީ ”ބަޣާވާތަކުން” ކަމަށްބުނެ، ރައީސް ޔާމީންގެ މިހާރުގެ ބައެއް އަރިސް ބޭފުޅުންނާއި ބައެއް ސަޕޯޓަރުން ދަނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. އެ ތުހުމަތު އެންމެ ބޮޑަށް އަމާޒުވެފައިވާ ބޭފުޅަކީ އޭރު އެ އިއްތިހާދު ލީޑުކުރަން ހުންނެވި، ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕ...

ޔާމީން އިސްވެ އުފައްދަވާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރަންޓް
Raajje

ޔާމީން އިސްވެ އުފައްދަވާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރަންޓް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އިސްވެ ހުންނަވާ، އަލަށް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީއަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ކިޔަން ނިންމައިފިއެވެ. ޔާމީން އަލަށް އުފައްދަން ނިންމާފައިވާ ޕާޓީގެ ރަސްމީ ”އެކްސް” ހޭންޑް ވެސް މިރޭ ޢާންމުކުރައްވާފައިވާއިރު، އެ ޕާޓީގެ ލޯގޯ ވެސް މިރޭ ވަނީ ދައްކައިލާފައެވެ. މި ޕާޓީގެ ރަސްމީ ކުލައެއް ކަމަށް ކަނޑައަޅާފައި ވަނީ ދަނބު ކުލަ އެވެ. بِسْمِ اللهِ [...

''ޖަލު ހުކުމެއް ތަންފީޒުކުރާ މީހަކަށް ޕާޓީ އުފައްދަން އީސީ އަށް ހުށަނޭޅޭނެ''
Raajje

''ޖަލު ހުކުމެއް ތަންފީޒުކުރާ މީހަކަށް ޕާޓީ އުފައްދަން އީސީ އަށް ހުށަނޭޅޭނެ''

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަނޭޅުއްވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ހަނދާންކޮށް ދެއްވައިފިއެވެ. ހަބީބް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ކަމަށެވެ. ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝަ...

ޔާމީން އުފައްދަވާ ޕާޓީގެ ނަމާއި ލޯގޯ ފައިނަލްކޮށްފި
Raajje

ޔާމީން އުފައްދަވާ ޕާޓީގެ ނަމާއި ލޯގޯ ފައިނަލްކޮށްފި

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އުފައްދަވަން ނިންމަވާފައިވާ ޕާޓީގެ ނަމާއި ނަމާއި ލޯގޯ ފައިނަލްކޮށްފިއެވެ. މިކަން ހާމަކުރެއްވީ ޔާމީންގެ އެންމެ އަރިހުގައި މިވަގުތު ސިޔާސީ މަސައްކަތުގައި އުޅުއްވާ އެއްބޭފުޅެއްކަމަށްވާ ކުރީގެ ވަޒީރު، މުހައްމަދު މަލީހް ޖަމާލެވެ. ކުރީގެ ތިން ސަރުކާރެއްގައި ވެސް އެކި މުއްދަތަށް ވަޒީރުކަން ކުރައްވާފައިވާ މަލީހް ”އެކްސް”ގައި ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީން އުފައްދަވާ އާ ޕާޓީގެ ނަން މިހާރ...

ޔާމީންގެ އިސްތިއުނާފް މައްސަލާގެ ފަހު އަޑުއެހުން މާދަމާ ބާއްވަނީ
Raajje

ޔާމީންގެ އިސްތިއުނާފް މައްސަލާގެ ފަހު އަޑުއެހުން މާދަމާ ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ހައި ކޯޓުން ތާވަލްކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ޔާމީން 11 އަހަރަށް ޖަލަށްލައި, ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާއިރު, ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. […]

''މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައި ނުގަންނަވާނެ''
Raajje

''މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައި ނުގަންނަވާނެ''

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފިއެވެ. ޔާމީނަކީ އައު ސަރުކާރާއި ހަވާލުވާ ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ)ގެ ލީޑަރެވެ. މައުލޫމާތު ލިބޭގޮތުގައި މާދަމާ ހަވީރު އޮންނަ އައު ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވަން ޔާމީން ވަނީ ނިންމަވާފައެވެ. ޑރ. މުޢިއްޒު ރައީސް ކަމުގެ ހުވާ ކުރެއް...

ޔާމީން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުވުމެއް
Raajje

ޔާމީން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުވުމެއް

ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމްގެ ގޭ ބަންދަށް ދިން ލުޔާއެކު ޕާޓީ އޮފީހަށް ވަޑައިގެން ރޭ ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފިއެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޮކްޓޯބަރު 1 ވަނަ ދުވަހު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ފުރަތަމަ ވެސް އެދިވަޑައިގެންފައި ވަނީ އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވ...