ފުލުހުންގެ އެދުމަށް، ރައީސް ޔާމީން ފުރުން މަނާކޮށް އަމުރެއް ނެރެފި
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން މިއަދު ނެރެފި އެވެ. މި އަމުރު ކުރިމިނަލް ކޯޓުން ނެރުނީ ފުލުހުން އެދުމާ ގުޅިގެންނެވެ. ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ނެރެދީފައިވަނީ ހަތް ދުވަހަށެވެ. ފުލުހުން ބުނީ މިއަމުރަށް އެދިފައިވަނީ ޝަރީއަތުގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، އެއިން ކޮންމެ މައްސަލައެއްގައި މަނީ ލޯންޑަރިނ...