ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އުފައްދަވަން ނިންމަވާފައިވާ ޕާޓީގެ ނަމާއި ނަމާއި ލޯގޯ ފައިނަލްކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ޔާމީންގެ އެންމެ އަރިހުގައި މިވަގުތު ސިޔާސީ މަސައްކަތުގައި އުޅުއްވާ އެއްބޭފުޅެއްކަމަށްވާ ކުރީގެ ވަޒީރު، މުހައްމަދު މަލީހް ޖަމާލެވެ.
ކުރީގެ ތިން ސަރުކާރެއްގައި ވެސް އެކި މުއްދަތަށް ވަޒީރުކަން ކުރައްވާފައިވާ މަލީހް ''އެކްސް''ގައި ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީން އުފައްދަވާ އާ ޕާޓީގެ ނަން މިހާރު ވަނީ ފައިނަލްކޮށްފައެވެ. އަދި ނަމުގެ އިތުރުން ލޯގޯ ވެސް ރައީސް ޔާމީން މިހާރު ވަނީ ފައިނަލް ކުރައްވާފަ ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލައްވާ، އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވިކަން ރޭ ޢިއުލާން ކުރެއްވީ އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަދި ޔާމީން ދައުރުގެ ފުރަތަމަ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދެވެ.
ޖަމީލް ވިދާޅުވިގޮތުގައި ޔާމީން އެގޮތައް ނިންމެވި މައިގަނޑު ސަބަބަކީ، ޕީޕީއެމްގެ ލީޑާޝިޕް އެމަނިކުފާނާ ފެޔައްޖެހި، ޕާޓީގެ މަސައްކަތުގައި އެ މަނިކުފާނާއެކު އުޅުއްވަން ބޭނުންފުޅުވުމާއި، އެ ބޭފުޅުންގެ އެއްބާރުލުން އެއްވެސް ވަރަކަށް ނުދެއްވުމެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ރައްޔިތުން ޔާމީންގެ ޕާޓީ އަށް ވޯޓު ދެއްވަން ބޭނުންވާތީ އެ ފުރުސަތު ހޯދައިދެއްވުމަށް އާ ޕާޓީއެއްގެ މަސައްކަތް ފެއްޓެވީ ކަމަށް ޖަމީލް ރޭ ވަނީ ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން މިހާރު ވަނީ ޕީޕީއެމްގެ ރަސްމީ ގްރޫޕްތައް ވެސް ލީވް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!