އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފިއެވެ.
ޔާމީނަކީ އައު ސަރުކާރާއި ހަވާލުވާ ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ)ގެ ލީޑަރެވެ.
މައުލޫމާތު ލިބޭގޮތުގައި މާދަމާ ހަވީރު އޮންނަ އައު ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވަން ޔާމީން ވަނީ ނިންމަވާފައެވެ.
ޑރ. މުޢިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 16:15 ގައި މާލޭ ޖުމްހޫރީ މައިދާނުގައެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޔާމީން އިވެރިވެވަޑައިނުގަންނަވަން ނިންމެވިއިރު، މައުލޫމާތު ލިބޭގޮތުގައި މުޢިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވަން ޔާމީން ނިންމެވީ އެމަނިކުފާނުގެ މައްޗަށް ޖިނާއީ ޙުކުމެއް އޮތުމުންނެވެ.
ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވަނިކޮށް، އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމާއެއްގޮތައް ޔާމީން ގޭކޮޅަށް ބަދަލުކޮށްފައިވާއިރު، 28 އޮކްޓޯބަރު ދުވަހުގެ ރޭ ޔާމީން ވަނީ ރަށު ބަންދަށް ބަލުކޮށް، ގޭ ބަންދަށް ލުއިތަކެއް ދީފައެވެ.
މި ލުޔާ ގުޅިގެން އެމަނިކުފާނަށް މާލެ ސަރަހައްދުގައި، މާލެ، ހުޅުމާލެ، ވިލިމާލޭގައި ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކަށް ހާޒިރުވެ، ބައްދަލުކުރުމަށް ބޭނުންވާ މީހުންނާ ބައްދަލުކުރެވޭނެ ގޮތްވަނީ ވެފައެވެ. އޭގެފަހުން ޔާމީން ވަނީ ޕީޕީއެމްގެ ޖަގަހައިގައި ޖަގަހަ ޖަލްސާއެއް ވެސް ބާއްވަވާފައެވެ. ނަމަވެސް އެ ޖަލްސާއިން ފެނުނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރޝިޕްގެ ވަރަށް މަދު މޫނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!