ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމްގެ ގޭ ބަންދަށް ދިން ލުޔާއެކު ޕާޓީ އޮފީހަށް ވަޑައިގެން ރޭ ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފިއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޮކްޓޯބަރު 1 ވަނަ ދުވަހު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ފުރަތަމަ ވެސް އެދިވަޑައިގެންފައި ވަނީ އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ކުރީގެ ރައީސް ޔާމީން ގޭކޮޅަށް ބަދަލުކޮށް ދެއްވުމަށެވެ.
އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމާއެއްގޮަތައް ޔާމީން އެރޭ ވަނީ ގޭކޮޅަށް ބަދަލުކޮށްފައެވެ. އެއަށްފަހު 28 އޮކްޓޯބަރު ދުވަހުގެ ރޭ ޔާމީން ވަނީ ރަށު ބަންދަށް ބަލުކޮށް، ގޭ ބަންދަށް ލުއިތަކެއް ދީފައެވެ. މި ލުޔާ ގުޅިގެން އެމަނިކުފާނަށް މާލެ ސަރަހައްދުގައި، މާލެ، ހުޅުމާލެ، ވިލިމާލޭގައި ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކަށް ހާޒިރުވެ، ބައްދަލުކުރުމަށް ބޭނުންވާ މީހުންނާ ބައްދަލުކުރެވޭނެ ގޮތްވަނީ ވެފައެވެ.
އެއާއެކު ޔާމީން ރޭ ވަނީ ޕީޕީއެމްގެ މައި އޮފީހަށް ވަޑައިގެން އެމަނިކުފާނަށް ވަފާތެރި ބޭފުޅުންތަކެއް ހިމެނޭހެން ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ. އަދި ބޮޑު ޖަލްސާއަކުން ދިވެހި ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ރޭ ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި އާ ސަރުކާރު ދަމަހައްޓަން މަސައްކަތް ކޮށްދެއްވަން ޔާމީން އެދިވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!