ބުޅާތަކަށް ހާއްސަ "އޮޅު ހިޔާ" ރައީސް ހުޅުއްވައިދެއްވައިފި
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި “އޮޅު ހިޔާ” މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ. މިއަދު ހުޅުވި ބުޅާ ފެސިލިޓީ ހަދާފައިވަނީ ހުޅުމާލެ ދެވަނަ ފޭސްގައި މާލެ ސިޓީ ކައުންސިލަށް އެޗްޑީސީން ދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިމެއްގައެވެ. މި ފެސިލިޓީ ތަރައްގީ ކޮށްފައިވަނީ ބުޅަލަށް އެކަށޭނަ ގިނަ ހިދުމަތްތަކަކާއި އެކުއެވެ. މިގޮތުން އެތަނުގައި ބުޅާ ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއަކާއި، ބުޅަލަށް ދޭންޖެހޭ ބޭސް...