މިއަދު ކުއްލި ގޮތަކަށް ނިޔާވި ހުރަވީ ސްކޫލްގެ ދަރިވަރު، ފާޠިމަތު ޝިމާ މުޙައްމަދުގެ ޢާއިލާއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އުމުރުން 13 އަހަރުގެ ޝިމާ ނިޔާވީ ސްކޫލްގެ އިންޓަވަލްގަޑީގައި ކާން އިންދައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

Ad
rt

ޝިމާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ރައީސް މުޢިއްޒު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޝިމާ، ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް މިއަދު ނިޔާވި ޚަބަރު އެއްސެވީ ފުން އަސަރާއި ކަންބޮޑުވުމާއެކުގައި ކަމަށެވެ.

ނ. ލަންދޫ އަށް ނިސްބަތްވާ ޝިމާގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށްދެއްވުމަށާއި، އެ މަޢުޞޫމް ދަރިވަރު މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި ލެއްވުން އެދިވަޑައިގެން ވަނީ ދުޢާކުރައްވާފައެވެ.

ދަރިވަރަކު ސްކޫލްގައި އިންދާ ކުއްލި ގޮތަކަށް ނިޔާވެއްޖެ

ޝިމާގެ ޖަނާޒާ ވަނީ މިރޭ މަޣުރިބު ނަމާދަށްފަހު މާލޭ އާސަހަރާގައި ބާއްވާފައެވެ.