މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
''ލޯކަލް ޓުއަރިޒަމްގެ މަސައްކަތް ކުރިއަށް ގެންދަންވާނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ޤާނޫނީ އިމުގެ ތެރެއިން''
Raajje

''ލޯކަލް ޓުއަރިޒަމްގެ މަސައްކަތް ކުރިއަށް ގެންދަންވާނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ޤާނޫނީ އިމުގެ ތެރެއިން''

ލޯކަލް ޓުއަރިޒަމްގެ މަސައްކަތް ކުރިއަށް ގެންދަންވާނީ އިސްލާމީ ހަމަތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ އިމުގެ ތެރެއިން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ،  އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު އަންގާރަ ދުވަހު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު އުކުޅަހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި އުކުޅަހަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ ރަށަކަށް ވާއ...

ތޮއްޑޫ އަށް ހޮސްޕިޓަލަކާއި، އެގްރިކަލްޗަރ އެންޑް ފުޑް ފެކަލްޓީއަކާއި ސީޕްލޭންގެ ޚިދުމަތް
Raajje

ތޮއްޑޫ އަށް ހޮސްޕިޓަލަކާއި، އެގްރިކަލްޗަރ އެންޑް ފުޑް ފެކަލްޓީއަކާއި ސީޕްލޭންގެ ޚިދުމަތް

އއ. ތޮއްޑޫގައި މިހާރު އިމާރާތްކުރަމުންދާ 30 އެނދުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިއުލާންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތޮއްޑޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ތޮއްޑޫގައި ކުރިއަށްދާ ތިރީސް އެންދުގެ ޞިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައި.ސީ.ޔޫ ހި...

ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރަން އެމްޓީސީސީ އަށް
Business

ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރަން އެމްޓީސީސީ އަށް

އއ. ތޮއްޑޫގެ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. 52 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ....

ތޮއްޑޫގެ ނަރުދަމާ ޚިދުމަތާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައި ތިން އިމާރާތެއްގެ ބިންގާ އަޅައިފި
Raajje

ތޮއްޑޫގެ ނަރުދަމާ ޚިދުމަތާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައި ތިން އިމާރާތެއްގެ ބިންގާ އަޅައިފި

އއ. ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައި، ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒާއި، ތޮއްޑޫ ބީއެމްއެލް ބްރާންޗްގެ ބިންގާ އަޅައިފިއެވެ. މި ޚިދުމަތްތައް ފަށައި، މި ދެ އިމާރާތުގެ ބިންގާ އަޅާފައި ވަނީ  ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަންޒިލްގެ ގޮތުގައި މިއަދު ތޮއްޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް […]

ތޮއްޑޫގައި ބާއްވާ ބައިނަލްއަޤްވާމީ ޓޭބަލްޓެނިސް މުބާރާތުގެ ފެށުން ރައީސް ޝަރަފްވެރިކޮށްދެއްވައިފި
Raajje

ތޮއްޑޫގައި ބާއްވާ ބައިނަލްއަޤްވާމީ ޓޭބަލްޓެނިސް މުބާރާތުގެ ފެށުން ރައީސް ޝަރަފްވެރިކޮށްދެއްވައިފި

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ މުބާރާތް، “ތޮއްޑޫ މާސްޓަރސް ޓޭބަލްޓެނިސް މުބާރާތް” ފެށުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށްދެއްވީ އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ. މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ތޮއްޑޫ ސްކޫލްގެ ދަރިވަރުން ވަނީ ޚާއްޞަ ސަގާފީ އައިޓަމ...

ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓްގެ މަޝްރޫޢެއް އަންނަ އަހަރު ފަށަނީ
Raajje

ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓްގެ މަޝްރޫޢެއް އަންނަ އަހަރު ފަށަނީ

އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) ބޮޑުފޮޅުދޫގައި 50 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އއ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށެ...

މަތިވެރީ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކަން ފަށައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާއަޅައިފި
Raajje

މަތިވެރީ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކަން ފަށައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާއަޅައިފި

އއ. މަތިވެރީގައި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތާއި އަދި އެރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަސައްކަތްތައް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މަތިވެރީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ […]

މަތިވެރި އެއާޕޯޓް ވާނީ ދެކޮޅުޖެހޭ 100 ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް: ރައީސް
Raajje

މަތިވެރި އެއާޕޯޓް ވާނީ ދެކޮޅުޖެހޭ 100 ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް: ރައީސް

އއ. މަތިވެރީގައި ތަރައްގީކުރާ އެއާޕޯޓް ވެގެންދާނީ ފުރިހަމައަށް ދެކޮޅުޖެހޭ ސަތޭކަ ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މަތިވެރިއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި މަސައްކަތް ހަވާލުކޮ...

މަތިވެރީގެ ބިން ހިއްކައި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލް އަށް
Raajje

މަތިވެރީގެ ބިން ހިއްކައި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލް އަށް

އއ.މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް މޯލްޑިވްސް އެއަޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އާއި ރޭ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު އެމްއޭސީއެލް އާއި ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙަައްމަދު މުޢިއްޒު އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް އިއްޔެ ފެއްޓެވި، ދަތުރުފުޅުގައި ތިން ވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު މަތިވެރި އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި މަޝްރޫޢުގެ ދަށުން މަތިވެރީގެ 26.5 ހެކަޓުގެ ބިން […]

މާޅޮހުގައި ރައްޔިތުންނަށް ހާއްސަ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗެއް ހިމެނޭގޮތަށް ގޮނޑުދޮށް ހިމާޔަތްކުރަނީ
Raajje

މާޅޮހުގައި ރައްޔިތުންނަށް ހާއްސަ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗެއް ހިމެނޭގޮތަށް ގޮނޑުދޮށް ހިމާޔަތްކުރަނީ

އއ. މާޅޮހު ރައްޔިތުންނަށް ބޭނުންހިފޭގޮތަށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗް ސަރަހައްދެއް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރެވޭނެ މަޝްރޫޢެއް އަންނަ އަހަރު ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި ދެވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު މާޅޮހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވ...

އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު ގެޒެޓް ކޮށްފި
Raajje

އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު ގެޒެޓް ކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް ނުވަތަ 27.9 މިލިއަން ރުފިޔާ، އަމިއްލަ މީޑިއާތަކަށް ދިނުމާ ބެހޭ އުޞޫލު މިއަދު ގެޒެޓް ކޮށްފިއެވެ. މި އުޞޫލުގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އަމިއްލަ ކޮންމެ މީޑިއާ އަކަށް ވެސް ކުރިމަތިލެވޭނެއެވެ. އާންމު އުޞޫލެއްގެ ގޮތުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ޕޭމަންޓަކަށް ބަހާލައިގެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް މިއަހަރު ކޮންމެ މީޑިއާއަކަށްވެސް ލިބޭ މިންވަރު އެއ...

ހިމަންދޫ ގިރުމުގެ މައްސަލަ އަވަހަށް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
Raajje

ހިމަންދޫ ގިރުމުގެ މައްސަލަ އަވަހަށް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) ހިމަންދޫ ގިރުމުގެ މައްސަލައާއި ބަނދަރުގެ ނެރުގެ މައްސަލަ އަވަހަށް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެ މަނިކުފާނު މި ޔަގީންކަން ދެއްވީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި، ރަށްގިރުމުގެ މައްސަލައަކީ ހިމަންދޫއަށް ދ...

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކުރަން: ރައީސް
Raajje

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކުރަން: ރައީސް

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކުރައްވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި ރައީސް ވަނީ، ޙާލުގައިޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމިއްލަ ފުރާނައިން ޤުރުބާންވެފައިވާ އިންސާނީ އެހީތެރީންގެ ޛިކުރާ އާކުރައްވާފައެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި ވޭތުވެދިޔަ ދެތިން އ...

ހިމަންދޫ ފެނާއި ނަރުދަމާ އިފްތިތާޙްކޮށް، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި
Raajje

ހިމަންދޫ ފެނާއި ނަރުދަމާ އިފްތިތާޙްކޮށް، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި

އއ. ހިމަންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށް، އެރަށު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް މިއަދު ހުޅުވައިފިއެވެ. މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ ރައީސްޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހިމަންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ހިމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ހިމަންދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން 6.35 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމުކޮށް، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށްފައިވެއެވެ. މީ...

ރައީސް އއ. އަތޮޅަށް ފުރާވަޑައިގެންފި
Raajje

ރައީސް އއ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު)ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވ...