މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢިޝާ ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
Raajje

ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް

ހދ. ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ރައްޔިތުން އެދުނު ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިނޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ފިނޭ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ފިނޭގައި މިވަގުތު...

ކޮންމެ ގޯއްޗަކަށް ގޯއްޗެއް، ހިރިމަރަދޫ މީހުން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫ އަށް ބަދަލުކުރަނީ
Raajje

ކޮންމެ ގޯއްޗަކަށް ގޯއްޗެއް، ހިރިމަރަދޫ މީހުން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫ އަށް ބަދަލުކުރަނީ

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ހިރިމަރަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެރަށު ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށެވެ. އަދި ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގޯއްޗެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. ރަ...

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް
Thiladhunmathi News

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަޝްރޫޢޫ އާއި ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކޮށްދޭ ސަރަހައްދުގެ މުނިސިޕަލް ޚިދުމަތްތައް ގާއިމުކުރަން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެކަން ޢިއުލާންކޮށްފައި ވަނީ 1 ފެބްރުއަރީ 2025 ގައެވެ. ހދ.އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދަތު...

އުތީމަށްފަހު ރައީސް ހދ.އަށް، ފުރަތަމަ މަންޒިލަކީ ހިރިމަރަދޫ
Raajje

އުތީމަށްފަހު ރައީސް ހދ.އަށް، ފުރަތަމަ މަންޒިލަކީ ހިރިމަރަދޫ

ރައީސް ޑރ. މުހައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ރައީސް ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ހއ. އުތީމަށް ވަޑައިގެންނެވުމަށްފަހު މެންދުރުފަހު ރައީސް ވަނީ ހދ. އަތޮޅު ދަތުރުފުޅު ފައްޓަވާފައެވެ. މި ދަތުރުފުޅުގައި ފުތަރަމަ މަންޒިލެއް ގޮތުގައި ރައީސް ވަޑައިގަތީ ހިރިމަރަދޫ އަށެވެ. އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަ...

''ޙަޤީޤީ ކުރިއެރުމަކީ ސިކުނޑި ތަރައްޤީކޮށް، ޤައުމިއްޔަތު އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން''
Raajje

''ޙަޤީޤީ ކުރިއެރުމަކީ ސިކުނޑި ތަރައްޤީކޮށް، ޤައުމިއްޔަތު އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން''

ޙަޤީޤީ ކުރިއެރުމަކީ ކޮންމެ މީހެއްގެ ސިކުނޑި ތަރައްޤީކޮށް، ޤައުމިއްޔަތު އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 1447 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި، ދިވެހި ޤައުމިއްޔަތުގެ މާޒީއަށް އަލިއަޅުއްވާލައްވައި، އުތީމު މަހާރަދުންނާއި، އެހެން އަބް...

އުތީމު ''އޮނުހިޔާ'' ހުޅުވައިފި
Thiladhunmathi News

އުތީމު ''އޮނުހިޔާ'' ހުޅުވައިފި

އުތީމު އިސްރަށްވެހީންގެ މައިޒާން، ”އޮނުހިޔާ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ރައީސް މިތަން ހުޅުއްވައިދެއްވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް މިއަދު އުތީމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ހުޅުއްވައިދެއްވުމަށްފަހު ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި...

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި
Thiladhunmathi News

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ (ހއ.) އުތީމު ރައްޔިތުންނަށް މިއަދު އަރުވައިފިއެވެ. މި ޝަރަފް އުތީމު ރައްޔިތުންނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް އުތީމަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އުތީމުގެ ފަރާތުން އެ ޝަރަފްގެ އައްޑަނަ އާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. މިޖަލްސާގައި އުތީމު ރައްޔިތުން އުތީމު ގަނޑުވަރު […]

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް
Raajje

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންނެވުމުން އެރަށު ބަނދަރުން ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް އުތީމަށް ވަޑައިގެން ސަރުކާރުން ފަށާފައިވާ ޣާޒީ ރަދުންގެ ހަނދާން އައު ކުރުމުގެ މަޝްރޫޢުގެ ދަށުން އުތީމުގައި ތަރައްޤީކުރާ ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ (އުތީމު ގޭޓު) އެޅުމުގެ ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފ...

ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް: ރައީސް
Raajje

ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް: ރައީސް

ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް ޙާޞިލްކުރުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ފަދައިން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މީސްމީޑިޔާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު މިއަދު ފުރުނު އިރު، އެ ޒިކުރާތަކާ...

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް
Raajje

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ (ހއ.) އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ޝަރަފު އެރުއްވުމަށް ރައީސް ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި  އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑު...

ރައީސް އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
Raajje

ރައީސް އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު)ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފު މިއަދު ހެނދުނު ނިންމަވާލައްވައިފިއެވެ. 19 އޯގަސް 2025 (އަންގާރަ) ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި ރައީސް ވަނީ އއ. އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށަކަށް ކަމަށްވާ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް ޒިޔާރަތް ކުރަށްވާފައެވެ. މި ދަތުރުފުޅުގައި އަންގާރަ ދުވަހު ރައީސް އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ […]

މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ތަރައްޤީކޮށްދޭނަން: ރައީސް
Raajje

މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ތަރައްޤީކޮށްދޭނަން: ރައީސް

އއ.މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ، އެ އަތޮޅު ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން އެތަން ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެ މަނިކުފާނު އަންގާރަ ދުވަހު އއ. މީހުން ދިރިއުޅޭ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި، އިއްޔެ އެ އަތޮޅު ރަސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅެކެވެ. މަޑިވަރު ފިނޮޅުގެ ވަށައިގެން ޖިއޯބޭގްސް ޖަހައި ވެލިއަރާނެގޮ...

އއ.އަތޮޅުގައި ޕާސްޕޯޓް ޚިދުމަތާއި އައީޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
Raajje

އއ.އަތޮޅުގައި ޕާސްޕޯޓް ޚިދުމަތާއި އައީޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

އއ. އަތޮޅުގައި ޕާސްޕޯޓް ޚިދުމަތާއި އައީޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް ފަށްޓަވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ރައީސް މުޢިއްޒު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި ޚިދުމަތްތައް ރަސްމީކޮށްފަށާފައިވާއިރު، މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެ...

އއ.އަތޮޅު ހޮސްޕިޓަލުން ޑަޔަލިސިސްގެ ޚިދުމަތް، އައު އިމާރާތުގެ ބިންގާ އަޅައިފި
Raajje

އއ.އަތޮޅު ހޮސްޕިޓަލުން ޑަޔަލިސިސްގެ ޚިދުމަތް، އައު އިމާރާތުގެ ބިންގާ އަޅައިފި

އއ. އަތޮޅުގެ ވެރިރަށް ރަސްދޫގައި ހުންނަ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްދޫއަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޑަޔަލިސިސް ސެންޓަރެއް ޤާއިމްކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާއިރު، މި ޚިދުމަތް އއ. އަތޮޅުގައި ޤާއިމްކުރެވުމާއެކު އިތުރު އަތޮޅަކަށް މި ޚިދުމަތް ވަނީ ފުޅާކުރެވިފައެވެ. މީގެ އިތުރ...

އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވެސް އެމްޓީސީސީ އަށް
Business

އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވެސް އެމްޓީސީސީ އަށް

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ބުރީގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިއްޔެ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އަދި އެމްޓީސީސީގެ ފ...