2027 ގެ ނިޔަލަށް ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރާ ބިލު ތަޞްދީޤުކުރައްވައިފި
2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެންމެހާ މީހުން ދިރިއުޅޭ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ލާޒިމްކުރާ ފެނާއި ނަރުދަމާގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުޢިއްޒު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރަށްވާފައި ވަނީ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 11 އޮގަސްޓު 2025 ގައެވެ. މި ބިލުގައިވާ އިސްލާހުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގެ އެންމެހާ މީހުން ދިރިއުޅޭ ރަށްތަކުގައި، […]