ރައީސްގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ދިނުމުގެ ވަޢުދު ފުއްދަވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ކަނޑައެޅި އަމާޒަށްވުރެ މުއްދަތަށްވުރެ 3 މަސްދުވަސް ކުރިން ނިންމާލައިފިއެވެ. މި މަޝްރޫޢުގެ އެންމެ ފަހު މަރުހަލާގެ ގޮތުގައި އދ. އަތޮޅު މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް އިއްޔެ ފަށާފައިވާއިރު، މަހިބަދޫގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ޚިދުމަތް ފަށާފައ...