މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރަށްވައިފި
Raajje

މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރަށްވައިފި

ހއ. މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްދަލުކުރަށްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ރައީސް ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މުރައިދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވާފައެވެ. މިގޮތުން ކައުންސ...

ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި
Raajje

ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، މަގާމުން ވަކިކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމާއި ގުޅިގެން ރައީސް ވަނީ އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމަށް ޢައްޔަނުކުރަށްވާފައި...

ރައީސް ހއ. އަތޮޅަށް
Raajje

ރައީސް ހއ. އަތޮޅަށް

ރައީސް  ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ(ހއ.އަތޮޅު)ގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ހއ.އަތޮޅުގެ 10 ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ރަށްތަކަކީ ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ މުރައިދޫއަށެވެ. މި ދަތުރުފުޅުގައި މި ރަށްތަކަ...

އިންޑިއާ އާއިއެކު އޮތީ އެކުވެރިކަމާއި، އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް: ރައީސް
Raajje

އިންޑިއާ އާއިއެކު އޮތީ އެކުވެރިކަމާއި، އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް: ރައީސް

އަވަށްޓެރި އިންޑިއާ އާއިއެކު ރާއްޖެއިން އޮތީ އެކުވެރިކަމާއި، އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ރައީސް ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި،  އެޤައުމުގެ ރައީސް ދްރޯޕަތީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވ...

''އިއާދަކުރަނިވި ހަކަތަ އަށް އިންވެސްޓްކުރުން ރާއްޖޭގެ މުސްތަގުބަލަށްޓަކައި ލާޒިމު''
Raajje

''އިއާދަކުރަނިވި ހަކަތަ އަށް އިންވެސްޓްކުރުން ރާއްޖޭގެ މުސްތަގުބަލަށްޓަކައި ލާޒިމު''

އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުން ލާޒިމުކަމެއް ކަމުގައި ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ސާފު ހަކަތައިގެ ދުވަހުގެ މުނާޞަބަތުގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި ވަނީ ސާފު ހަކަތައިގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފައިސާގެ އެހީދޭ ބައިވެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން، ކުދި ޖަޒީރާ ޤައުމުތަކަށ...

ރައީސް ރ.އަތޮޅު ދަތުރުފުޅު ނިންމަވާލައްވައިފި
Raajje

ރައީސް ރ.އަތޮޅު ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅުގެ 11 ރަށަކަށް ކުރެއްވި ރަސްމީ އަތޮޅު ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. އަންގާރަ ދުވަހު ހެނދުނު ފެއްޓެވި ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި 11 ރަށަކީ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރެވެ. ރައީސް ފުރަތަމަ ވަޑައިގަތީ ވާދޫ އަށެވެ. އެންމެ ފަހު މަންޒިލެއް ގޮތުގައި މިއަދު ވަޑައިގަތީ މާކުރަތަށެވެ. މި ދަތުރުފުޅުގައި މި 11 ރަށަކަށް ޒިޔާރަތްކުރައްވައި، އަތޮޅު ކައުންސިލާއި ރަށު...

ކޮންމެ އަތޮޅެއްގައި ޕަބްލިކް ވާކްސް ޚިދުމަތް ދޭނެ ޔުނިޓެއް
Raajje

ކޮންމެ އަތޮޅެއްގައި ޕަބްލިކް ވާކްސް ޚިދުމަތް ދޭނެ ޔުނިޓެއް

މި އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސް ވިދާޅުވީ، ކޮންމެ އަތޮޅެއްގައި އެންމެ މަދުވެގެން، ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ އެއް ޔުނިޓް ގާއިމުކުރައްވާނެ ކަމަށެވެ. މ...

ފައިނު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަނީ
Raajje

ފައިނު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަނީ

ރ. ފައިނުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފައިނަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައި ރައީސް ވިދާޅުވީ، ފައިނު އެއާޕޯޓުގެ މަސައްކަތް ކުރުމަށް ފެބްރުއަރީ މަހު އެމްޓީސީސީއާ އެކު އެއްބަސްވު...

ކިނޮޅަހަށް ކުޑަކުދިންގެ ޕާކަކާއި ރައްޔިތުން އެދޭ ފެންވަރުގެ ފުޓްސަލްދަނޑަކާއި ވޮލީ ކޯޓެއް
Raajje

ކިނޮޅަހަށް ކުޑަކުދިންގެ ޕާކަކާއި ރައްޔިތުން އެދޭ ފެންވަރުގެ ފުޓްސަލްދަނޑަކާއި ވޮލީ ކޯޓެއް

ރ. ކިނޮޅަހުގައި ކުޑަކުދިންގެ ޕާކަކާއި ރައްޔިތުން އެދޭ ފެންވަރުގެ ފުޓްސަލްދަނޑަކާއި ވޮލީ ކޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކިނޮޅަހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސް މިއަދު އެރަށަށް ވަޑައިގެންނެވުމުން އެރަށުގެ ކުޑަކުދިންތަކެއް ވަނީ އެމަނިކުފާނުގެ އަތްޕުޅަށް ނޯޓު އަ...

ރައީސް އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި
Raajje

ރައީސް އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި

ސަރުކާރުން ރ. އިންނަމާދޫގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓު މިއަދު ހެނދުނު ހުޅުވައިފިއެވެ. ރ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ވަނީ އިންނަމާދޫ އަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އަންހެނުންތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި އެރަށު ރައްޔިތުންނާއި ވަނީ ރޭ ބައްދަލުކުރަށްވާފައެވެ. އެއަށްފަހު ރައީސް ވަނީ މިއަދު ހެނދުނު އެރަށު ވޮލީ ކޯޓު ހުޅުއްވައިދެއްވާފައެވެ. އަދި ރައީސް ވަނީ އެތަން ބައްލަވާލައްވާފައެ...

އިންނަމާދޫގައި އޮޑިދޯނިފަހަރު ބަނުމުގެ ތަމްރީނުދޭ މަރުކަޒެއް ތަރައްޤީކުރަނީ
Raajje

އިންނަމާދޫގައި އޮޑިދޯނިފަހަރު ބަނުމުގެ ތަމްރީނުދޭ މަރުކަޒެއް ތަރައްޤީކުރަނީ

ރ. އިންނަމާދޫގައި އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއިން ދިވެހި މަސައްކަތްތެރިން ބިނާކުރުމަށްޓަކައި ތަމްރީނުދޭ ޚާއްޞަ މަރުކަޒެއް ތަރައްޤީކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އިންނަމާދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އޮޑިދޯނިފަހަރު ބަނުން ނުވަތަ ބޯޓު ބިލްޑިންގް ދާއިރާއިން...

ރަސްމާދޫގެ ތަރައްޤީގައި ކުލަ ޖައްސައިދޭނަން: ރައީސް
Raajje

ރަސްމާދޫގެ ތަރައްޤީގައި ކުލަ ޖައްސައިދޭނަން: ރައީސް

ރ. ރަސްމާދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ޢަމަލީ ސިފަ ގެނެސް، ކުލަ ޖައްސައިދެއްވާނެކަމަށް ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ރަސްމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރަސްމާދޫގެ ތަރައްޤީއަށް ވަރަށްގިނަ ކަންކަން ކުރަން ހުރިކަން ފާހަގަކުރަށްވައި، ވަރަށް އިސްކަމެއް ދ...

ރައީސްގެ ނިންމެވުން: މަޑުއްވަރީ އަށް އުފުލަންދޫ، ރ. މީދޫ އަށް ތާވަތާ
Raajje

ރައީސްގެ ނިންމެވުން: މަޑުއްވަރީ އަށް އުފުލަންދޫ، ރ. މީދޫ އަށް ތާވަތާ

ރ. މަޑުއްވަރީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ތާވަތާ ހިމެނުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސްގެ މި ނިންމެވުން ޢުލާންކުރެއްވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ މަޑުއްވަރީއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސްގެ ވާހަކަފުޅުގައި މަޑުއްވަރީގައި ވަރަށް ގިނައިން ފައިބަރުގެ މަސައްކަތް، އިޤްތިޞާދީ މަސައ...

ހުޅުދުއްފާރަށް ދެން އަންނާނީ މަޝްރޫޢުތައް ނިމުމުގެ އުފަލުގައި ބައިވެރިވުމަށް: ރައީސް
Raajje

ހުޅުދުއްފާރަށް ދެން އަންނާނީ މަޝްރޫޢުތައް ނިމުމުގެ އުފަލުގައި ބައިވެރިވުމަށް: ރައީސް

ރ. ހުޅުދުއްފާރުގައި ހުޅުދުއްފާރަށް ދެން ވަޑައިގަންނަވާނީ އެރަށުގައި ހިންގާ މަޝްރޫޢުތައް ނިމުމުގެ އުފަލުގައި ރައްޔިތުންނާއެކު ބައިވެވަޑައިގަންނަވަން ކަމަށް ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ހުޅުދުއްފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ހުޅުދުއްފާ...

ސްކޫލްތައް އޭސީކުރުމުގެ މަޝްރޫޢު ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ
Raajje

ސްކޫލްތައް އޭސީކުރުމުގެ މަޝްރޫޢު ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ

އެއަރކޮންޑިޝަންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ހުޅުދުއްފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސްގ...