ސަރުކާރުން ރ. އިންނަމާދޫގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓު މިއަދު ހެނދުނު ހުޅުވައިފިއެވެ.
ރ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ވަނީ އިންނަމާދޫ އަށް ވަޑައިގެންފައެވެ.
އެރަށަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އަންހެނުންތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި އެރަށު ރައްޔިތުންނާއި ވަނީ ރޭ ބައްދަލުކުރަށްވާފައެވެ.
އެއަށްފަހު ރައީސް ވަނީ މިއަދު ހެނދުނު އެރަށު ވޮލީ ކޯޓު ހުޅުއްވައިދެއްވާފައެވެ. އަދި ރައީސް ވަނީ އެތަން ބައްލަވާލައްވާފައެވެ.
ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ ރަށުގައި ސަރުކާރުން ގާއިމުކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!