މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، މަގާމުން ވަކިކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

Ad
rt

ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމާއި ގުޅިގެން ރައީސް ވަނީ އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައެވެ.

ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމަށް ޢައްޔަނުކުރަށްވާފައި ވަނީ 17 ނޮވެމްބަރު 2023 ގައެވެ.

ފައިސަލް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲގެ ދަރިކަލެކެވެ.

ރައީސް ވަނީ މީގެ ކުރީން ވެސް ކެބިނެޓަށް ބައެއް ބަދަލުތައް ގެންނަވައި، ބައެއް މިނިސްޓްރީތަކުގެ ޒިންމާތަކަށް ވެސް ބަދަލުގެންނަވާފައެވެ. ނަމަވެސް މިއީ، މިނިސްޓަރަކު މަގާމުން ވަކިކުރެއްވި ފުރަތަމަ ފަހަރެވެ.