މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ރާއްޖެއާއި ސިންގަޕޫރާ ދެމެދު ތިން އެއްބަސްވުމެއް
Raajje

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ތިން އެއްބަސްވުމެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރާއްޖެއާއި އެ ޤަައުމާއި ދެމެދު ތިން އެއްބަސްވުމެއް (ފަހުމުނާމާ) ގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވިއެވެ. ސޮއިކުރެވުނު ތިން ފަހުމުނާމާގެ ތެރޭގައި ހިމެނެނީ: ޤާބިލުކަން ބިނާކު...

ރައީސް މުޢިއްޒު ސިންގަޕޫރުގެ ރައީސްއާ ބައްދަލުކުރައްވައިފި
Raajje

ރައީސް މުޢިއްޒު ސިންގަޕޫރުގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ރައީސް މިހާރު ސިންގަޕޫރަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް ޝަންމުގަރަނަމް ވަނީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުވުމުގެ ރަންޔޫބީލް އާއި ދިމާކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާތީ އުފާ ފާޅުކުރައްވައި، ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު...

ސިންގަޕޫރުން ރަސްމީކޮށް ރައީސް މުޢިއްޒަށް މަރުހަބާ ދަންނަވައިފި
Raajje

ސިންގަޕޫރުން ރަސްމީކޮށް ރައީސް މުޢިއްޒަށް މަރުހަބާ ދަންނަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދަށް ސިންގަޕޫރުން މިއަދު ރަސްމީ މަރުޙަބާ ދަންނަވައިފިއެވެ. ރައީސް ޑރ. މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ އިއްޔެއެވެ. އެ ޤައުމުން މިއަދު ވަނީ ރައީސް މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދަންނަވާފައެވެ. ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް އަދި ފަސްޓް ލޭޑީއަށް ރަސްމީ މަރުޙަބާ ދެންނެވީ ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަތްނަމް އަދި ސިންގަޕޫރުގެ ފަސްޓް ލޭޑީ މިސިސް ޖޭން އިޓޯގީ […]

މަޖިލީހުގައި މިންތީގެ ހަމަހަމަކަން އިތުރުކުރުމަކީ އަމާޒެއް: ރައީސް
Raajje

މަޖިލީހުގައި މިންތީގެ ހަމަހަމަކަން އިތުރުކުރުމަކީ އަމާޒެއް: ރައީސް

ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަން އިތުރުކުރުމަށް މަސައްކަތްކޮށް، އެންމެންނަށް ބައިވެރިވެވޭ މާހައުލެއް ޤާއިމުކުރުމަކީ އަމާޒެއްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރަމުން އަންނަ، ބައިނަލްއަޤްވާމީ ޕާލިމެންޓަރީ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،  މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޕާލިމެންޓަރީ ދުވަހުގެ މުނާސަބަތުގައި، ޑިމޮކްރަސީ ދެމެހެއްޓުމާއި ރަނގަޅު ވެރިކަމެއް ކުރިއެރުވުމުގައި ޕާލިމެންޓްތަ...

ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަންދީފި
Raajje

ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަންދީފި

ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް، ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފިއެވެ. މި ގަހަށް އެ ދެކަނބަލުންގެ ނަންފުޅަށް ހާއްސަކޮށް ނަންދީފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި އާ އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގާޑަންގެ “ވީ.އައި.ޕީ އޯކިޑްސް” ކަލެކްޝަންގައެވެ. ނަންދިނުމުގެ ރަސްމިއްޔާތު ބާއްވާފައި...

ރައީސް ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަނީ
Raajje

ރައީސް ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަނީ

ރައީސް ޑރ. މުހައްމަދު މުޢިއްޒު ސިންގަޕޫރަށް ރަސްމީ ދަތުފުޅެއް ކުރަށްވަން ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ދަތުރުފުޅުގައި ރައީސް އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 2 ށް ކަމަށް ރައީސް ކުރަށްވާ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރ...

ހަލާލް ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަން ވަކި ރަށްތަކެއް ޚާއްސަކުރުމަށް ނިންމައިފި
Thiladhunmathi News

ހަލާލް ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަން ވަކި ރަށްތަކެއް ޚާއްސަކުރުމަށް ނިންމައިފި

ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ވަކި ރަށްތަކެއް ޚާއްސަކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މީސްމީޑިއާގައި މިއަދު މިކަން އިއުލާނު ކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގައި މަޝްހޫރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ހަލާލް ޓޫރިޒަމްގެ ރޮނގުން ވެސް ދިވެހިރާއްޖެ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ފަތުރުވެރިންނަށް ދެވޭ ތަޖުރިބާ އަދި މެހެމާންދާރީގެ ރޮނގުން މިހާރުވެސް ދިވެހިރާއްޖެއަކީ ދުނިޔެއަށް މިސާލަކަށް...

"ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން"
Raajje

"ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން"

ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަނދާންކޮށްދެއްވައިފިއެވެ. މިއަދު ފާހަގަކުރާ ހިޖުރީ އާ އަހަރުގެ މުނާސަބާގައު ރައީސް ފޮނުއްވި ޚިޠާބުގައި ވަނީ މިފަދަ ކޮންމެ މުނާސަބަތެއްގައި ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ފާހަގަކުރަށްވާފައެވެ. އެގޮތުން ރައީސްގެ ޚިތާބުގައި ވަނީ ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ، މުޙ...

ހާމިދު ވަކިވެގެންދިއުމަކީ ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް: ރައީސް
Raajje

ހާމިދު ވަކިވެގެންދިއުމަކީ ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް: ރައީސް

މިއަދު ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވެފައިވުމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ހިތާމަފާޅުކުރަށްވައިފިއެވެ. މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ. މިހާދިސާއާއި ގުޅިގެން ރައީސް މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވަނީ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަ...

ޙާފިޒުންނަށް ދޭ އިނާޔަތް ދެ ގުނަ ބޮޑުކޮށްފި
Raajje

ޙާފިޒުންނަށް ދޭ އިނާޔަތް ދެ ގުނަ ބޮޑުކޮށްފި

ދިވެހި ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުީއްޒު ނިންމަވައިފިއެވެ. ރައީސް މީސްމީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވަނީ އެކަން ހާމަކުރަށްވާފައެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ވަނީ ނިންމަވާފައެވެ. މިގޮތުން ޙާފިޒުންނަށް ދެ ގުނަ ބޮޑުކުރި އެލަވަންސް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން...

ދުންފަތުގެ އިސްތިއުމާލްކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާޔަތެއްދެނީ
Raajje

ދުންފަތުގެ އިސްތިއުމާލްކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާޔަތެއްދެނީ

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އެންމެންނަށް އިނާޔަތް ދިނުމާއި ގުޅޭގޮތުން ދިރާސާއެއް ހަދަން ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރު...

ޔުމްނު ވެއްޓުނު މައްސަލަ: ކޮމިޝަންގެ ރިޕޯޓު ތަންފީޒުކުރަން ރައީސް އަންގަވައިފި
Raajje

ޔުމްނު ވެއްޓުނު މައްސަލަ: ކޮމިޝަންގެ ރިޕޯޓު ތަންފީޒުކުރަން ރައީސް އަންގަވައިފި

2025 އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށާއި، ޞިއްޙީ ވުޒާރާއަށް، ރައީސް އިއްޔެ އަންގަވައިފިއެވެ. މިކަން ބަޔާންކުރައްވައި ރައީސް މުޢިއްޒު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށް އެންގެވި އެންގެވުމުގައި މި މައްސަލައިގައި ދިވެހި ފުލުހު...

ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ސްކޮލާޝިޕް 1ވަނަ ހޯދި 11 ދަރިވަރަކަށް
Raajje

ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ސްކޮލާޝިޕް 1ވަނަ ހޯދި 11 ދަރިވަރަކަށް

މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް 11 ދަރިވަރުންނަށް، ހައިއެޗީވަރސް ސްކޮލަރޝިޕް 87 ދަރިވަރުންނަށް ލިބިއްޖެއެވެ. ރޭ ބޭއްވި “މަތީ އަރުތަވެރިންގެ އިނާމު 2024” ގެ ފަސްވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެއެވެ. މި ދަންފަޅީގައި މަތީ ޘާނަވީއާއި ޘާނަވީ އިމްތިޙާނުތަކުން އެންމެ މޮޅު ނަތީޖާ ހާސިލުކުރި ދަރިވަރުންގެ އަގު ވަޒަންކޮށް، އިނާމުދީފަވެއެވެ. މާލޭގެ ޒުވާނުންގެ މަރުކަޒުގައި އޮތް މި ރަސްމިއްޔާތުގައި...

ހުޅުމާލޭ ފޭސް 2 ގައި އަޅަމުންދާ 4000 ފްލެޓްގެ މަސައްކަތް ރައީސް ބައްލަވައިލައްވައިފި
Raajje

ހުޅުމާލޭ ފޭސް 2 ގައި އަޅަމުންދާ 4000 ފްލެޓްގެ މަސައްކަތް ރައީސް ބައްލަވައިލައްވައިފި

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ބައްލަވައިލައްވައިފިއެވެ. ރައީސް އޮފީހުން ބުނީ، މި ޒިޔާރަތުގެ ތެރެއިން ރައީސް ވަނީ މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވައި، މަސައްކަތް އިތުރަށް ހަލުވިކުރުމަށް ބާރުއަޅުއްވާފައިކަމަށެވެ. މި ފްލެޓް މަޝްރޫޢުގެ ދުވެލި ހަލުވިކުރައްވައި، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަނ...

ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ރައީސް ނިންމަވައިފި
Raajje

ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ރައީސް ނިންމަވައިފި

ރާއްޖޭގައި ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސްމިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. މިގޮތުން ރައީސް ވަނީ މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ހަމަޖައްސަވާފައެވެ. ރައީސް ނެރުއްވި ދެންނެވުމުގައިވާގޮތުން ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މ...