ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދަށް ސިންގަޕޫރުން މިއަދު ރަސްމީ މަރުޙަބާ ދަންނަވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ އިއްޔެއެވެ.
އެ ޤައުމުން މިއަދު ވަނީ ރައީސް މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދަންނަވާފައެވެ. ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް އަދި ފަސްޓް ލޭޑީއަށް ރަސްމީ މަރުޙަބާ ދެންނެވީ ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަތްނަމް އަދި ސިންގަޕޫރުގެ ފަސްޓް ލޭޑީ މިސިސް ޖޭން އިޓޯގީ ޝަންމުގަރަތްނަމްއެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒަށް ގާޑް އޮފް އޮނާއެއް އެރުވި އެވެ.
ރައީސް ސިންގަޕޫރަށް މިކުރަށްވާ މި ދަތުރުފުޅު ކުރިއަށްދާނީ މިހިނގާ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!