މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވައިފި
Raajje

އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވައިފި

ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުން، އީރާނަށް ދެމުން ހަމަލާތައް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު  މުޢިއްޒު މިއަދު ކުށްވެރިކުރަށްވައިފިއެވެ. ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން އިސްލާމީ ޖުމްހޫރިއްޔާ އީރާނަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާ ކަމަށެވެ. މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ސުލްޙަ އާއި ސްޓެބިލިޓީއަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވެފަވެއެވެ. ރައ...

އައު ޕޮލިސް ކޮމިޝަނަރަކީ ނަވީން
Raajje

އައު ޕޮލިސް ކޮމިޝަނަރަކީ ނަވީން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިއަދު އައްޔަނުކުރަށްވައިފިއެވެ. ނަވީން މި މަގާމަށް ޢައްޔަނުކުރެއްވި އިރު ވަގުތީ ގޮތުން އެ މުއައްސާސާ ހިންގަވަމުން ގެންދެވީ ވެސް އޭނާ އެވެ. އެއީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އެޕްރީލް މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް […]

ފަރީދުގެ ދީނީ ޚިދުމަތުގެ ހަނދާންތަކަށް ނިމުމެއް ނެތް: ރައީސް
Raajje

ފަރީދުގެ ދީނީ ޚިދުމަތުގެ ހަނދާންތަކަށް ނިމުމެއް ނެތް: ރައީސް

ދިވެހިރާއްޖޭގެ މަަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ސެއިޚް ފަރީދު މިއަދު ވަނީ ކުއްލިގޮތަކަށް އަވަހާރަ ވެފައެވެ. ސެއިޚްގެ ވަކިވުމާއި ގުޅިގެން ރައީސް މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވި ޚަބަރު އެއްސެ...

ޙައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންފި
Raajje

ޙައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ޙައްޖާޖީންނާ ބައްދަލު ކުރައްވައި، ޙާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. ޙައްޖު...

ސައޫދީގެ ޙައްޖާއި ބެހޭ ވަޒީރު ރައީސް މުޢިއްޒާއި ބައްދަލުކުރަށްވައިފި
Raajje

ސައޫދީގެ ޙައްޖާއި ބެހޭ ވަޒީރު ރައީސް މުޢިއްޒާއި ބައްދަލުކުރަށްވައިފި

ސަޢޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރައްވައިފިއެވެ. މިނާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖު ވަފުދަށް ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަ މިއާއިއެކު އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވ...

ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމެއް ކަނޑައަޅަންޖެހޭ: ރައީސް
Raajje

ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމެއް ކަނޑައަޅަންޖެހޭ: ރައީސް

ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމާއެކު މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އަޅުގަނޑުމެންގެ ސިއްހަތު ބިނާވެފައިވަނީ ކަނޑުގެ ސިއްހަތުގެ މައްޗަށްކަން ފާހަގަކުރަށްވާ ރައީސް ވިދާޅުވީ، ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ދިރިއުޅުމުގެ މައިގަނޑު ވަސީލަތް ކަމަށެވެ. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހާލަތ...

ރައީސް މުއިއްޒު، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި
Raajje

ރައީސް މުއިއްޒު، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވައިފިއެވެ. ސައޫދީ އަރަބިއްޔާގެ މީޑިއާއިން ބުނިގޮތުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދެވި މި ބައްދަލުވުން އޮތީ މިނާ ގަނޑުވަރުގައެވެ. ވަލީއަހުދު މިނާގައި ހުންނެވީ އަހަރީ ޙައްޖު އަޅުކަމުގެ ކަންކަން ބެއްލެވުމުގެ ތެރެއިންނެވެ. ސައޫދީ މީޑިއާއިން ބުނީ ވަލީއަހުދާއި ދިވެހިރާއްޖޭގެ ރައީސް ޑރ. މުޢިއްޒު ކުރެއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން މުރާޖަޢާކުރައްވައި، ދެ ޤައުމުގެ...

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސް: ރައީސް
Raajje

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސް: ރައީސް

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ “ވޯލްޑް ފުޑް ސޭފްޓީ ޑޭ” ނުވަތަ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ކުރިމަތިވާ ކަމެކެވެ. އަދި މިއީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ...

ސަޢޫދީން ޙައްޖާޖީންނަށް ދެއްވާ މެހެމާންދާރީއާއި ޚިދުމަތްތަކަށް ރައީސްގެ ޝުކުރު
Raajje

ސަޢޫދީން ޙައްޖާޖީންނަށް ދެއްވާ މެހެމާންދާރީއާއި ޚިދުމަތްތަކަށް ރައީސްގެ ޝުކުރު

ޙައްޖާޖީންނަށާއި ޢުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް، އަދި ދެ ޙަރަމްފުޅު ޤަޞްދުކޮށްގެން ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދެއްވާ ޚާއްޞަ މެހެމާންދާރީއާއި ޚިދުމަތްތަކަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށާއި، އެ ޤައުމުގެ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުނ...

''ފަލަސްޠީނަށް ދިވެހިންގެ ހިތްތަކުގައި އޮތް ކުލުނު ބަންޑުންކޮށްލަނީ ދުޢާތަކުން''
Raajje

''ފަލަސްޠީނަށް ދިވެހިންގެ ހިތްތަކުގައި އޮތް ކުލުނު ބަންޑުންކޮށްލަނީ ދުޢާތަކުން''

ފަލަސްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް ކުލުނު ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް މިރޭ ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވަނީ ޢީދުގެ މުހިންމުކަމާއި، އިސްލާމީ އުއްމަތުގެ މަތިވެރިކަމާއި، މުސްލިމުންގެ އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ޒަމާނުއްސުރެ ދިވެހީން ފ...

ޙައްޖާޖީންނަށް ބޭނުންވާ ބޭހާއި ވެކްސިން ހިލޭ ލިބޭގޮތައް ހަމަޖައްސައިފި
Raajje

ޙައްޖާޖީންނަށް ބޭނުންވާ ބޭހާއި ވެކްސިން ހިލޭ ލިބޭގޮތައް ހަމަޖައްސައިފި

ދިވެހިން ޙައްޖަށް ދާން ޖަހާ ވެކްސިނާއި ބޭނުންވާ ބޭސް އަދި ޙައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށް ފަހު ނަގާ ބޭސް ވެސް ދެން ލިބޭނީ ހިލޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިކަން އިޢުލާނުކުރެއްވީ މިއަދު ހަވީރު މައްކާގައި ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަދުން ފެށިގެން ޙައްޖާޖީންނަށް ބޭނުންވާ ބޭސް ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް […]

މޯދީ ޖުލައި މަހު ރާއްޖެ ވަޑައިގަންނަވާނެ: އިންޑިއާގެ މީޑިއާ
International

މޯދީ ޖުލައި މަހު ރާއްޖެ ވަޑައިގަންނަވާނެ: އިންޑިއާގެ މީޑިއާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ މަހު ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް ތައްޔާރީތައް ފަށާފައިވާކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އައުމަށްފަހު ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުކަން ފާހަގަކޮށް އިންޑިއާގެ ”ވިއޮން” ނޫހުގައި ބުނެފައިވާ ގޮތުގައި މިދަތުރުފުޅު ކުރިއަށްދާނީ ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން...

ކަރަންޓް ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ
Raajje

ކަރަންޓް ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑިފައިވާ މައްސަލަ ރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. މިކަން ދިމާވި ސަބަބު ދެނެގަތުމަށް ސްޓެލްކޯއިން މައްސައްކަތް ކުރަމުން އަންނައިރު، ރައީސް ޑރ. މުޢިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެ...

18 އަހަރުން މަތީގެ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަޝްރޫއު ފަށަނީ
Raajje

18 އަހަރުން މަތީގެ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަޝްރޫއު ފަށަނީ

18 އަހަރުން މަތީގެ މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް “ފަސްޓް ހޯމް” ކަށަވަރުކޮށްދިނުމުގެ މަޝްރޫއު މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ދައުލަތުގެ މީޑިއާ ޕަބްލިކް ސަރވިސްގެ ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އަމާޒ...

ރައީސްގެ ދެކަނބަލުން ޙައްޖަށް ފުރާވަޑައިގެންފި
Raajje

ރައީސްގެ ދެކަނބަލުން ޙައްޖަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދިންގޮތުގައި، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާނީ ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައި...