މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ކޮންމެ ލައިބްރަރީއަކީ މުޅި ރާސްތާއަށް އަލިކޮށްދޭ ދަންމަރެއް: ރައީސް
Raajje

ކޮންމެ ލައިބްރަރީއަކީ މުޅި ރާސްތާއަށް އަލިކޮށްދޭ ދަންމަރެއް: ރައީސް

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ޕޯސްޓުގައި ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ވަނީ އަރި...

ރައްޔިތުންގެ އިޖްތިމާޢީ، އިޤްތިޞާދީ ދުޅަހެޔޮކަމަށް އިތުރު އިންވެސްޓްމަންޓްތައް ކުރާނަން: ރައީސް
Raajje

ރައްޔިތުންގެ އިޖްތިމާޢީ، އިޤްތިޞާދީ ދުޅަހެޔޮކަމަށް އިތުރު އިންވެސްޓްމަންޓްތައް ކުރާނަން: ރައީސް

ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އިތުރު އިންވެސްޓްމަންޓްތައްކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި މިއަދު މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ، ހަމަހަމަ ފުރުޞަތުތަކާއި ދުޅަހެޔޮކަން ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ މުހިންމުކަމާމެދު ވިސްނާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެމަނިކުފާނުގެ ޕޯސްޓްގ...

''ލިޔުންތެރިކަމަކީ އަމާނާތެއް، ޒިންމާދާރުކަން ނެތް ލިޔުންތެރިކަމުން ގެއްލުން ލިބޭ''
Raajje

''ލިޔުންތެރިކަމަކީ އަމާނާތެއް، ޒިންމާދާރުކަން ނެތް ލިޔުންތެރިކަމުން ގެއްލުން ލިބޭ''

ލިޔުންތެރިކަމަކީ އަމާނާތެއް ކަމަށާއި، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ރައީސް މުޢިއްޒު ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ޚިޠާބެއް ފޮނުއްވައިފައިވާއިރު، މި ދުވަސް ފާހަގަކުރަނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފުރަތަމަ މަޖައްލާ...

ދިވެހިންގެ ޤައުމީ ޚަޒާނާގެ އެންމެ ދޮށީ އަގުހުރި މުދަލަކީ ދިވެހިބަސް: ރައީސް
Raajje

ދިވެހިންގެ ޤައުމީ ޚަޒާނާގެ އެންމެ ދޮށީ އަގުހުރި މުދަލަކީ ދިވެހިބަސް: ރައީސް

ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިވެވެހި ލިޔުންތެރިކަމުގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ މަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖެ އުފެދި ނަން ދެވުނީ، ދިވެހިބަހުގެ ސަބަބުންނެވެ. އަދި ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމަށް ރައީސް ފާހަގަކުރެއްވިއެވ...

ރައީސް މުޢިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި
Raajje

ރައީސް މުޢިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި

އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް، ޑޮނަލްޑް ޖޭ ޓްރަމްޕަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމްދަރުދީ ފޮނުއްވައިފިއެވެ. ރައީސް ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވާފައިވެއެވެ....

"ފަރުމުލި" އަކީ މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައަޅުއްވައިފި
Raajje

"ފަރުމުލި" އަކީ މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައަޅުއްވައިފި

މިލަދުންމަޑުލު ދެކުނުބުރީ “ފަރުމުލި” އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ. މި ނިންމެވުމަކީ، ކުރިން 15 އެޕްރީލް 2024 ގައި ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 7/2024 އިން “ފަރުމުލި” އާއި “ކަނޑިންމާހުރާ” މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ނިންމެވުމަށް ގެންސްފައިވާ ބަދަލެކެވެ. މިއަދު ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 17/2025 ގައިވާ ގޮތުން، މި ނިންމެވުން...

ސަޢޫދީގެ އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
Raajje

ސަޢޫދީގެ އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި، ހަތްކޮޅުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ....

ފަލާޙް ރަންޔޫބީލް ޤުރުއާން މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށް ދެއްވައިފި
Raajje

ފަލާޙް ރަންޔޫބީލް ޤުރުއާން މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށް ދެއްވައިފި

ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި މިރޭ ކޮށްދެއްވައިފިއެވެ. މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި، މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް ރައީސް މުޢިއްޒު ވަނީ އިނާމް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ އެމަނިކުފާނަށް ވަނީ އަރުވާފައެވެ. ޖަމުޢިއްޔަތުލް ފަލ...

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
Raajje

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް ރައީސް މުޢިއްޒު ވަނީ ސިންގަޕޫރުގެ ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކު މަޝްވަރާކުރައްވާފައިވެއެވެ. މި ދަތުރުފުޅުގައި ވަނީ ޤާބިލުކަން އިތުރުކުރުމާއި، ތިމާވެށީގެ ތަރައްޤީއާއި، ތަޢުލީމީ ދާއިރާއިންނާއި، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒާ އެކު ފަހުމުނާ...

މިއީ ރާއްޖެ-ސިންގަޕޫރު ގުޅުމުގެ އައު ބާބެއް ފެށުނު ދަތުރެއް: ރައީސް
Raajje

މިއީ ރާއްޖެ-ސިންގަޕޫރު ގުޅުމުގެ އައު ބާބެއް ފެށުނު ދަތުރެއް: ރައީސް

އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމަށް އައު ދޮރެއް ހުޅުވައިދިން ތާރީޚީ ދަތުރުފުޅެއްކަމާމެދު ޔަޤީންކަން އޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 29 ޖޫން 2025 ގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ރައީސް މީސް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވަނީ ސިންގަޕޫރުގެރައީސް ތާމަން ޝަންމުގަރަތްނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޯންގ އާއި، ސިންގަޕޫރު ސަރުކާރާއި ރައްޔިތުންނަށް، މި ދައުލަތުގެ އެމަނިކުފާނަށާއި އަރިހުގައި ގެން...

ރައީސް ސިންގަޕޫރުގެ މުހިންމު ތިން ތަނަކަށް ޒިޔާރަތްކުރަށްވައިފި
Raajje

ރައީސް ސިންގަޕޫރުގެ މުހިންމު ތިން ތަނަކަށް ޒިޔާރަތްކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ (ޔޫ.އާރް.އޭ.) އާއިހައުސިންގ އެންޑް ޑިވެލޮޕްމަންޓް ބޯޑު (އެޗް.ޑީ.ބީ) އަދި ޓުއަސް ޕޯޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސް ސިންގަޕޫރަށް ކުރަށްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މި ޒިޔާރަތުގައި ޔޫ.އާރް.އޭ.އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ އެތަނުގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ސިންގަޕޫރުގެ ދުރުރާސްތާގެ އާބަން ޕްލޭނިންގއާއި، ރައްޔިތުންނަށް ފަސޭހަ، ރައްކާތެރި އަދި ސްމާޓް ދިރިއުޅު...

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި
Raajje

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފައެވެ. އެގޮތުން، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލެއްވުމުގެ އިތުރުން، އެ ފަރާތްތަކަށް ދިމާވާ ކަންބޮޑުވުންތަކާއި ދަތިތައް ރައީސް ވަނީ ސަމާލުކ...

"ޕްރޮޖެކްޓް ސޯލަރ ސިޓީ" ރާއްޖޭގެ ފުރަތަމަ އެސްއީޒެޑްގެ ގޮތުގައި ކަނޑައަޅައިފި
Raajje

"ޕްރޮޖެކްޓް ސޯލަރ ސިޓީ" ރާއްޖޭގެ ފުރަތަމަ އެސްއީޒެޑްގެ ގޮތުގައި ކަނޑައަޅައިފި

ދިވެހިރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގެ ގޮތުގައި “ޕްރޮޖެކްޓް ސޯލަރ ސިޓީ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މިކަމާ ގުޅިގެން “ޕްރޮޖެކްޓް ސޯލަރ ސިޓީ” ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށްޓަކައި މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. ދިވެހިރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ކަނ...

ރައީސް ސިންގަޕޫރުގެ އައިޓީއީ ހެޑްކުއާޓާޒްއާއި، ކޮލެޖް ސެންޓްރަލްއަށް ޒިޔާރަތެއް
Raajje

ރައީސް ސިންގަޕޫރުގެ އައިޓީއީ ހެޑްކުއާޓާޒްއާއި، ކޮލެޖް ސެންޓްރަލްއަށް ޒިޔާރަތެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އައި.ޓީ.އީ) ހެޑްކުއާޓާޒްއާއި ކޮލެޖް ސެންޓްރަލްއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސްގެ މި ޒިޔާރަތުގައި، ބޭރުގެ ޤައުމުތަކަށް ހުނަރު ތަރައްޤީކުރުމާއި ވޮކޭޝަނަލް ތަމްރީނު ފޯރުކޮށްދޭ އައި.ޓީ.އީން ވަނީ ދިވެހިރާއްޖެއަށް އިންސްޓިޓިއުޝަނަލް ޕާޓްނަރެއްގެ ގޮތުގައި މަރުޙަބާ ދަންނަވާފައެވެ. ރައީސް މި ދަތުރުފުޅުގައި، މަތީ ތަޢުލީމާއި ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމުގެ ދާއިރާއިން...

ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
Raajje

ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ބޮޑުވަޒީރު ލޯވްރެންސް ވޮންގްއާ މިއަދު ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމުގެ ރަންޔޫބީލް އަހަރު ފާހަގަކުރައްވާފައެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުގެ ދައުރު ފާހަގަކުރައްވާ، މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރު ހޯދައި އިޤްތިޞާދު ތަފާތުކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއި...