''ދިފާއީ ހިދުމަތްތައް ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއް''
ދިފާއީ ހިދުމަތްތައް ވަރުގަދަކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތްދޭ ތަނަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ. “ކޮންމެ ދުވަހަކު ގައުމުގެ އަމަން އަމާ...