މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަހައްލުކޮށް ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމަށް އޮފީހެއް އުފައްދަވައިފި
Raajje

މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަހައްލުކޮށް ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމަށް އޮފީހެއް އުފައްދަވައިފި

މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމަށް ހައްލެއް ހޯދައި، ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށްޓަކައި “ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް” ގެ ނަމުގައި އައު އިދާރާއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާނެ ތަނެކެވެ....

''ޒުވާނުންނާއެކު ދުވަސްވީ މީހުންގެ އާބާދީއަށް އަޅާލުން އިތުރުކުރަންޖެހޭ''
Raajje

''ޒުވާނުންނާއެކު ދުވަސްވީ މީހުންގެ އާބާދީއަށް އަޅާލުން އިތުރުކުރަންޖެހޭ''

ޤައުމުގެ ޒުވާނުންގެ ކުރިއެރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއެކު، ރާއްޖޭގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދީ އެހީތެރިވުމަށް ތައްޔާރުވާންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކުރުމަކީ މުހިންމު ކަމ...

ޑރ. ފަޒްނާ ނިޔާވުމުން ރައީސްގެ ތަޢުޒިޔާ
Raajje

ޑރ. ފަޒްނާ ނިޔާވުމުން ރައީސްގެ ތަޢުޒިޔާ

ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުން 47 އަހަރުގައެވެ. ރައީސް މުޢިއްޒު މީސްމީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ޑރ. ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ ކަމަނާގެ...

ބޮޑުތަކުރުފާނު މަގު މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
Raajje

ބޮޑުތަކުރުފާނު މަގު މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ ބައިވެރިވެވަޑައިގެންނ...

ލިޔުންތައް ޙައްޤުބަސް ހިމެނޭ ފައިދާކުރަނިވި ލިޔުންތަކަކަށް ހެދުމަށް ރައީސްގެ އިލްތިމާސް
Raajje

ލިޔުންތައް ޙައްޤުބަސް ހިމެނޭ ފައިދާކުރަނިވި ލިޔުންތަކަކަށް ހެދުމަށް ރައީސްގެ އިލްތިމާސް

ލިޔުންތެރިން ލިޔާ ލިޔުންތަކަކީ ޙައްޤުބަސް ހިމެނޭ، އަދަބުވެރި އަދި މުޖުތަމަޢަށް ފައިދާކުރަނިވި ލިޔުންތަކަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރަށްވައިފިއެވެ. ރައީސް މި އިލްތިމާސް ކުރެއްވީ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވެވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މާތްވެގެންވާ އިސްލާމްދީނަ...

ރާއްޖޭގެ ތަރައްޤީއަށް ސައޫދީން ދެއްވާ އެއްބާރުލުމަށް ރައީސްގެ ޝުކުރު
Raajje

ރާއްޖޭގެ ތަރައްޤީއަށް ސައޫދީން ދެއްވާ އެއްބާރުލުމަށް ރައީސްގެ ޝުކުރު

ދިވެހިރާއްޖެއަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫ...

ރާއްޖެ-އެމެރިކާ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވައިފި
Raajje

ރާއްޖެ-އެމެރިކާ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވައިފި

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ދޭދޭ ގުޅުން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އިތުރަށް ބަދަހިކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައެވެ. އެމެރިކާގެ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވި މި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއ...

''ޑްރަގް މައްސަލަ ޙައްލު ހައްލުކުރުމަށް ސަރުކާރުން އެޑްރެސްކުރަނީ އަސްލު ސަބަބުތަކަށް''
Raajje

''ޑްރަގް މައްސަލަ ޙައްލު ހައްލުކުރުމަށް ސަރުކާރުން އެޑްރެސްކުރަނީ އަސްލު ސަބަބުތަކަށް''

މަތިމަތިން ކަމެއް ކޮށްލައިގެން ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ޙައްލު ނުކުރެވޭނެ ކަމަށާއި، އެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަނީ މާނަހުރި ގޮތެއްގައި އޭގެ އަސްލު ސަބަބުތަކަށް އަމާޒުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ޝާއިޢުކުރެވުނު “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތ...

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކޮށްފި
Raajje

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށި ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސް (ވެގްސް) އިން ދެއްވާ ޝަރަފުވެރި އެ...

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރުމުގެ އިސްލާޙަށް ޢަމަލުކުރަން ފަށައިފި
Raajje

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރުމުގެ އިސްލާޙަށް ޢަމަލުކުރަން ފަށައިފި

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރެއްވުމާއެކު އެ ޤާނޫނަށް ޢަމަލުކުރަން ފަށައިފިއެވެ. މި އިޞްލާޙަކީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. މި ގެނެވުނު ބަދަލާއެކު، ސިނގިރޭޓާއި، ބިޑި އަދި ހީޓަޑް ޓޮބޭކޯ އުފެއްދުންތަކުން މީގެކުރިން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ ވަނީ 4 ރުފިޔާއަށް ކުޑަކޮށްފައެވެ. މީގެ އިތުރުން، މިފަދަ ތަކެތީގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގަ...

ރައީސް، ''މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ'' އިފްތިތާހު ކޮށްދެއްވައިފި
Business

ރައީސް، ''މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ'' އިފްތިތާހު ކޮށްދެއްވައިފި

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ. މި އެކްސްޕޯ އަކީ އެމް.އެމް.އޭ އިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެ...

''ކުންފުނިތައް ރައިޓް-ސައިޒް ކުރުމަކީ ނުފޫޒުން ބަޔަކު ވަޒީފައިން ވަކި ކުރުން ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެ''
Raajje

''ކުންފުނިތައް ރައިޓް-ސައިޒް ކުރުމަކީ ނުފޫޒުން ބަޔަކު ވަޒީފައިން ވަކި ކުރުން ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެ''

ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް-ސައިޒް ކުރުމަށް ނުވަތަ އެ ކުންފުންޏަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކުރާ މަސައްކަތަކީ ސިޔާސީ ނުފޫޒުން ބަޔަކު ވަޒީފާއިން ވަކިކުރުން ކަމަށް ބުނާނެ ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުންފުނިތައް ހަރުދަނާކުރުމަށް ކުރެވޭ މި މަސައްކަތަކީ އަޚުލާޤީ ގޮތުން ވަކި ހަމ...

ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ
Raajje

ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްޤީގެ މަޝްރޫޢުތައް ކަނޑައަޅާފައިވާ ސުންގަޑިތަކަށް ނިންމުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ މި ނިންމެވުމުގެ ދަށުން، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުންކުރާ “ދުވެލި” ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކޮށްފައިވާ “ޕަބްލިކް އ...

ބޯހިޔާވަހިކަމުގެ ދާއިރާއިން މި ސަރުކާރުން މަސައްކަތްކުރަނީ މީގެ ކުރިން ނުވެ އޮތްކަމެއްކުރަން: ރައީސް
Raajje

ބޯހިޔާވަހިކަމުގެ ދާއިރާއިން މި ސަރުކާރުން މަސައްކަތްކުރަނީ މީގެ ކުރިން ނުވެ އޮތްކަމެއްކުރަން: ރައީސް

ބޯހިޔާވަހިކަމުގެ ދާއިރާއިން މި ސަރުކާރުން މަސައްކަތްކުރަނީ މި ސަރުކާރުގެ ދައުރުތެރޭގައި ފްލެޓްތަކާއި ހައުސިން ޔުނިޓްތަކެއް ނިންމައި، އެތަންތަނަށް މީހުން ވެއްދުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިން މަޝްރޫޢުތައް ނިންމައި މީހުން ވެއްދިފައި ނެތް ކަމަށާއި، މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށެވެ. ރަ...

ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް މި ހަފްތާގައި އަމިއްލަ ކުންފުންޏަކާ ހަވާލުކުރަނީ
Thiladhunmathi News

ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް މި ހަފްތާގައި އަމިއްލަ ކުންފުންޏަކާ ހަވާލުކުރަނީ

ކުޅުދުއްފުށީ ސިޓީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް އަލުން ފެށުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ހަފުތާގެ ތެރޭގައި އަމިއްލަ ކޮންޓްރެކްޓަރަކާ އެ މަސައްކަތް ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅުދުއްފުށީގައި މިހާރު ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތް ރީ-ސްޓާޓް ކުރުމަށްޓަކައި އެޗްޑީސީން ކޮންޓ...