''ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުން މުހިންމު''
ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދާ ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް” ގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ޚާއްޞަކޮށް ގެނެސްދިން މި އެޕިސޯޑުގައި ރައީސް ވިދާޅުވީ ޒުވާނުންނަކީ ޤައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކު...