ވެރިކަމަށް ކުރިމަތިވާ ޣައިރުޤާނޫނީ ހުރަސްތައް ނައްތާލުމަކީ ރައީސްގެ ވާޖިބެއް: އިޤްބާލް
ވެރިކަމަށް ކުރިމަތިވާ ޣައިރުޤާނޫނީ ކޮންމެ ހުރަހެއް ނައްތާލުމަކީ ރައީސްގެ ވާޖިބެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 19 ނޮވެމްބަރު 2023 ވަނަ ދުވަހު ރައީސް އޮފީހުގެ މިނިސްޓަރުކަމަށް، ޢައްޔަނުކުރައްވާފައިވާ އިޤްބާލް މިހެން ވިދާޅުވީ މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. އިޤްބާލް ވިދާޅުވެފައިވާ ގޮތުގައި ޤާނޫނު އުފަންވެ، ޤާނޫނީ ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިންނެވެ. އަދި ރައީސަކު އިންތިޚާބު ކުރަނީ ރައްޔިތުނ...