ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "ޕޮލިސް ބޯޑު" ގެ ބައެއް މެންބަރުން ވަކިކުރައްވައި އެ ބޯޑަށް ބައެއް މެންބަރުން މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

Ad
rt

ޕޮލިސް ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ޕޮލިސް ބޯޑަށް ރައީސް މުޢިއްޒު ގެންނެވި ބަދަލުތަކާއެކު އެ ބޯޑު މިހާރު އެކުލެވިގެންވަނީ އަންނިވި ބޭފުޅުންގެ މައްޗަށެވެ.

  • އަޙްމަދު ޝަރީފް (ގުލްފާމްގެ، ތ.ހިރިލަންދޫ) - ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
  • ޢާއިޝަތު ނޫރާ މުޙައްމަދު (ހ.ނޫމުތީ) - ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
  • އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް (ދަފްތަރު. ނަމްބަރ ރސ 535)- ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  • އަޙްމަދު އަޒީމް (ބަގީޗާގެ، ސ.މަރަދޫފޭދޫ) - ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  • އަޙްމަދު ސަޢުދީ (އަލިމަސްގެ، ހއ.ހޯރަފުށި) - ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
  • ޙާމިދު ޢަބްދުލްޣަފޫރު (ހ.ޝޭޑީކޯނަރ) - ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު
  • އަލްއުސްތާޛާ ޞަފާ ޝަރީފް (ދެތަނޑިމާގެ / ސ.ހުޅުދޫ) - ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު.

މިބޭފުޅުންގެ ތެރެއިން ޢާއިޝަތު ނޫރާ މުޙައްމަދު އާއި ޙާމިދު ޢަބްދުލްޣަފޫރު އަދި ޞަފާ ޝަރީފް އަކީ ކުރިން ވެސް އެ ބޯޑުގައި ތިއްބެވި މެންބަރުންނެވެ. ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދުވަސްވަރު އެ ބޭފުޅުން ބޯޑަށް ޢައްޔަނުކުރައްވާފައި ވަނީ 9 އޭޕްރިލް 2021 ގައެވެ.