ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ޙަމްދީ ޢަޤީލް މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ޙަމްދީ ޢަޤީލަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޙަމްދީ ޢަޤީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ހިމެނެއެވެ.
ޕީސީބީގެ ބޯޑަކީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ތަނެކެވެ.
ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އަދި އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ.
ޕީސީބީގެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ހަމްދީ ޢައްޔަނުކުރައްވާފައިވާއިރު، ރައީސް މިއަދު ވަނީ ޕީސީބީގެ ބޯޑަށް ތިން މެންބަރުން ވެސް ޢައްޔަނު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!