އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމަށް ދައުލަތުގެ މީޑިއާ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ހަމަޖައްސައިފިއެވެ.
ވީޓީވީގެ އިސް މަގާމެއް ވެސް ކުރިން ފުރުއްވި އިކްރާމް މި މަގާމަށް ހަމަޖައްސާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.
އިކްރާމްގެ އިތުރުން މިނިސްޓަރުގެ ނައިބުގެ ފެންވަރުގެ ފަސް ބޭފުޅެއް ރައީސް އޮފީހަށް ވަނީ ހަމަޖައްސާފައެވެ.
އެ ބޭފުޅުންނަކީ،
- އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ، މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް
- އަންޑަރ ސެކްރެޓެރީ ފޮރ ޕްރެޒިޑެންޝަލް އެފެއާޒް، ނީމާ ޢަލީ
- ސީނިއަރ އަންޑަރ ސެކްރެޓެރީ، މުޙައްމަދު ޙުނައިފް
- ސީނިއަރ އަންޑަރ ސެކްރެޓެރީ، ޑރ. މޫސާ ފަތުޙީ
- ސީނިއަރ އަންޑަރ ސެކްރެޓެރީ، ޑރ. ޢިޞާމް މުޙައްމަދު
ރައީސް އޮފީހަށް މިހާތަނަށް ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ވެސް ފަސް ބޭފުޅަކު ޢައްޔަނު ކުރައްވާފައިވާއިރު، ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައީސް އޮފީހުގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވަމުންނެވެ.
މި ސަރުކާރުގެ ދައުރު ފެށިފައި ވަނީ 17 ނޮވެމްބަރު 2023 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!