އިސްރާއީލުން ހިންގާ ޖަރީމާތައް ތަހުގީގު ކުރުމަށް ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް، ރާއްޖެއިން ގޮވައިލައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްރާއީލުން ފަލަސްތީނުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް ރާއްޖޭގެ ނަމުގައި ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ގޮވައިލައްވައިފިއެވެ. ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު މިގޮތަށް ގޮވައިލައްވާފައި ވަނީ، މިއަދު ފާހަގަކުރާ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި ރައީސް ވަނީ، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަނެ، އެ ޤައުމުގައި ކުރަމުން ގެންދާ ހަނގުރާމަ...