މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 911 ވަނަ ޞަފްޙާ

އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

މާލޭ ސިޓީގެ، މާލޭގެ އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނަކަށް ކިޔަވައިދޭ ބިދޭސީ ޓީޗަރެކެވެ. އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާއާއި ޑައިރެކްޓް ކޮންޓެކްޓުވީ ހުރިހާ ޓީޗަރުން މިިހާރު ވަނީ 14 ދުވަހަށް ކަރަންޓީންކޮށްފައި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ. ކޯވިޑްގެ ސަބަބުން ބަންދުކުރި، މާލޭ ސަރަހައްދުގެ ސްކޫލުތައް ހުޅުވާފައިވަނީ ދިހަ މަހަށްފަހު މިދިޔަ އާދިއްތަ ދުވަހުއެވެ. އަލުނ...

އަޙްމަދު ވަހީދު
ކާރެއް މޫދަށް ވެއްޓުމުގެ ހާދިސާއެއް، ދެ މީހަކަށް އަނިޔާވި

ކާރެއް މޫދަށް ވެއްޓުމުގެ ހާދިސާއެއް، ދެ މީހަކަށް އަނިޔާވި

ކ. މާފުށީގައި ރޭ ހިނގި ހާދިސާއެއްގައި ދުވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މޫދަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ވިދާޅުވީ، އެ ހާދިސާ ރިޕޯޓް އެ އިދާރާއަށް ލިބިފައި ވަނީ ރޭ 12:46 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގިއިރު ކާރުގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެހީއާއެކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން […]

ޔުމްނާ ޢަލީ
ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ފުރުޞަތުތަކެއް

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ފުރުޞަތުތަކެއް

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ފުރުޞަތު ތަކަކަށް ކުރިމަތިލުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ހުޅުވާލައިފި އެވެ. މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފި ކަމަށެވެ. މި ސްކޮލަޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީން ކުރާނީ ޤައުމީ ޔުނިވަރސިޓީއިން، މި ވަގުތަށް ޤައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކު...

ޝިއުނާ އާދަމް
ފައުޒާންގެ އޮޔާ ދަމައިގަތް ނެރު ބަންދު ކުރަން ގޮވާލައި ޕެޓިޝަނެއް ހުށަހަޅައިފި

ފައުޒާންގެ އޮޔާ ދަމައިގަތް ނެރު ބަންދު ކުރަން ގޮވާލައި ޕެޓިޝަނެއް ހުށަހަޅައިފި

ފުވައްމުލަށް ސިޓީ ހުޅަނގުފަރާތުގައި ހުރި ނެރުތައް ބަންދު ކުރުމަށް ގޮވާލައި، ފުވައްމުލަކު ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. މިއަދު ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ ފުވައްމުލަކު ހުޅަނގުފަރާތުގައި ހުރި ނެރުތައް ބަންދުކުރުމާއި ގުޅޭ ގޮތުން “ވަން ފުވައްމުލައް” ޖަމިއްޔާއިން ކުރިއަށްގެންދިޔަ ޕެޓިޝަން މިއަދު ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިޕެޓިޝަން ފުވައްމުލަކު ސިޓީ ކައުންސިލުން ހަވާލުވީ އެ ސިޓީގެ މޭޔަރ އަބްދުﷲ ފަލާހު ކަމަށް އެ ކައުނ...

ޔުމްނާ ޢަލީ
ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރުފަތުރު ކުރާ އުޅަނުފަހަރު މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. މިގޮތުން އެމްއެންޑީއެފުން ވިދާޅުވީ، ރާއްޖޭގެ މޫސުމާއި ބެހޭ ޤަޢުމީ އިދާރާއިން މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް އަދި ވައިޓް އެލާޓް ނެރެފައި ވުމާއިއެކު، ކ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ކަނޑުތައްގަދަވެ، ކޮޅިގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ. މިގޮތުން ރާއްޖޭގ...

ޝިއުނާ އާދަމް
ރީޖަނަލް އެއާޕޯޓުތަކުގެ މުވައްޒަފުންނަށް އާރްއޭސީއަށް ބަދަލުވުމުގެ ފުރުޞަތު

ރީޖަނަލް އެއާޕޯޓުތަކުގެ މުވައްޒަފުންނަށް އާރްއޭސީއަށް ބަދަލުވުމުގެ ފުރުޞަތު

ރާއްޖޭގެ ބައެއް ސަރަޙައްދީ އެއާޕޯޓުތައް ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކަށް ބަދަލުވެގެން ދާއިރު، އެ އެއާޕޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ރީޖަނަލް އެއާޕޯޓްސްތައް ހިންގަން އުފެއްދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އަށް ބަދަލުވުމުގެ ފުރުޞަތު ދެވޭނެ ކަމަށް، ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގުޅޭ ކޯޕަރަޓައިޒޭޝަން ޗާޓަރގައި ބުނެފިއެވެ. މިކަން ބަޔާންކޮށްފައި ވަނީ ރީޖަނަލް އެއާޕޯޓްސްއިން މިއަދު އާންމު ކުރި ”ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގ...

ޔުމްނާ ޢަލީ
"ސޭފް ސްކޫލްސް ޑިކްލަރޭޝަން"ގައި ރާއްޖެއިން ބައިވެރިވަނީ

"ސޭފް ސްކޫލްސް ޑިކްލަރޭޝަން"ގައި ރާއްޖެއިން ބައިވެރިވަނީ

“ސޭފް ސްކޫލްސް ޑެކްލަރޭޝަން”ގައި ރާއްޖެއިން ބައިވެރިވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމަވާފައި ވަނީ، އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެ މަޖިލީހުން ދެއްވި ލަފާފުޅުގެ މަތިންނެވެ. ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނު މުއްދަތު 10 ދުވަސް ހަމަކޮށް ރޭ ނެގި ރިލީޒް ސާމްޕަލުންނެވެ. އެ ސާމްޕަލްގެ ނަތީޖާލިބި، އޭނާ ކޯވިޑްއަށް ޕޮޒިޓިވްވިކަން އެނގުނީ މިރެއެވެ. އޭނާއާއިއެކު އެއް ގޭގައި އިތުރު ޓީޗަރަކު ވެސް ހޯމް ކަރަންޓީނުގައި ހުއްޓެވެ. ނަމަވެސް އޭނާ ކޯވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ހަނިމާދޫން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނިފައިވާކަން ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ […]

ޔުމްނާ ޢަލީ
ދައުލަތުން ވަކީލު ފޯރުކޮށްދޭ އާ ގަވާއިދު އެކުލަވާލައި، އަމަލު ކުރަން ފަށައިފި

ދައުލަތުން ވަކީލު ފޯރުކޮށްދޭ އާ ގަވާއިދު އެކުލަވާލައި، އަމަލު ކުރަން ފަށައިފި

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އައު ގަވާއިދެއް އެޓަރނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައި އެ ގަވާއިދަށް ޢަމަލުކުރަން މިއަދު ފަށައިފި އެވެ. އޭޖީ އޮފީހުން ބުނީ، މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ […]

ޔުމްނާ ޢަލީ
މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޚާއްޞަ ވޯކްޝޮޕްތަކެއް ފަށަނީ

މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޚާއްޞަ ވޯކްޝޮޕްތަކެއް ފަށަނީ

މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕް ހޯސްޓް ކުރަން ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވިދާޅުވީ، ”ޓްރެއިނިންގ ވޯކްޝޮޕް އޮން ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް” ނަމުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްތައް މިފަހަރު އަމާޒުކޮށްފައި ވަނީ 6 އަތޮޅަކަށް ކަމަށެވެ. ޔޫތު މިނިސްޓްރީއިން ވިދާޅުވިގޮތުގައި މިވޯކްޝޮޕްތައް ކުރިއ...

ޙުސައިން ޝަހުދީ
ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ

ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ

ވ. ތިނަދޫގައި ބަނދަރުގައި އޮތް ލޯންޗެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި، ލޯންޗު އަޑިއަށްގޮސް، މީހަކު ފިހިއްޖެ އެވެ. ފުލުހުން ވިދާޅުވީ، ތިނަދޫގައި ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ، މިއަދު ހެނދުނު 7:49 ހާއިރު ކަމަށެވެ. ލޯންޗްގައި ރޯވީ، ލޯންޗް އިސްޓާޓްކުރި ވަގުތު ބެޓަރީގައި ރޯވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. “މި ހާދިސާ ހިނގިއިރު ލޯންޗްގައި ހުރި މީހެއްގެ ފައި ފިހިފައިވޭ، މިހާދިސާގައި އަލިފާން […]

ޝިއުނާ އާދަމް
އެމްޓީސީސީން އެންމެ އުތުރުގެ ދެ އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރާ ދަތުރު ފަށައިފި

އެމްޓީސީސީން އެންމެ އުތުރުގެ ދެ އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރާ ދަތުރު ފަށައިފި

އެންމެ އުތުރުގެ ހއ. އަދި ހދ. އަތޮޅުގެ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް، ރައްޔިތުންގެ ކުންފުނި” މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެ ދެއަތޮޅަށް ކުރާ ދަތުރު މިއަދު ފަށައިފިއެވެ. މިގޮތުން އެމްޓީސީސީގެ ޓީމުގެ ފުރަތަމަ މަންޒިލެއްގޮތުން ޒިޔާރަތްކޮށްފައި ވަނީ ހއ. ހޯރަފުއްޓަށެވެ. މި ޒިޔާރަތުގައި އޮޑިދޯނި ފަހަރު ބަންނަ ފަރާތްތަކާއި، އޮޑިދޯނި ފަހަރުގެ ވެރިންނާއި ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދޭނެއެވެ. އެމްޓީސީސީގެ މި ޓީމު މިހާރު ހއ. އަތޮޅަށް ޒިޔާރަތް ކޮށްފައި...

ޔުމްނާ ޢަލީ
އެގްރޯ ނެޝަނަލް ކޯޕަރޭޝަންއަށް އަތޮޅު ކޯޑިނޭޓަރުން ހޯދަނީ

އެގްރޯ ނެޝަނަލް ކޯޕަރޭޝަންއަށް އަތޮޅު ކޯޑިނޭޓަރުން ހޯދަނީ

ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން ނޫ އިޤްތިޞާދު އަމާޒުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގައި ރާއްޖޭގެ ހުރިހައި އަތޮޅެއްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ކޯޑިނޭޓަރުން ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފިއެވެ. ޖުމްލަ 19 ކޯޑިނޭޓަރުން ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފައިވާއިރު، ކޯޑިނޭޓަރުން ހޯދުމަށް އިޢ...

އިބްރާހިމް ޚަލީލް
ވޯރާ ވިޔަފާރިތައް މަނާ ކުރެވުނުއިރު އޮތް ހާލަތަށް ވުރެން މިއަދުގެ ހާލަތު ގޯސް: ރުކުމާ

ވޯރާ ވިޔަފާރިތައް މަނާ ކުރެވުނުއިރު އޮތް ހާލަތަށް ވުރެން މިއަދުގެ ހާލަތު ގޯސް: ރުކުމާ

ވޯރާ ވިޔަފާރި ހަރަކާތްތައް ރާއްޖޭގައި މަނާ ކުރެވުނުއިރު އޮތް ހާލަތަށް ވުރެން މިއަދުގެ ރާއްޖޭގެ ހާލަތު ގޯސްވެފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ. 18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނި ވަޑައިގެންނެވި، މިހާރުވެސް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. ރުކުމާއަކީ ފުޅާދާއިރާއެއްގައި މަހުގެ ބާވަތްތައް ގަނެ، ވިއްކުމުގެ ވިޔަފާރީގައި މިހާރު ހަރަކާތްތެރިވެ ވަޑައިގަންނަވާ...

އަލީ އާދިލް
ވަރު ރިސޯޓުގެ ވަޑާންގެ އާއި ސްޓާފް ކުއަރޓާސް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ވަރު ރިސޯޓުގެ ވަޑާންގެ އާއި ސްޓާފް ކުއަރޓާސް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ކ. އަތޮޅުގައި ހިންގަމުން އަންނަ ވަރު ބައި އެޓްމޯސްފިއާ ރިސޯޓްގެ ވަޑާންގެ އާއި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. ރޭ އެ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ނިއްވާލާފައި އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލައިފި ކަމަށެވެ. ”މި ހާދިސާގެ މަޢުލޫމާތު ރޭ މެންދަމު 02:48 […]

އަޙްމަދު ވަހީދު