މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 912 ވަނަ ޞަފްޙާ

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހުދުސަމާލު ނެރެފިއެވެ. މިގޮތުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތަކީ މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 އަށެވެ. މި ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި […]

ޙުސައިން ޝަހުދީ
ލިބުނު ކުރިއެރުން ދެމެހެއްޓުމަށް ގައިޑުލައިންތަކަށް އަކުރުން އަކުރަށް އަމަލުކޮށް ދެއްވުމަށް އެދިވަޑައިގެންފި 

ލިބުނު ކުރިއެރުން ދެމެހެއްޓުމަށް ގައިޑުލައިންތަކަށް އަކުރުން އަކުރަށް އަމަލުކޮށް ދެއްވުމަށް އެދިވަޑައިގެންފި 

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ކުރިއެރުން ދެމެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އާއި ޓޫރިޒަމްގެ ގައިޑުލައިންތަކަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އަމަލުކޮށް ދެއްވުމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމް އެދިވަޑައިގެންފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަލުން ދިރުން އަންނަމުންދާ މި ދަނޑިވަޅުގައި ޑރ. މައުސޫމް މިމޭރުމުން ވިދާޅުވީ، ކުރެއްވި ޓުވީޓެއްގައެވެ. ޑރ. މައުސޫމް ވިދާޅުވީ، އެޗްޕީއޭއާއި، ޓޫރިޒަމް މިނިސްޓްރީން އެ...

ޝިއުނާ އާދަމް
ވަރު ރިސޯޓްގެ ރާ ރައްކާ ކުރާ ގުދަނުގެ ފުރާޅުގައި ރޯވެއްޖެ

ވަރު ރިސޯޓްގެ ރާ ރައްކާ ކުރާ ގުދަނުގެ ފުރާޅުގައި ރޯވެއްޖެ

ކ. އަތޮޅުގައި ހިންގަމުން އަންނަ ވަރު ބައި އެޓްމޯސްފިއާ ރިސޯޓްގެ ރާ ރައްކާ ކުރާ ގުދަނުގެ ފުރާޅުގައި ރޯވެއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ވަރު ބައި އެޓްމޯސްފިއާ ރިސޯޓްގެ ރާ ރައްކާ ކުރާ ގުދަނުގެ ފުރާޅުގައި ރޯވިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ މެންދަމު 2:48 އެހައިކަންހާއިރު ކަމަށެވެ. ެއެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު، އެ ރިސޯޓަށް ދިޔުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ދަތުރު ފެށިކަމަށާއި، ފަޔާ ޓީމަށް އެ ރިސޯޓަށް ފޯރީ […]

ޔުމްނާ ޢަލީ
ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ބުނެފިއެވެ. އެތަކެތި އަތުލައިގެންފައި ވަނީ ޖެނުއަރީ 10 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލުތަކެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް، ކަސްޓަމްސް އިން ބުންޏެވެ. އެ ޕާރުސަލްގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމްޕެޓަމިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމް...

އަޙްމަދު ވަހީދު
އިދިކޮޅު މިހާރުވެސް އޮތީ ރޫޅިފައި: ޝިފާއު

އިދިކޮޅު މިހާރުވެސް އޮތީ ރޫޅިފައި: ޝިފާއު

އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަން މިހާރުވެސް އޮތީ ރޫޅިފައި ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާއު މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަން ބައިބައިކޮށްލުމަށް ހީލަތްތެރި ރޭވުންތައް ރާވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވުމުން، އޭނާއަށް ރައްދު ދެއްވަމުންނެވެ. އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި އާދަމް ޝަރީފްގެ މި ވިދާޅުވުން ނޫހަކުން ގެނެސްދީފައިވާ ޚަބަރު ހިމަނުއްވައި ޓުވީޓަކުން ރައްދު ދެއ...

އަލީ އާދިލް
ފައުޒަންގެ ހަނދާނުގައި ހިތާމައިގެ ސުކޫތެއް

ފައުޒަންގެ ހަނދާނުގައި ހިތާމައިގެ ސުކޫތެއް

ފުވައްމުލަކުގައި އޮޔާދަމައިގަތް ދެ އަންހެން ކުދިން ސަލާމަތްކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ނިޔާވި އަހުމަދު ފައުޒާން ހަނދާނުގައި ހިތާމައިގެ ސުކޫތެއް ގެނެސްފި އެވެ. މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ނިޔާވި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އަހުމަދު ފައުޒާންގެ ހަނދާނުގައި، ސްކޫލްތަކުގައި މިއަދު 1 މިނެޓްގެ ހިތާމައިގެ ސުކޫތެއް ގެނެސްފައިވާ ކަމަށެވެ. ހޮނިހިރިދުވަހު ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ކުއްޖަލު ގެ...

ޝިއުނާ އާދަމް
ފިނޭ އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލައިފި

ފިނޭ އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލައިފި

ފެނަކައިގެ ފަރާތުން ހދ. ފިނޭގައި އިމާރާތްކުރާ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ފެނަކައިން މިކަން ހާމަކުރީ، އެ ކުންފުނީގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގައި އިމާރާތް ކުރާ އިންޖީނުގެތަކާއި، އޮފީސް އިމާރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރަށްވަމުންނެވެ. މިގޮތުން ފެނަކައިން ބުނީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ހދ. ފިނޭ އާ އިންޖީނުގެ...

ޔުމްނާ ޢަލީ
އިހަވަންދޫ ބަނދަރުގެ 35 ޕަސެންޓް އަދި މިލަދޫ ބަނދަރުގެ 38 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

އިހަވަންދޫ ބަނދަރުގެ 35 ޕަސެންޓް އަދި މިލަދޫ ބަނދަރުގެ 38 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް އަންނަ ހއ. އިހަވަންދޫ ބަނދަރުގެ 35 ޕަސެންޓް އަދި ނ. މިލަދޫ 38 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 59 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 21،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައ...

ޔުމްނާ ޢަލީ
ރާއީގެ ޝުކުރު ލޮޓަސް ފިހާރައަށް

ރާއީގެ ޝުކުރު ލޮޓަސް ފިހާރައަށް

މަކުނުދޫ ދާއިރާގެ ރަށްތަކުގެ ސްކޫލްތަކަށް ލޮޓަސް ފިހާރައިގެ ފަރާތުން ހޭންޑް ސެނިޓައިޒަރ ހަދިޔާ ކޮށްދީފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ލޮޓަސް ފިހާރައަށް ޝުކުރު ދަންނަވައިފިއެވެ. ލޮޓަސް ފިހާރައިގެ ފަރާތުން ހޭންޑް ސެނިޓައިޒާ ހަދިޔާ ކޮށްފައިވާ ސްކޫލްތަކަކީ އެ ދާއިރާގައި ހިމެނޭ ތިން ރަށުގެ ސްކޫލްތައް ކަމުގައިވާ މަކުނުދޫ ސްކޫލް، ކުމުންދޫ ސްކޫލްގެ އިތުރުން ނޭކުރަންދޫ ސްކޫލެވެ. ލޮޓަސް ފިހާރައަށް ޝުކުރު ދަންނަވައި ރާއީ ކުރެއްވި ޓްވީޓްގައި، ޝުކުރުގެ އިތުރުން، 10...

އިބްރާހިމް ޚަލީލް
އެމްޓީސީސީގެ ޓީމެއް ހއ. އަދި ހދ. އަތޮޅަށް ޒިޔާރަތް ކުރަނީ

އެމްޓީސީސީގެ ޓީމެއް ހއ. އަދި ހދ. އަތޮޅަށް ޒިޔާރަތް ކުރަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޓީމެއް ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރަން ނިންމައިފިއެވެ. އެމްޓީސީސީން ބުނީ މި ޓީމު ފުރަތަމަ ޒިޔާރަތް ކުރާނީ ހއ. އަތޮޅަށް ކަމަށެވެ. މިގޮތުން އެ އަތޮޅުގައި މި ޓީމު ހަރަކާތްތެރިވާން ހަމަޖެހިފައިވަނީ މިމަހުގެ 12 އިން 18ގެ ނިޔަލަށެވެ. އަދި ހދ. އަތޮޅުގެ ރަށްތަކަށް މި ޓީމު ދަތުރު ކުރާނީ ވެސް މިމަހުގެ 19 އިން 24 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ. މިދަތުރުގެ […]

ޝިއުނާ އާދަމް
ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކު އަޒީޒް

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކު އަޒީޒް

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުހައްމަދު މަބްރޫކް އަޒީޒް ހަމަޖައްސައިފިއެވެ. އޭނާ މި މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައި ވަނީ ޖެނުއަރީ 1، 2020 ދުވަހުން ފެށިގެންނެވެ. މަބްރޫކް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކެޓްރީގެ މަގާމުގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވީ އިބްރާޙީމް ހޫދެވެ. މަބުރޫކަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރަށްވާ...

އިބްރާހިމް އަސްވާޤް
އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުންދޭ “އިންކަމް ސަޕޯޓް އެލަވަންސް”ގެ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިގޮތުން ޖޮބް ސެންޓަރުން ވަނީ، ނިމުނު އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ ދިވެހިރާއްޖޭގައި […]

ޝިއުނާ އާދަމް
ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ އިލްތިމާސެއް

ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ އިލްތިމާސެއް

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހާލަތުގައި ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނާ މުޖްތަމަޢަށް އަސަރުފޯރާ ކަންކަމުން ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މަސައްކަތްތަކަށް ހުށަހެޅޭ އިންވޮއިސް ތަކަށް ފައިސާ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އަދާކޮށް ދެއްވުމަށް ބާރުއެޅުއްވުމަށް ސަރުކާރުގެ ކަމާއިބެހޭ ހުރިހާ އިދާރާތަކަށް ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން އިލްތިމާސްކޮށްފިއެވެ. އެ ޖަމިއްޔާއިން މި ގޮތަށް އިލްތިމާސް ކުރީ މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި އެ ޖަ...

އަޙްމަދު ވަހީދު
ނެއްލައިދޫ ބަނދަރުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ނެއްލައިދޫ ބަނދަރުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް އަންނަ ހދ. ނެއްލައިދޫ ބަނދަރުގެ 42 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 5 ޕަސެންޓް ވަނީ ނިމިފައިވާކަމަށެވެ. އެމްޓީސީސީއިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، ކުރިން ފުންކޮށްފައިވާ 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އ...

ޔުމްނާ ޢަލީ
ރިސޯޓު މުވައްޒަފުންގެ ގުރުބާނީ ހަނދާންކުރޭ: ޢަލީ

ރިސޯޓު މުވައްޒަފުންގެ ގުރުބާނީ ހަނދާންކުރޭ: ޢަލީ

ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުންއަންނަ ކުރިއެރުމާއި، ނަފާގެ ވާހަކަ ދައްކާއިރު، މަޖުބޫރީ ހާލަތުގައި ރިސޯޓުތަކުގައި އެތައް ދުވަހެއް ހޭދަކުރަމުންދާ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް ތެރީންގެ ގުރުބާނީ ވެސް ހަނދާން ކުރަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް ތެރީންގެ އަނބިފިރި ކަމުގެ ޙައްޤަކީވެސް އިންސާނީ ޙައްޤެއް ކަމަށެވެ. ޢަލީ މިމޭރުމުން ވިދާޅުވީ، ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، އެ...

އަޙްމަދު ވަހީދު