ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އޭނާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނު މުއްދަތު 10 ދުވަސް ހަމަކޮށް ރޭ ނެގި ރިލީޒް ސާމްޕަލުންނެވެ. އެ ސާމްޕަލްގެ ނަތީޖާލިބި، އޭނާ ކޯވިޑްއަށް ޕޮޒިޓިވްވިކަން އެނގުނީ މިރެއެވެ.
އޭނާއާއިއެކު އެއް ގޭގައި އިތުރު ޓީޗަރަކު ވެސް ހޯމް ކަރަންޓީނުގައި ހުއްޓެވެ. ނަމަވެސް އޭނާ ކޯވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ހަނިމާދޫން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނިފައިވާކަން ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ވަނީ ''ތިލަދުން''އަށް ކަށަވަރުކޮށް ދެއްވާފައެވެ.
އިބްރާޙީމް ވިދާޅުވީ، ޕޮޒިޓިވްވި ބިދޭސީ ޓީޗަރާއި، އޭނާއާއިއެކު ހުރި އިތުރު ޓީޗަރެއް މިހާރު ވަނީ 14 ދުވަހުގެ ހޯމް ކަރަންޓީނުގައި ބެހެއްޓިފައި ކަަމަށެވެ. އަދި ޕޮޒިޓިވް ޓީޗަރަކީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެއް ކަމަށް ވެސް އިބްރާޙީމް ވިދާޅުވިއެވެ.
ހަނިމާދޫން ކުރިން ވެސް ވަނީ ކޯވިޑްގެ ދެ ޕޮޒިޓިވް ކޭސް ފެނިފައެވެ. އޭގެ ތެރެއިން އެއް ކޭހަކީ ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސެއް ޕޮޒިޓިވްވި ކޭހެވެ. އެ ކޭސް ފެނިފައި ވަނީ 2020 އޮކްޓޯބަރު 13 ވަނަ ދުވަހުއެވެ.
ުދެވަނަ ކޭހަކީ ހަނިމާދޫގައި ހުންނަ ސިޓީ ހޮޓާ ''ދަ ބެއާފޫޓް އެކޯ ހޮޓެލް'' ގައި ހުރި ފަތުރުވެރިއެއް ކޯވިޑަށް ޕޮޒިޓިވްވި ކޭހެވެ. އެ ކޭސް ފެނިފައި ވަނީ 2020 އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!