ކ. މާފުށީގައި ރޭ ހިނގި ހާދިސާއެއްގައި ދުވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މޫދަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، އެ ހާދިސާ ރިޕޯޓް އެ އިދާރާއަށް ލިބިފައި ވަނީ ރޭ 12:46 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގިއިރު ކާރުގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެހީއާއެކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

Ad
rt

މީގެ އިތުރުން ކާރު މޫދަށް ވެއްޓުމުން އެވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗަކަށްވެސް ވަނީ ގެއްލުން ވެފައިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ ހާދިސާގައި މޫދަށް ވެއްޓުނު ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.