ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން ނޫ އިޤްތިޞާދު އަމާޒުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގައި ރާއްޖޭގެ ހުރިހައި އަތޮޅެއްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ކޯޑިނޭޓަރުން ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފިއެވެ.

ޖުމްލަ 19 ކޯޑިނޭޓަރުން ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފައިވާއިރު، ކޯޑިނޭޓަރުން ހޯދުމަށް އިޢުލާން ކޮށްފައިވާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި އަޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއެވެ. މި މަޤާމްތަކަށް ނެގުމަށް ހަމަޖެހިފައިވާ ކޯޑިނޭޓަރުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަ ރަށެއްގައެވެ.

Ad
rt

މިކަމާއި ގުޅިގެން އެ ކުންފުނިން ކޮށްފައިވާ އިޢުލާނުގައި މި މަޤާމަތަކަށް ހޮވޭ ފަރާތްތަކުން ވަޒީފާގެ ގޮތުން ކުރަން ޖެހޭނެ މަސައްކަތް ތަކުގެ ގޮތުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތައް އެންމެ ފުރިހަމަ ކަމާއެކު ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ކުންފުނިން އަންގާގޮތެއްމަތިން އެ ކަންކަން ރާވާ ހިންގުން.
  • ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތަކަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތުގެ މަތިން މަސައްކަތްތަކަށް ބޭނުންވާ ތަކެތި ކުންފުންޏާއި ގުޅިގެން އެކަކެތި ބޭނުންވާ ވަގުތަށް ގެނެސް ސްޓޮކް ބެލެހެއްޓުން.
  • ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތައް މިކުންފުނިން ފޮނުވާތަކެއްޗާއި ހަވާލުވުމާއި އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ކުންފުނީގެ ފަރާތުން، އަތޮޅުތަކާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި މަސައްކަތްތަކަށް ކުންފުނިން ފޮނުވާތަކެތި، ކުންފުނީގެ އިދުޝާދާ އެއްގޮތަށް، ފޮނުވަންޖެހޭ އަތޮޅުތަކަށާއި ރަށްރަށަށް އެތަކެތި ފޮނުވުމާއި ފޮނުވާފަރާތަށް އެތަކެތި ލިބުނުކަން ޔަގީން ކުރުން.
  • ކުންފުނިން ފޮނުވާ އެންމެހާ ތަކެތީގެ ރިކޯޑް ބެލެހެއްޓުން
  • ކުންފުނިން ފޮނުވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި ކުންފުނިން އަންގާ ގަވާއިދެއްގެ މަތިން ސްޓޮކް ރިޕޯޓް ކުންފުންޏަށް ފޮނުވުން.
  • ކުންފުނީގެ ތަންތަނާއި މުދަލާއި ތަކެތި ނުވަތަ ކުންފުނީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނާއި މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ކުންފުނީގެ މަސައްކަތަށް ބޭނުންވާ ތަކެތި ހަމަޖެފައިވާ ޤަވާއިދުގެ މަތިން އެތަކެތި ބޭނުންވާ ވަގުތަށް ހޯދާ ރެކޯޑުކޮށް ބެލެހެއްޓުން.
  • މި ކުންފުނީގެ ފަރާތުން ހިންގާ ކޮންޓްރެކްޓް ފާމިންގެ މަސައްކަތްތާއި އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  • ކުންފުނީގެ ލާބައާއި މަންފާއަށް ހުރިހާ މުވައްޒަފުން ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން.

ވަޒީފާއަށް މީހުން ނެގުމުގައި ބަލާނެ ކަނަތައްތަކުގެ ގޮތުގައި ހިމަނާފައިވަނީ މަސައްކަތް ކުރަންޖެހޭ ރަށުގައި ޤާއިމްވެ ހުންނަ މީހަކަށް ވުމާއި، މަސައްކަތުގައި ގިނަވަގުތު އުޅެވޭ އަދި ތަކެތި އުފުއްލާ އުޅޭވޭ މީހަކަށް ވުމުގެ އިތުރުން ދިވެހިބަހާއި އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގުމާއި، ކޮންޕިއުޓަރ ބޭނުން ކުރަން އެނގުމުގެ އިތުރުން އެކަނި އަދި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމާއި އަދި ކަނޑައެޅިފައިވާ ގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން ހިމެނެއެވެ.

ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން info@agronational.mv ސިޓީ ފޮނުއްވުމަށާއި، ސިޓީއާއި އެކު ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން ހުށަހެޅުމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.