ފުވައްމުލަށް ސިޓީ ހުޅަނގުފަރާތުގައި ހުރި ނެރުތައް ބަންދު ކުރުމަށް ގޮވާލައި، ފުވައްމުލަކު ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މިއަދު ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ ފުވައްމުލަކު ހުޅަނގުފަރާތުގައި ހުރި ނެރުތައް ބަންދުކުރުމާއި ގުޅޭ ގޮތުން "ވަން ފުވައްމުލައް" ޖަމިއްޔާއިން ކުރިއަށްގެންދިޔަ ޕެޓިޝަން މިއަދު ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށެވެ.

Ad
rt

މިޕެޓިޝަން ފުވައްމުލަކު ސިޓީ ކައުންސިލުން ހަވާލުވީ އެ ސިޓީގެ މޭޔަރ އަބްދުﷲ ފަލާހު ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި ޕެޓިޝަން ކައުންސިލާއި ހަވާކުރީ ދާދި ފަހުން މާނޭރު ނެރުގެ މޫދަށްނިޔާވި އަހްމަދު ފައުޒަންގެ އެންމެ ގާތް ދެ ރަހްމަތްތެރިން ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕެޓިޝަން ހުށަހަޅާފައި ވަނީ އެއް ދުވަސް ތެރޭގައި ހޯދި 2132 ސޮޔާއެކުގައެވެ.

ފުވައްމުލަކު ހުޅަނގުފަރާތުގައި ހުރި ނެރުތައް ބަންދުކުރުމާއި ގުޅޭ ގޮތުން "ވަން ފުވައްމުލައް" ޖަމިއްޔާއިން ފުވައްމުލަކު ސިޓީ ކައުންސިލަށް ޕެޓިޝަން ހުށަހަޅާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު މާނޭރޭ ސަރަހައްދަށް މޫދަށް އެރިއުޅުނު ކުޑަ ދެ އަންހެން ކުދިން ނެރާ ދިމާލުން އޮޔާ ބޭރަށް ދަމައިގަތުމުން ސަލާމަތް ކުރަން ދިޔަ އުމުރުން 17 އަހަރުގެ އަހުމަދު ފައުޒަން ވަނީ އެކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ނިޔާވެފައެވެ.

ހޮނިހިރިދުވަހު ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ކުއްޖަލު ގެއްލިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވާކަމަށް ފުލުހުން ބުނީ އެދުވަހުގެ ހަވީރު 16:47 ހާއިރު ކަމަށެވެ. މިގޮތުން ގެއްލުނު ފައުޒަން ހޯދުމުގެ މަސައްކަތް ކުރަނިކޮށް، ފެނުނީ މޫދު އަޑިން 5:50 ހާއިރުއެވެ.

ފައުޒަން ނިޔާވީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.