މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,843 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 90 ވަނަ ޞަފްޙާ

ރާއްޖެ އަށް ޑްރަގް އެތެރެކުރަން އުޅުނު ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކޮށްފި

ރާއްޖެ އަށް ޑްރަގް އެތެރެކުރަން އުޅުނު ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކޮށްފި

ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަންގްލަދޭޝްގެ ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި އެޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 40 އަހަރުގެ ޝިފުލް އާއި 32 އަހަރުގެ ސަޖިބް އެވެ. މި ދެމީހުންނަކީ މަސްތުވާތަކެއްޗާއި މަނާބޭސް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެމީހުންނެވެ. ފުލ...

ޔުމްނާ ޢަލީ
ޑްރަގް ނައްތާލުމުގެ މަސައްކަތް ބެލުމަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް

ޑްރަގް ނައްތާލުމުގެ މަސައްކަތް ބެލުމަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް، އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހުޅުވާލައިފިއެވެ. މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ...

ޝިއުނާ އާދަމް
ފުނަގަސްތައް ނަގަން ޖެހޭތީ ވިލިމާލޭގައި ބޯހިޔާވަހިކަމުގެ ޓަވަރެއް އަޅާ ބިން ބަދަލުކުރަން ނިންމައިފި

ފުނަގަސްތައް ނަގަން ޖެހޭތީ ވިލިމާލޭގައި ބޯހިޔާވަހިކަމުގެ ޓަވަރެއް އަޅާ ބިން ބަދަލުކުރަން ނިންމައިފި

ވިލިމާލޭގައި ބޯހިޔާވަހިކަމަށް އިމާރާތްކުރާ 300 ފުލެޓު މަޝްރޫޢުގެ ދަށުން ހިމެނޭ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު، އެ ސަރަހައްދުގައި ހުރި ބޮޑެތި ފުނަގަސްތަކަށް ގެއްލުން ނުވާނެހެން އެހެން ތަނަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބުދުﷲ މުއްތަލިބެވެ. މިނިސްޓަރު މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވަނީ ބޮޑެތި ފުނ...

ޔުމްނާ ޢަލީ
"ބޮޑު ބަދަލު" އާއިއެކު 2028 އަށް ކުރިމަތިލައިފިނަމަ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވާނެ: ޝަމްހީދު

"ބޮޑު ބަދަލު" އާއިއެކު 2028 އަށް ކުރިމަތިލައިފިނަމަ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވާނެ: ޝަމްހީދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޢިއުލާން ކުރަށްވާފައިވާ “ބޮޑު ބަދަލު” އާއިއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައިފިނަމަ، އެމްޑީޕީ އަށް އަންނަ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ”އިއްޔެ ހިތުޖެހުނު ލައްކަ ބ...

އަލީ އާދިލް
ސަޢުދީން ހަދިޔާކުރި 50 ޓަނު ކަދުރު ބަހަން ފަށައިފި

ސަޢުދީން ހަދިޔާކުރި 50 ޓަނު ކަދުރު ބަހަން ފަށައިފި

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްދަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މިގޮތުން މިއަދުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށް ކަދުރު ބެހުމުގެ އިންތިޒ...

ޔުމްނާ ޢަލީ
މިލަންދޫ އަށް ޑްރަގް އެތެރެކުރި މީހަކު ހައްޔަރުކޮށްފި

މިލަންދޫ އަށް ޑްރަގް އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ފެޝަން، ޙަސަން ފަޔާޟް (40އ) އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ހދ. ކުޅުދުއްފުށިން މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި އެޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. ޙަސަން ފަޔާޟް ހައްޔަރުކޮށްފައިވަނީ މިލަންދޫ ބަ...

ޔުމްނާ ޢަލީ
އާޒިމަށް ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން: ފުލުހުން

އާޒިމަށް ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން: ފުލުހުން

މާލޭގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން އަންނަކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ްއެ މައްްސަލައާއި ގުޅިގެން ބައެއް ނޫސްވެރިން ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުތަކަށް ޖަވާބުދެމުން ފުލުހުން މިއަދު ބުނީ، 24 އޭޕްރީލް 2026 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން މޭޔަރަށް ހަމަލާދޭން އުޅުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މި ހާދިސާ […]

ޔުމްނާ ޢަލީ
'އުފަކާރަ' ތަމްރީން ނިންމުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

'އުފަކާރަ' ތަމްރީން ނިންމުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މާލެ ސިޓީގައި ކުރިއަށްދިޔަ ‘އުފަކާރަ’ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިއްޔެ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ތަމްރީން ޕްރޮގްރާމެކެވެ. މާލޭގައި ކުރިއަށްދިޔަ މި ފަހަރުގެ ތަމްރީން ޕްރޮގްރާމް ޖުމްލަ 19 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. މި ރަސް...

ޝިއުނާ އާދަމް
ނަތަންޔާހޫގެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި އިޒްރޭލުގައި ބޮޑެތި މުޒާހަރާތަކެއް

ނަތަންޔާހޫގެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި އިޒްރޭލުގައި ބޮޑެތި މުޒާހަރާތަކެއް

ޖައްބާރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު އިސްތިއުފާ ދިނުމަށާއި، 7 އޮކްޓޫބަރު 2023 ގައި ހިނގާދިޔަ ހާދިސާތައް ތަހުގީގު ކުރުމަށް ރަސްމީ ކޮމިޝަނެއް އުފެއްދުމަށް ގޮވާލައި އިޒްރޭލުގެ ތެލް އަވީވް އާއި އެހެނިހެން ސިޓީތަކުގައި ބޮޑެތި މުޒާހަރާތަކެއް ހޮނިހިރު ދުވަހު ބާއްވައިފިއެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މުޒާހަރާތަކަކީ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ހާމަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކެކެވެ. ތެލް އަވީވް ހަބީމާ މައިދާނަކީ މި މުޒާހަރާތަކުގެ މައި މަރުކަޒ...

ނާޒިމާ އަލީ
''އާޒިމަށް ދިން ހަމަލައާ ސަރުކާރާ ގުޅުމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރާނެ''

''އާޒިމަށް ދިން ހަމަލައާ ސަރުކާރާ ގުޅުމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރާނެ''

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން މަސައްކަތްކުރި ހާދިސާއަކީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ސަރުކާރުން އިއްޔެ ދީފިއެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ....

ޔުމްނާ ޢަލީ
ވެރިކަން ލިބުމުން އެމްޑީޕީން ތިބެނީ ފިނިކޮޓަރީގައި، ރައީސް މުޢިއްޒު ވަޑައިގަތީ ރައްޔިތުންގެ ގާތަށް: ޝަރީފް

ވެރިކަން ލިބުމުން އެމްޑީޕީން ތިބެނީ ފިނިކޮޓަރީގައި، ރައީސް މުޢިއްޒު ވަޑައިގަތީ ރައްޔިތުންގެ ގާތަށް: ޝަރީފް

ވެރިކަން ލިބުމުން އެމްޑީޕީން ތިބެނީ ފިނިކޮޓަރީގައި ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތީ ރައްޔިތުންގެ ގާތަށް ކަމަށް ކެލާ ދާއިރާގެ މެންބަރު ޢަބުދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ސަރުކާރު ހިންގާ ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހުންނަ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ. ލޯކަލް ކައުނ...

ޔުމްނާ ޢަލީ
ސިނާން ޓިކެޓް ކަށަވަރުކޮށްފި

ސިނާން ޓިކެޓް ކަށަވަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން އެ ޕާޓީން މިއަދު ބޭއްވި ޕްރައިމަރީގައި ކުރި ހޯދައި، އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ޓިކެޓް ކަށަވަރުކޮށްފިއެވެ. މިއަދު ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވީ ސިނާން އާއި ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ. މިއަދުގެ ޕްރައިމަރީގައި ސިނާނަށް 226 ވޯޓު ލިބިފައިވާއިރު، އޭނާ...

ޔުމްނާ ޢަލީ
ޗައިނާގެ އެހީގައި މާލޭގައި 500 ފްލެޓް އަޅަން އެއްބަސްވުމެއް

ޗައިނާގެ އެހީގައި މާލޭގައި 500 ފްލެޓް އަޅަން އެއްބަސްވުމެއް

މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ހައުސިން މިނިސްޓްރީން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ “ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް” ކޮންފަރެންސްގެ ހަވާސާގައި ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާ 500 ހައުސިންގ ޔުނިޓަކީ ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަ...

ޔުމްނާ ޢަލީ
''ދިއްދޫ ރައްޔިތަކު މީސްމީޑިއާގައި އާންމުކުރި ސިޓީގައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައިދޭނެ''

''ދިއްދޫ ރައްޔިތަކު މީސްމީޑިއާގައި އާންމުކުރި ސިޓީގައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައިދޭނެ''

ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބުނު ކާރުތައް ރަޖިސްޓްރީ ނުކުރެވި ލަސްވާތީ ދިމާވާ ދަތިތަކާ ގުޅިގެން ހއ. ދިއްދޫ ރައްޔިތަކު މީސްމީޑިއާގައި އާންމުކުރި ސިޓީގައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަށްވާނެކަމުގެ ޔަގީންކަން އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފިއެވެ. ހއ. ދިއްދޫ، މުތީގެ، އާދަމް ސަލީމް މީސްމީޑިއާގެ ”އެކްސް” މެދުވެރިކޮށް ވަޒީރު ސައީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ، ޓެކްސީ ނަފާ ލޯނ...

ޔުމްނާ ޢަލީ
ކުނިވެފައި ހުރި ލޭ ނޭޅޭކަން ޞިއްޙީ ގޮތުން ބަލާއިރު ޔަގީން ކުރެވޭ: ބްލަޑް ސާވިސަސް

ކުނިވެފައި ހުރި ލޭ ނޭޅޭކަން ޞިއްޙީ ގޮތުން ބަލާއިރު ޔަގީން ކުރެވޭ: ބްލަޑް ސާވިސަސް

އޭޕްރިލް 20 ވަނަ ދުވަހު ތެލެސީމިއާ ކުދިންގެ ގަޔަށް އަޅާފައިވާ ލެޔަކީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިވާ ލޭ ނޫންކަން ސިއްހީ ގޮތުން ބަލާއިރު ޔަގީން ކުރެވޭކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމް.ބީ.އެސް) އިން ރޭ ބުނެފިއެވެ. މިދިޔަ ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރުގައި ތިން މީހެއްގެ ގަޔަށް ލޭ އެޅުމުގައި ދިމާވި މި ހާދިސާއާ ގުޅިގެން އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ލޭ ރައްކާކުރާ ދެ ނަމްބަރު އައިސް އަލަމާރިއަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން […]

ޔުމްނާ ޢަލީ