ރ. ދުވާފާރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 28 ވާ އާދިއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މި ހަމަލާގައި އަނިޔާވި ބިދޭސީ މީހާއަށް މިހާރު ދަނީ ދުވާފާރު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ. މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް ނުވަތަ މިކަމާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި […]
ޝިއުނާ އާދަމް
ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ކުޅުދުއްފުށީ ސިޓީ އަށް މިއަދު ވަޑައިގަންނަވައިފިއެވެ. ސައިޚް ކުޅުދުއްފުށީ ސިޓީ އަށް މިއަދު ވަޑައިގެންނެވުމުން އެއާޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ސައިޚަށް މަރުޙަބާ ކިޔުމަށް އިސްކޮށް ހުންނެވީ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ޢަބްދުالله (ރޯޒޭ) އެވެ. ސައިޚްގެ މި ދަތުރުގައި މިރޭ ކުޅުދުއްފުށީ ސިޓީގައި ދަރުސް ދެއްވާނެއެވެ. މި ދަރުސް އޮންނާނީ މިރޭ 20:30 ގައި އެ ސިޓީގައި […]
ޔުމްނާ ޢަލީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ އަޒްވަރު މިއަދު އައްޔަނުކޮށްފިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ބުނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ. ފޭދޫ / ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ. ޑރ. އަޒްވަރު މިހާތަނަށް ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑ...
ޔުމްނާ ޢަލީ
ސަރުކާރުގެ ޚަރަދުކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ މަގާމުތައް މަދުކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ އެމަނިކުފާނު ވަރަށް ސާފުކޮށް ވިދާޅުވަމުން އަންނަ ވާހަކައެއް ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ސައިޒު ކުޑަކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅަކީ މިނިސްޓްރީތަކުގެ އަދަދ...
އަލީ އާދިލް
“އަދަދު” ނޫހުގެ ފޭސްބުކް އެކައުންޓުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކުރުމަށްފަހު، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ހިފަހައްޓައި އޭނާ ފުރުން މަނާކޮށްފިއެވެ. ފިޔާޒްގެ ޕާސްޕޯޓް ހިފަހައްޓައި އިމިގްރޭޝަންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، މި ފިޔަވަޅު އެޅީ ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރިއަށްދާތީ ކަމަށެވެ. ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ...
ޔުމްނާ ޢަލީ
ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ މިންތީގެ ހަމަހަމަކަމުގެ އިތުރުން، އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ 2026 އިން 2028 އަށް ޢައްޔަންކުރެއްވި “މޯލްޑިވްސް ވިމެން އިން ޕޮލިސިންގ” ކޮމިޓީ އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރ...
ޔުމްނާ ޢަލީ
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ތާއީދު އޮތްކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ތިއްބަވަނީ 12 މެންބަރުންނެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕީޖީ ގްރޫޕުގެ 10 މެންބަރަކު ބައިވެރިވެވަޑައިގެން، މީކާއީލަށް ތާއީދުކުރާކަން ރަސްމީކޮށް ވަނީ އިއުލާންކުރައްވާފައެވެ. ނޫސްވެރިންގެ ބައްދަލު...
އަލީ އާދިލް
”އަދަދު” ނޫހުގެ ފޭސްބުކް އެކައުންޓުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި، ފުލުހުން މިރޭ އެ ނޫހުގެ އޮފީހަށް ވަދެ ބަލާފާސްކުރަން ފަށައިފިއެވެ. ފުލުހުން ބުނީ އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރަމުން އަންނަކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އަދަދު ނޫހުގެ ފޭސްބުކް ޕޭޖުން ”އައިޝާ”ގެ ނަމުގައި ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. އެ ޑޮކިއުމެންޓަރީ އަކީ ނަން ހާމަނުކުރާ މީހަކު ދިން އި...
އަލީ އާދިލް
މާލޭގެ ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ދަޢުވާކުރަން ފޮނުވާފައިވަނީ ލ. މާބައިދޫ / ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) ގެ މައްޗަށެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، 2026 މާރިޗު 18 ވަނަ ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން،...
ޔުމްނާ ޢަލީ
ރާއްޖޭގައި ބުލީކުރުން ހުއްޓުވުމަށްޓަކައި ‘އެންޓި-ބުލީއިންގ’ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މި ގާނޫނުގެ ދަށުން ބުލީކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައެޅިގެންދާނެއެވެ. އަދި ބުލީކުރުމާއި ފުރައްސާރަކުރުމުގެ ތަފްސީލީ މާނަކުރުންތަކާއި، އެކަން ހުއްޓުވާނޭ ގޮތްތަކުގެ އިތުރ...
ޔުމްނާ ޢަލީ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން ޢައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، މުޙައްމަދު އަފީފު ހުސެއިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ 27 އެޕްރިލް 2026 ވަނަ ދުވަހުން ފެށިގެންނެވެ. އަފީފް އެންމެފަ ހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފ...
ޔުމްނާ ޢަލީ
މާލޭގެ ގެއެއްގައި ޒުވާން އަންހެނަކު މަރާލި މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށް ކުރާ ދައުވާގައި, މަރާލުމުގައި ބޭނުންކުރި ވަޅިތަކާއި ލައިގެން ތިބި އަންނައުނުތައް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ގެންގޮސް ދައްކައިފި އެވެ. އޮގަސްޓް، 2022 ގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދަށް ބޮޑެތި އަނިޔާތަކެއް ދީގެން އޭނާ މަރާލި ކަމަށް ބުނެ ސާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އޮތީ ސިއްރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ބުނީ އެ […]
ހުސައިން ހަބީބް
ލ. ގަމުގައި ތަރައްޤީކުރަން ނިންމާފައިވާ ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލުގެ އިތުރުން، މާލޭ ސަރަހައްދުގައި ވެސް ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ނިންމެވި ނިނ...
ޔުމްނާ ޢަލީ
21 ދުވަހުގެ ތެރޭގައި ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކައި، 6 މަސް ތެރޭ ދިވެހި ކުންފުނިތަކުގެ ބިލުތަކަށް 3.3 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގައުމުގެ އިގްތިސޯދީ ހާލަތާއި ދަރަނި އަދާކުރުމުގެ މަސައްކަތްތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ފާއިތުވި 21 ދުވަހުގެ ތެރޭގައި ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ވަނީ...
ޔުމްނާ ޢަލީ
ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ޚަބަރެއް ނުވެގެން ބެލިއިރު، އެމީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ސޯސަންގޭ، އިބްރާހީމް ޔޫސުފުފުޅު (55އ) އެވެ. ފުލުހުން ބުނި ގޮތުގައި، އެމީހާގެ ޚަބަރެއް ނުވެ ދެ ދުވަސް ވެފައިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން، އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ވަދެފައިވަނީ 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ 21:53 އެހައިކަންހާއިރުއެވެ. އެމީހާ ފެނުނު އިރު އޮތީ ނިޔާވެފައި […]
ޔުމްނާ ޢަލީ