މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް" ކޮންފަރެންސްގެ ހަވާސާގައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރާ 500 ހައުސިންގ ޔުނިޓަކީ ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ދޭ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށް ވެސް އެ މިނިސްޓްރީން ވުންޏެވެ.
މި މަޝްރޫޢަށް ބޭނުންވާ ފައިސާ ޗައިނާއިން ހަމަޖައްސައިދެނީ އެއްވެސް އިންޓްރެސްޓަކާ ނުލައި ދޭ ހިލޭ އެހީގެ ގޮތުގައެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠޮއާމް މުޙައްމަދު އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު، ޗައިނާގެ އެހީގައި ރާއްޖޭގައި ހިންގާ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްގެންދިޔުމާ ގުޅޭގޮތުން ދެޤައުމުގެ އިސް ބޭފުޅުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!