މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,843 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 91 ވަނަ ޞަފްޙާ

''ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށް އިޙްތިރާމްކޮށް، ދޭންވީ ހިތްވަރުގެ މެސެޖުތައް''

''ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށް އިޙްތިރާމްކޮށް، ދޭންވީ ހިތްވަރުގެ މެސެޖުތައް''

ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާ ގުޅިގެން، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށް އޯގާތެރިކަމާއި ހިތްވަރު ދިނުމަށް ސިއްހަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީތެރިކަމާބެހޭ ވުޒާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ. އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަފްސާނީ ދުޅަހެޔޮކަމަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ޤަބޫލުކޮށް، އެ ދާއިރާއިން ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގ...

ޔުމްނާ ޢަލީ
އިންޑިއާ އަށް 400 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފި

އިންޑިއާ އަށް 400 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފި

އިންޑިއާގެ ރިޒާވް ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ލޯނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައްކާ ޚަލާސްކޮށްފިއެވެ. މި ލޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުން ދޫކުރި ލޯނެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ބޮޑު އެއްބާރުލުމެއް ދީފައެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާއިން […]

ޔުމްނާ ޢަލީ
ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫގެ ފުރަތަމަ މެޗުން ހޯދި މޮޅާއެކު ފައިނަލް ކަށަވަރުވެއްޖެ

ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫގެ ފުރަތަމަ މެޗުން ހޯދި މޮޅާއެކު ފައިނަލް ކަށަވަރުވެއްޖެ

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ދެވަނަ މެޗުގައި ކުޅުދުއްފުށީ ސިޓީގެ މައްޗަށް ހަނިމާދޫ މިއަދު ކުރި ހޯދައިފިއެވެ. މިއަދުގެ މެޗުގައި ހަނިމާދޫ މޮޅުވީ 3-0 އިންނެވެ. މި ނަތީޖާއާއެކު ކުޅުދުއްފުށީ ސިޓީ ކުޅުނު ދެމެޗުން ބަލިވުމުން އެ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ. މި މޮޅާއެކު މުބާރާތުގެ އެއްމެޗު ބާކީ އޮއްވާ ހަނިމާދޫ އަށް […]

ޔުމްނާ ޢަލީ
ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި

ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ. ޖާބިރު ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން އޭނާ ވަނީ ބައެއް މީޑިއާތަކަށް މިހާރު ކަށަވަރުކޮށްދެއްވާފައެވެ. އަބްދުﷲ ޖާބިރަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އިތުރުން ވިޔަފާރީގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރާއި، ނިމިދިޔަ 19 ވަނަ ދައުރުގައި މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. ސިޔާސީ ގޮ...

އަލީ އާދިލް
އީރާނުގެ ވެރިކަމާދެކޮޅު އަރުވާލެވިގެންއުޅޭ ވަލީއަހުދުގެ ގަޔަށް ޖަރުމަނުގައި ޓޮމާޓޯ ކެޗަޕް ޖަހައިފި

އީރާނުގެ ވެރިކަމާދެކޮޅު އަރުވާލެވިގެންއުޅޭ ވަލީއަހުދުގެ ގަޔަށް ޖަރުމަނުގައި ޓޮމާޓޯ ކެޗަޕް ޖަހައިފި

ޖަރުމަނުގެ ބާލިންގައި، އީރާނުގެ އެންމެ ފަހުގެ ރަސްގެފާނުގެ ދަރިކަލުން، އަދި އަރުވާލެވިގެން ހުންނެވި ވަލީއަހުދު ރިޒާ ޕަހްލަވީގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ރަތް ކުލައިގެ އެއްޗެއް (ޓޮމާޓޯ ކެޗަޕް) އުކައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު، 23 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ ކުރީކޮޅު، ޕަހްލަވީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު އެ ސަރަހައްދުން ނުކުމެވަޑައިގަންނަވަނިކޮށެވެ. ޕަހްލަވީ ފެޑަރަލް ޕްރެސް ކޮންފަރެންސް (ބީޕީކޭ) އިމާރާތުން ނުކުމެވަޑައިގަންނަވަނިކޮށް، ނަން ހާމަނުކުރާ މީހަކު ވަ...

ނާޒިމާ އަލީ
''އޭއައިގެ ތަރައްޤީގައި އަންހެން ކުދިން ޝާމިލުވުން މުޖުތަމަޢުގެ ހަމަހަމަކަމަށްޓަކައި ވެސް މުހިއްމު''

''އޭއައިގެ ތަރައްޤީގައި އަންހެން ކުދިން ޝާމިލުވުން މުޖުތަމަޢުގެ ހަމަހަމަކަމަށްޓަކައި ވެސް މުހިއްމު''

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތަރައްޤީގައި އަންހެން ކުދިން ޝާމިލުވުމަކީ މުޖުތަމަޢުގެ ހަމަހަމަކަމަށްޓަކައިވެސް މުހިއްމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “އިންޓަރނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ” ގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. މި އަހަރުގެ ޝިޢާރުކަމުގައިވާ “އޭއައި ފޯރ ޑިވެލޮޕްމަންޓް: ގާރލްސް ޝޭޕިންގ ދަ ޑިޖިޓަލް ފިއުޗަރ” ގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އޭއައިގެ ތަރައްޤީގައި އަންހެން ކު...

އަލީ އާދިލް
އެމެރިކާ އިޒްރޭލަށް: އީރާނާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ގުނާނީ އާދީއްތަ ދުވަހާ ހަމައަށް

އެމެރިކާ އިޒްރޭލަށް: އީރާނާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ގުނާނީ އާދީއްތަ ދުވަހާ ހަމައަށް

އީރާނާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އާދީއްތަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަން އެމެރިކާއިން އިސްރާއީލަށް އަންގާފައިވާ ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެފިއެވެ. މި ނިންމުން ނިންމާފައި ވަނީ މަޝްވަރާތަކުން ނަތީޖާއެއް ނުކުމެދާނެތޯ އުފެދިފައިވާ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް އާ ސުންގަޑިއެއް އަދި އިޢުލާނެއް ނުކުރެއެވެ. ނަމަވެސް، ފާއިތުވި ހަފުތާތަކުގައި އޭނާ ވަނީ ހަނގުރާމަ ހުއްޓާލުމަށް އެކި ތާރީޚުތައް ކަނޑައަޅައި، ތަކުރާރުކޮށް އެ ތާރީޚ...

ޔުމްނާ ޢަލީ
ތިލަމާލެ ބްރިޖުގެ 72 އިންސައްތަ ވަނީ ނިމިފައި، އަމާޒަކީ 2027 ގައި ހުޅުވުން: މުއްތަލިބު

ތިލަމާލެ ބްރިޖުގެ 72 އިންސައްތަ ވަނީ ނިމިފައި، އަމާޒަކީ 2027 ގައި ހުޅުވުން: މުއްތަލިބު

މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖު މަޝްރޫޢުގެ 72 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބުދުﷲ މުއްތަލިބު ވިދާޅުވީ، އެ ބްރިޖުގެ 72 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަަމަށެވެ. މިވަގުތު ކުރިއަށް ދަނީ ސެގްމެންޓް ކާސްޓްކުރުމާއި، ތަނބުތައް ގުޅުވާލުމުގެ މަސައްކަތް ކަމަށ...

ޔުމްނާ ޢަލީ
ވީސާ ފީ ނުދައްކާ އުޅޭ ބިދޭސީން ފެނިއްޖެނަމަ ވަގުތުން ޑީޕޯޓްކޮށްލަނީ

ވީސާ ފީ ނުދައްކާ އުޅޭ ބިދޭސީން ފެނިއްޖެނަމަ ވަގުތުން ޑީޕޯޓްކޮށްލަނީ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “ކުރަނގި އޮޕަރޭޝަން” ގެ ތިންވަނަ ފިޔަވަހި އަންނަ މޭ މަހުގެ ދެވަނަ ދުވަހު ފަށާނެކަމަށާއި އަދި މި އޮޕަރޭޝަންގެ ތެރެއިން ވިސާ ފީ ނުދައްކާ އުޅޭ ބިދޭސީއަކު ފެނިއްޖެ ނަމަ، އެ މީހަކު ވަގުތުން ހައްޔަރުކޮށް ޑީޕޯޓްކޮށްލާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވި...

ޔުމްނާ ޢަލީ
ރަސްމާލެ މަޝްރޫޢު: 504 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލެ މަޝްރޫޢު: 504 ހެކްޓަރުގެ ބިން ހިއްކައިފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހިއްކަމުންދާ ރަސްމާލޭގެ 50 އިންސައްތަ ބިން ހިއްކާ ނިމިފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބުދުﷲ މުއްތަލިބު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 50 އިއްސަތަ ހިއްކާ ނިންމާލެވިފައިވާ ކަމަށެވެ. އަދި އެއީ...

ޔުމްނާ ޢަލީ
ފުރުސަތުދިންނަމަ އެމްޑީޕީގެ މެންބަރޝިޕް 60،000 އަށް އެރުވޭނެ: ފައްޔާޟު

ފުރުސަތުދިންނަމަ އެމްޑީޕީގެ މެންބަރޝިޕް 60،000 އަށް އެރުވޭނެ: ފައްޔާޟު

ފުރުސަތުދިންނަމަ އެމްޑީޕީގެ މެންބަރޝިޕް 60،000 އަށް އެރުވޭނެކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޟު ވިދާޅުވީ، އިއްޔެ 44،000 މެމްބަރުން އެމްޑީޕީގައި ތިއްބާ މިއަދު އެ އަދަދު 50،000 އަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ”ވިސްނުންތެރިކަމާއެކު ފުރުސަތު ދީގެން މިކަން ކުރިނަމަ” ޕާޓީގެ މެންބަރޝިޕް 60،000 އަށް އެރުވޭނެ ފުރުސަތު މ...

ޝިއުނާ އާދަމް
މި އަހަރުގެ މިހާތަނަށް 74 މިލިއަން ރުފިޔާގެ ޑްރަގް އަތުލެވިފައިވޭ: އިހްސާން

މި އަހަރުގެ މިހާތަނަށް 74 މިލިއަން ރުފިޔާގެ ޑްރަގް އަތުލެވިފައިވޭ: އިހްސާން

މި އަހަރުގެ މިހާތަނަށް 89 ކިލޯގެ މަސްތުވާތަކެތި އަތުލެވިފައިވާއިރު، އެ ތަކެތީގެ މަގުމަތީގެ އަގު 74.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ހިންގި އެކި އޮޕަރޭޝަންތަކުގައި 89 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި މާޗު މަހުގެ 5 ވަނަ ދުވަހުން ފެށި...

ޔުމްނާ ޢަލީ
''ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ޤުރްއާނަށް އޮތް ލޯތްބާއި މަތިވެރި ޤަދަރު''

''ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ޤުރްއާނަށް އޮތް ލޯތްބާއި މަތިވެރި ޤަދަރު''

ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ކީރިތި ޤުރްއާނަށް އޮތް ލޯތްބާއި މަތިވެރި ޤަދަރާއި އިހްތިރާމް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޤުރްއާން މުބާރާތްތަކަކީ ހަމައެ...

ޔުމްނާ ޢަލީ
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ޖޫން 12 ގައި، ކުރިމަތިލުމުގެ ފުތުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ޖޫން 12 ގައި، ކުރިމަތިލުމުގެ ފުތުސަތު ހުޅުވާލައިފި

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެ ޕާޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އެމްޑީޕީން ބުނި ގޮތުގައި ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އެމްޑީޕީގެ […]

އަލީ އާދިލް
ކުށްތަކުން ރައްކާތެރިކުރުމަށް ކޮމަންޑޫގައި ފުލުހުންގެ ހާއްސަ މަސައްކަތްތަކެއް

ކުށްތަކުން ރައްކާތެރިކުރުމަށް ކޮމަންޑޫގައި ފުލުހުންގެ ހާއްސަ މަސައްކަތްތަކެއް

ކުށްތަކުން ރައްކާތެރިކުރުމަށް ރައްޔިތުންނާ ގާތުން ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ށ. ކޮމަންޑޫގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ކުށްމަދުކުރުމަށާއި ކުށްތަކުން ރައްކާތެރި...

ޔުމްނާ ޢަލީ