މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,863 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 840 ވަނަ ޞަފްޙާ

މާދަމާއިން ފެށިގެން އެޕޮއިންޓަމްންޓް ނުހައްދާ، އެސްޓަރަޒެނެކާ ވެކްސިން ޖެހޭނެ

މާދަމާއިން ފެށިގެން އެޕޮއިންޓަމްންޓް ނުހައްދާ، އެސްޓަރަޒެނެކާ ވެކްސިން ޖެހޭނެ

މާދަމާއިން ފެށިގެން އެޕޮއިންޓަމްންޓް ނުހައްދާ އެސްޓަރަޒެނެކާ ވެކްސިން ޖަހަން ހުޅުވާލައިފިއެވެ. އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ މާލެ ސަރަހައްދުން އެސްޓްރަޒެނެކާ ވެކްސިން ޖަހާ ހުރިހާ ސެންޓަރަކުން ވެސް މާދަމާއިން ފެށިގެން އެޕޮއިންޓަމްނަޓް ނުހައްދާ ގޮސް ވެކްސިން ޖެހޭނެ ކަމަށެވެ. އެކަމަކު އެޕޮއިންޓްމަންޓް ހަމަޖައްސާފައި ތިބި މީހުންނަށް އެ އުސޫލުގެ ތެރެއިން ވެކްސިން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެއެވެ. އެޗްޕީއޭއިން މިގޮތަށް އިއުލާންކުރި އިރު އެސްޓަރަޒެނެކާ ވެކްސިން ޖެހުން ކުރިއަށްގެން...

ޝިއުނާ އާދަމް
ރިލްވާންގެ މަރު: ހެކިން ހެކިބަސްދޭން ޖެހިލުންވޭ

ރިލްވާންގެ މަރު: ހެކިން ހެކިބަސްދޭން ޖެހިލުންވޭ

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލާގެ މައުލޫމާތު އެނގޭ މީހުން ވެސް ހެކިބަސްދޭން ޖެހިލުންވާ ކަމަށާއި، އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ. ރިލްވާންގެ މަރަށް 7 އަހަރު ފުރުމާ ދިމާކޮށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މައްސަލާގެ ތަހުގީގަށް ހުރަސްތަކެއް ހުރި ކަމަށެވެ. އޭގެ ތެ...

ޝިއުނާ އާދަމް
ބޭނުންވަނީ އެކަކު އަނެކަކަށް އިހުތިރާމާއި ލޯތްބާއެކު މުއާމަލާތް ކުރާ ބައެއް: ރައީސް

ބޭނުންވަނީ އެކަކު އަނެކަކަށް އިހުތިރާމާއި ލޯތްބާއެކު މުއާމަލާތް ކުރާ ބައެއް: ރައީސް

ދިވެހި މުޖުތަމައުއަށް ބޭނުންވަނީ އެކަކު އަނެކަކަށް އިހުތިރާމާއި ލޯތްބާއެކު މުއާމަލާތް ކުރާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ މި ކުޑަކުޑަ ދިވެހި މުޖުތަމައު އަށް ބޭނުންވަނީ، އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު މުޢާމަލާތުކުރާ، އިންސާފާއި ހައްގަށް މަސައްކަތްކުރާ، ބޭއިންސާފާއި ބާތިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއް ކަމަށެވެ. ހިޖްރައިގެ މަތިވެރި ހާދިސާ ގޮވައިލަނީ،...

ޝިއުނާ އާދަމް
އެއްވެސް ފިލާވަޅެއް ނުގެއްލި ކިޔަވައި ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި: އެޑިއުކޭޝަން

އެއްވެސް ފިލާވަޅެއް ނުގެއްލި ކިޔަވައި ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި: އެޑިއުކޭޝަން

މި މަހުގެ 10 ވަނަ ދުވަހު އައު ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު، ދަރިވަރުންނަށް އެއްވެސް ފިލާވަޅެއް ނުގެއްލި ކިޔަވައި ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. ސުކޫލުތައް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވީ، ކިޔަވައިދޭން ބޭނުން ކުރެވޭ ދަރިވަރުންގެ ފޮތްތަކު...

އަޙްމަދު އަރުޝަމް
ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ޝަރުތުތަކެއް

ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ޝަރުތުތަކެއް

ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ހިދުމަތް ދިނުމާއި، މަސައްކަތުގެ މާހައުލަށް ނެރުމުގައި ޝަރުތުތަކެއް ކަނޑައެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ޖެހުމުގެ ޝަރިުތު ހަމަވާ މީހުންގެ ތެރެއިން އެއްވެސް ޑޯޒެއް ޖަހާފައި ނުވާ މީހުންނަށް އަންނަ މަހުން ފެށިގެން ބައެއް ހިދުމަތްތައް ލިބުމުގައާއި، މަސައްކަތަށް ނިކުތުމުގައި ޝަރުތުތަކެއް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި: ކެފޭ ރެސްޓޯރަންޓުތަކުން ހިދުމަތް ހޯދުމުގައި ވަކި ޝަރު...

ޝިއުނާ އާދަމް
މިނިވަން މުއައްސަސާތަކަށް އާންމުންގެ އިތުބާރު ހޯދަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ

މިނިވަން މުއައްސަސާތަކަށް އާންމުންގެ އިތުބާރު ހޯދަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ

މިނިވަން މުއައްސަސާތަކަށް އާންމުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ. ފެހި ގާނޫނު އަސާސީ އަށް 13 އަހަރު ފުރުން ފާހަގަކޮށް ރިއްފަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އަށް 13 އަހަރު ފުރޭ އިރު އައު ގާނޫނުއަސާސީން ކަށަވަރުކޮށްދެނީ ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއް ކަމަށެވެ. ރިއްފަތު ވިދާޅުވީ މިނިވަން މުއައްސަސާތަކަކީ ޑިމޮކްރަސީގެ އުސޫލުން ހިންގާ ގައުމަކަށް ވަރަށް މުހިންމު އެއް އަސާސް […]

ޝިއުނާ އާދަމް
ޑީއެންއޭ އިން ވެސް އަންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެނީ

ޑީއެންއޭ އިން ވެސް އަންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެނީ

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްވެ ހުންނަވާ އުފައްދާފައިވާ ސިޔާސީ ހަރަކާތް “ޑީއެންއޭ” އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވާ ކަމަށް ޑީއެންއޭއިން ބުނެފިއެވެ. ޑީއެންއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އިންޓަވިމް އެގްޒެކެޓިވް ކައުންސިލް (އެކްސްކޯ)ގެ 20 ވަނަ ބައްދަލުވުމުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ. ޑީއެންއޭގައި އިސްކޮށް އުޅުއްވާ އުމަރު ނަސީރު ވަނީ މީގެ ކުރިން ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް […]

ޝިއުނާ އާދަމް
ފުލުހުންގެ ޕްރޮޖެކްޓަކަށް އިންޑިއާއިން 600 މަސައްކަތްތެރިން

ފުލުހުންގެ ޕްރޮޖެކްޓަކަށް އިންޑިއާއިން 600 މަސައްކަތްތެރިން

އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފުލުހުންގެ ބޮޑު މަޝްރޫއަށް އެ ގައުމުގެ 600 އެއްހާ މީހުން ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާ، އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ ކުންފުނިން ބުނެފިއެވެ. އިންދިރާ ޕްރޮޮޖެކްޓްސްގެ ޗެއާމަން ބުޕޭޝް ނަގަރާޖަންއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން، އެ މަޝްރޫއަށް ރާއްޖެ ގެންނަނީ ޓެމިލްނާޑޫގެ 500 އެއްހާ މަސައްކަތު މީހުންނާއި 100 އެއްހާ އިންޖިނިއަރުންނެވެ. ބުޕޭޝް ވިދާޅުވީ މި މަޝްރޫގެ ދަށުން މަސައްކަތްކ...

ޝިއުނާ އާދަމް
ނައިބު ރައީސް ތިލަފުއްޓަށް ޒިޔާރަތް ކުރައްވައިފި

ނައިބު ރައީސް ތިލަފުއްޓަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެޗް.ޑީ.ސީ އިން ތިލަފުށީގައި ކުރަމުންދާ ބައެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް ތިލަފުއްޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ނައިބު ރައީސް ސިނާއީ ރަށް، ތިލަފުއްޓަށް ޒިޔާރަތް ކުރެއްވީ މިއަދު މެންދުރުފަހު އެވެ. އެމަނިކުފާނު ކުރެއްވި މި ޒިޔާރަތުގައި ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ ގުޅޭ ޕްރެސެންޓޭޝަނެއް ބައްލަވައިލައްވައި، އެކަމާއިގުޅޭ މަޢުލޫމާތު ސާފުކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ތ...

ޔުމްނާ ޢަލީ
މިހާރު ބޭނުން ވަނީ ވަޒީފާތައް އަތޮޅުތެރެއަށް ބަދަލު ކުރަން ފެށުމުގެ ހިތްވަރު: އާތިފް

މިހާރު ބޭނުން ވަނީ ވަޒީފާތައް އަތޮޅުތެރެއަށް ބަދަލު ކުރަން ފެށުމުގެ ހިތްވަރު: އާތިފް

މިހާރު ބޭނުން ވަނީ ހަގީގީ ޑިސެންޓްރަލައިޒޭޝަނަށް ބޭނުންވާ ވަޒީފާތައް އަތޮޅުތެރެއަށް ބަދަލު ކުރަން ފެށުމުގެ ހިތްވަރު ކަމަށް ރާއްޖޭގެ އިގްތިޞާދު ދިރާސާކުރައްވާ އަދި އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ އާތިފް ޝުކޫރު ވިދާޅުވެއްޖެއެވެ. އެމްއެމްއޭއާއި، މިފްކޯ ފަދަ އިދާރާތަކުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ އާތިފް މިހެން ވިދާޅުވީ، “އަންނަ ހަފުތާއިން ސަރުކާރު ނުވައްޒަފުން އޮފީހަށް ނެރެނީ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ޝާޢިއުކޮށްފައިވާ ޚަބަރަށް ޓްވީޓާގައި މީހަކު ފާޅުކޮށްފައިވާ ޚިޔާލަކާ...

ޙުސައިން ޝަހުދީ
އުތީމު ކަނބަލުންނަށް ޚާއްސަ ހޭންޑްބޯލް ކޯޗިން ކޭމްޕެއް

އުތީމު ކަނބަލުންނަށް ޚާއްސަ ހޭންޑްބޯލް ކޯޗިން ކޭމްޕެއް

ހއ. އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އެރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ބާއްވައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ފެށުނު މި ކޭމްޕް ރޭ ވަނީ ނިންމާލާފައެވެ. އަދި 2 ދުވަހަށް ކުރިއަށް ދިޔަ މި ކޭމްޕުގައި 40 ފަރާތެއް ވަނީ ބައިވެރިވެފައެވެ. އުތީމު އަންހެނުންގެ ކޮމިޓީގެ ރައީސް ޒައީމާ އަބްދުއްޞަމަދު “ތިލަދުން” އަށް މަުއުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޭމްޕަކީ އެ ރަށުގައި ހޭންޑްބޯލް ކުޅެން ލޯބިކުރާ އަންހެން ފަރާތްތަކަށް […]

އަޙްމަދު އަރުޝަމް
ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު އަލުން ފަށާނެ

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު އަލުން ފަށާނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައި ހުރި ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އަލުން ފަށަން ނިންމައިފިއެވެ. އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލީ އެކަމުގައި މަސައްކަތްކުރާ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19ށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. މިއަދު އަނެއްކާ ވެސް އެ މަސައްކަތް ފަށަން ތާވަލްކޮށް އެކަމުގެ ތަފްސީލްތައް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން މި މަހު 18 އާ ހަމައަށް ކުރިއަށް ގެންދަން އެޗްޑީސީން ވަނީ ރާވައިފައެވެ. އެ މުއްދަތުގައި ސޮއިކުރާނީ ޓ...

ޝިއުނާ އާދަމް
މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ސަފުހެދުމާއި ގުނޫތު ކިޔުން ނިމުމަކަށް ގެނެސްފި

މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ސަފުހެދުމާއި ގުނޫތު ކިޔުން ނިމުމަކަށް ގެނެސްފި

މާލޭ ސަރަހައްދުގައި ކޯވިޑް-19 ގެ ހާލަތު ރަނގަޅުވެފައިވާތީ 07 އޯގަސްޓް 2021 ވަނަ ދުވަހުގެ ފަތިސްނަމާދުން ފެށިގެން ޖަމާޢަތުގައި ގައިދުރުކޮށް ސަފުހެދުމާއި ކޯވިޑްގެ ހާލަތާއި ގުޅިގެން ކިޔަމުންއައި ގުނޫތު ކިޔުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގައިފިއެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ގްރޭޓާރ މާލެ ސަރަޙައްދުގައި ކޯވިޑް ބަލީގެ ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ޢާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރު ލެއްވުމާއެކު ދައުލަ...

އިބްރާހިމް ޚަލީލް
ގަތަރު އެއަރވޭސްގެ ފްލައިޓެއް އެމަރޖެންސީގައި ވެލާނާ އެއަރޕޯޓަށް ޖައްސައިފި

ގަތަރު އެއަރވޭސްގެ ފްލައިޓެއް އެމަރޖެންސީގައި ވެލާނާ އެއަރޕޯޓަށް ޖައްސައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިރޭ ފުރި ގަތަރު އެއާވޭސްގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަލުން އަނބުރާ ޖައްސައިފިއެވެ.  ރާއްޖޭގެ މައި އެއާޕޯޓް މިހާރު އޮތީ ކުއްލި ހާލަތަށް ގެނެސް ރަންވޭ ކައިރިއަށް ފަޔާ ލޮރީތަކާއި އެހެނިހެން ސަލާމަތީ އެހީތެރިކަން ދިނުމަށް ތައްޔާރުވެފަ އެވެ. އެފަދަ ހާދިސާއެއް ހިނގާފައިވާކަން އެމްއޭސީއެލް އިން ކަށަވަރުކޮށްދިން ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އަދި ފްލައިޓު އަނބުރާ ޖެއްސި ސަބަބެއް ހާމައެއް ނުކުރެއެވެ.  އެނގިފައިވާގޮތުގައި ފްލައިޓ...

ޝިއުނާ އާދަމް
ބޮޑެތި ކުށްވެރިންގެ ފައިގަ އަޅުވާ "މޮނިކަން ޓެގު" ހުސްވެއްޖެ

ބޮޑެތި ކުށްވެރިންގެ ފައިގަ އަޅުވާ "މޮނިކަން ޓެގު" ހުސްވެއްޖެ

ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ މީހުން މުޖުތަމައުއަށް ދޫކޮށްލާއިރު އެމީހުންގެ ހަރަކާތްތައް މޮނިޓަރ ކުރުމަށް ފައިގަ އަޅުވާ “މޮނިކޮން ޓެގު” ރާއްޖެއިން ހުސްވެއްޖެއެވެ. ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންކަން ބެލުމަށް އެޕާޓީން އުފައްދާފައިވާ މޭ 6 ކޮމިޓީގެ މުގައްރިރު ހަސަން އަފީފް ވަނީ ފުލުހުންނާ ހަވާލާދީ އެކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ހޯމް މިނިސްޓަރ ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އަދި ތެޣު ހޯދުން މި އހަރުގެ ބަޖެޓުގައ...

ޝިއުނާ އާދަމް