މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,863 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 842 ވަނަ ޞަފްޙާ

އަނެއްކާވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފި

އަނެއްކާވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 13 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. މިފަހަރު ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ އަންނަ ސެޕްޓަމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރަށްވާ މިއަދު މެންދުރު އާންމުކުރެއްވި ”އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ޢިއުލާން ކުރާ ގަރާރު” ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 2...

ޔުމްނާ ޢަލީ
މާލޭގެ މަގުތަކުގައި ބޭނުންނުކުރެވޭ ހާލަތުގައި ހުރި އެއްގަމު އުޅަނދުތައް ނަގަންފަށައިފި

މާލޭގެ މަގުތަކުގައި ބޭނުންނުކުރެވޭ ހާލަތުގައި ހުރި އެއްގަމު އުޅަނދުތައް ނަގަންފަށައިފި

މާލޭގެ މަގުތަކުގައި ގިނަ ދުވަސްވެފައިވާ، ހަލާކުވެ ނުދުއްވާ ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. މާލެ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ތެރޭގައި އުކާލެވިފައި، ބޭނުން ނުކުރެވޭ ހާލަތުގައި ހުރި އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕެރޭޝަނެއް މިއަދު ފެށިފައިވާ ކަމަށެވެ. އަދި މި އޮޕެރޭޝަން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކަމަށް ވެސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ. Male thereygai ukaalaafai, beynun […]

އަޙްމަދު އަރުޝަމް
މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހު ފަށަނީ

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގަތީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. މަޖިލީހުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަށް ބަދަލު ގެނައިފަހުން، އަހަރުގެ ތެރޭގައި އަންނަ މަޖިލީހުގެ އެންމެ ކުރު ދައުރަކީ މަޖިލީހުގެ 2 ވަނަ ދައުރެވެ. މިބަދަލާއެކު މަޖިލީހުގެ ދެވަނަ ދައުރުގެ […]

ޝިއުނާ އާދަމް
ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް މިއަހަރުގެ ޑިސެމްބަރުގައި

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް މިއަހަރުގެ ޑިސެމްބަރުގައި

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ވާޗުއަލް ކޮށް ބޭއްވުމަށް ނިންމައިފިއެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގެ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ކޮންމެ އަހަރަކު ބާއްވަމުންގެންދާ މުބާރާާތެކެވެ. މިއަހަރު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ވަރޗުއަލް ކޮށް ކުރިއަށް ގެންދާ މި މުބާރާތާއިގުޅޭ ޤަވާޢިދު ކައިރި މުސްތަޤްބަލެއްގައި އިޢުލާންކުރެވޭނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވެއެވެ. ކޮންމެ އަހަރަކު ބޭއްވޭ މި...

އަޙްމަދު އަރުޝަމް
އިޔާޟުގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ޓްރައިބިއުނަލްގެ އަމުރެއް

އިޔާޟުގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ޓްރައިބިއުނަލްގެ އަމުރެއް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ޑރ. މުހައްމަދު އިޔާޟު އަބްދުއްލަތީފު އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ވަކި ކުރި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އޭނާ ހުންނެވި މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމްއެންޔޫ އަށް އަމުރުކޮށްފިއެވެ. އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް ޑރ. އިޔާޟު ވަޒީފާއިން ވަކިކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އިޔާޒު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، އެމްއެންޔޫގެ ފެކަލްޓީ...

އަޙްމަދު އަރުޝަމް
"މުޝީ" ބްރޭންޑުގެ ތަށި ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް އަންގައިފި

"މުޝީ" ބްރޭންޑުގެ ތަށި ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް އަންގައިފި

ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ތައްޔާރުކޮށްފައިވާ “މުޝީ” ބްރޭންޑްގެ “ސިިލިކޯން ސަކްޝަން ޕްލޭޓް” އާއި” ސިލިކޯން ސްނެކް ކަޕް” ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ. އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބްރޭންޑުގެ ތަށިތަކުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭކަމަށާއި އެ ތަށިތަކަށް ކާބޯތަކެތި އެޅުމުން ކާބޯ ތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށެވެ. ރާއްޖެ އަށް “މުޝީ” ބްރޭންޑުގެ ސިިލިކޯން […]

އަޙްމަދު އަރުޝަމް
ކަސްޓަމްސް އިން 11100 ލީޓަރުގެ ބަނގުއާވި ނައްތާލައިިިފި

ކަސްޓަމްސް އިން 11100 ލީޓަރުގެ ބަނގުއާވި ނައްތާލައިިިފި

މޯލްޑިވްސް ކަސްޓަމްސްގެ ބެލުގެ ދަށުގައި ހުރި 11100 ލީޓަރުގެ ބަނގުއާވި ނައްތާލައިފި އެވެ. ކަސްޓަމްސް އިން ހާމަކުރެއްވި ގޮތުގައި މި ތަކެތި ނައްތާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. މި ތަކެތި ނައްތާލެވިފައިވަނީ ކަސްޓަމްސް އޮފިސަރުންނާއި އަދި މީޑިއާގެ ހާޒިރުގައި، ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި އެވެ. މިގޮތުން 370 ކެގްސް ގައި ބަންދު ކުރެވިފައި ހުރި 11100 ލީޓަރުގެ ބަނގުއާވި ނައްތާލެވިފައިވާ ކަމަށާއި މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ […]

އަޙްމަދު އަރުޝަމް
ސެޕްޓެމްބަރު 1 އިން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް އެކަނި

ސެޕްޓެމްބަރު 1 އިން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް އެކަނި

އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދެވޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އިން ވިދާޅުވެއްޖެ އެވެ. އެމްއޯއީން މިފަދައިން ވިދާޅުވީ މިއަދު އެ މިނިސްޓްރީން ނެރުއްވި އިއުލާނެއްގައެވެ. މިކަން މިގޮތަށް ކުރައްވަން ނިންމެވީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި، ކޯވިޑް-19އިން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަޅާފައިވާ ފިޔަވ...

އަޙްމަދު އަރުޝަމް
ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯރޓްގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯރޓްގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

ކުޅުދުއްފުށި ސިޓީގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާތީ ހދ.އަތޮޅު ކައުންސިލުން ދެމުން އަންނަ ޓްރާންސްޕޯޓްގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ. އެ ކަސުންސިލުން މިކަން ހާމަކޮށް މިއަދު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގައި ކޯވިޑް ފެތުރެމުންއަންނާތީ، އެ އިދާރާއިން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން އެ އިދާރާއިން ދެމުންއަންނަ  ތިން ޚިދުމަތެއް 01 އޯގަސްޓް 2021 އިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާކ...

އިބްރާހިމް ޚަލީލް
ކާރެއް، އައިޖީއެމްއެޗް ކެންޓީން ކައިރިން ރުކެއްގައިޖެހި އެކްސިޑެންޓެއް ހިނގައިފި

ކާރެއް، އައިޖީއެމްއެޗް ކެންޓީން ކައިރިން ރުކެއްގައިޖެހި އެކްސިޑެންޓެއް ހިނގައިފި

ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ކާރެއް، އައިޖީއެމް ހޮސްޕިޓަލް ކައިރިން ރުކެއްގައިޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 09:50 ހާއިރުކަމަށެވެ. މި އެކްސިޑެންޓް ހިނގީ ރަސްފަންނު ކައިރިން ބޭރުމަގުން ދުއްވާފައި ދިޔަ ކާރެއް، އެ މަގަށްވާހެން އައިޖީއެމްއެޗް ކައިރީ ހުންނަ ރުއްތަކުން ރުކެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެ އެކްސިޑެނ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ އިހްތިސާސްގެ ތެރޭގައި ކުނބުރުދޫ ހިމަނާނަމަ އަތޮޅުގެ ބަސް ހޯދަންވާނެ: ނާޒިމް

ކުޅުދުއްފުށީ ސިޓީގެ އިހްތިސާސްގެ ތެރޭގައި ކުނބުރުދޫ ހިމަނާނަމަ އަތޮޅުގެ ބަސް ހޯދަންވާނެ: ނާޒިމް

ކުޅުދުއްފުށީ ސިޓީގެ އިހްތިސާސްގެ ތެރޭގައި ކުނބުރުދޫ ހިމަނާނަމަ އަތޮޅުގެ ބަސް ހޯދަންވާނެ ކަމަށް ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ހދ. ކުނބުރުދޫ ނުވަތަ ހދ. ކޭލަކުނުން ކުރެ ކޮންމެވެސް އެއް ރަށެއް ކުޅުދުއްފުށި ސިޓީގެ އިހްތިސާސްގެ ތެރޭ ހިމަނައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ދަންނަވާފައެވެ. މެންބަރު ނާޒިމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެ ނިންމުން ނިންމަންވާނީ ހދ. އަތޮޅު އެހެން ރަށްރަށުގެ...

އަލީ އާދިލް
ކުޅުދުއްފުށިން އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ، 2 ރެންޑަމް ސާމްޕަލް ހިމެނޭ!

ކުޅުދުއްފުށިން އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ، 2 ރެންޑަމް ސާމްޕަލް ހިމެނޭ!

ހދ. ކުޅުދުއްފުށިން އިތުރު 8 މީހަކު ކޯވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ސިޓީން އިތުރު 8 މީހަކު ވަނީ މިއަދު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި 8 މީހުންގެ ތެރެއިން 2 މީހުންނަކީ ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވި ދެ މީހުންނެވެ. ދެން ޕޮޒިޓިވްވި 6 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. މިއާއިއެކު އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ޢަދަދު 42 […]

ޔުމްނާ ޢަލީ
މާލޭގެ މަގުތަކުގައި ހަލާކުވެ ނުދުއްވާ ހުންނަތާ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގަނީ

މާލޭގެ މަގުތަކުގައި ހަލާކުވެ ނުދުއްވާ ހުންނަތާ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގަނީ

މާލޭ ސިޓީގެ މަގުތަކުގައި ހަލާކުވެ ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނަގައި މަގުތައް ސާފުކުރުމަށް ހަމަޖެހިފައިވާކަމުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މާލޭ ސިޓީގެ މަގުމަތީގައި ހިނގާބިނގާވެއުޅޭ ފަރާތްތަކަށާއި ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ ވެހިކަލްތައް އެ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. 02...

އިބްރާހިމް ޚަލީލް
ރިސޯޓެއްގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ

ރިސޯޓެއްގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ

ކ. އަތޮޅު ގަމަރުގިރި ކަައިރީ އޮންނަ ދަ ރިޒް ކާޓަން ސްޕާ ރިސޯޓްގެ ވޯޓާ ވިލާއެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރު 12:29 ހާއިރު ކަމަށެވެ. މިހާރު އެ ރިސޯޓުގެ މުއައްޒަފުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާކަމުގެ މައުލޫމާތު ލިބޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑު ރެސްކިއު ޓީމުން ދަނީ އެ ރިސޯޓަށް ދަތުރުކުރަމުން ނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން […]

ޝިއުނާ އާދަމް
ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ

ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިއްޖެއެވެ. މިއީ އެފްއެސްއެމްގެ “މެކުނު” ނަމަކަށް ކިޔާ ތެޔޮ އުފުލާ ބާޖެވެ. މި ބާޖުގައި 5 ފަޅުވެރިން އެބަތިއްބެވެ. މި ބާޖު ފަރަށްއެރީ ށ. ފޯކައިދޫ އިން ފުރައިގެން ހދ. ނޭކުރެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ގިނަ އަދަދެއްގެ ޕެޓްރޯލް އަދި ޑީސެލް ބަރުކޮށްގެން ދަތުރުކުރި މި ތެޔޮ ބާޖު ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިގެން […]

ޔުމްނާ ޢަލީ