ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިރޭ ފުރި ގަތަރު އެއާވޭސްގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަލުން އަނބުރާ ޖައްސައިފިއެވެ.

ރާއްޖޭގެ މައި އެއާޕޯޓް މިހާރު އޮތީ ކުއްލި ހާލަތަށް ގެނެސް ރަންވޭ ކައިރިއަށް ފަޔާ ލޮރީތަކާއި އެހެނިހެން ސަލާމަތީ އެހީތެރިކަން ދިނުމަށް ތައްޔާރުވެފަ އެވެ.

Ad
rt

އެފަދަ ހާދިސާއެއް ހިނގާފައިވާކަން އެމްއޭސީއެލް އިން ކަށަވަރުކޮށްދިން ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އަދި ފްލައިޓު އަނބުރާ ޖެއްސި ސަބަބެއް ހާމައެއް ނުކުރެއެވެ.

އެނގިފައިވާގޮތުގައި ފްލައިޓު އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ، ފްލައިޓުގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔުމުގެ ސަބަބުންނެވެ.

މި ހާދިސާ ހިނގި ވަގުތު ފްލައިޓް އުދުހެމުން ދިޔައީ 38،000 ފޫޓް މަތިން ކަމަށާއި، ފްލައިޓް އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައި ވަނީ މިރޭ 21:51 ގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ..