މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,863 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 839 ވަނަ ޞަފްޙާ

9،000 ލީޓަރުގެ ބަނގުއާވި ނައްތާލައިފި

9،000 ލީޓަރުގެ ބަނގުއާވި ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 9،000 ލީޓަރުގެ ބަނގުއާވި ބަނގުއާވިތަކެއް ނައްތާލައިފިއެވެ. އެތަކެތި ނައްތާލާފައިވަނީ އިއްޔެ ކ. ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައިކަމަށް ކަސްޓަމްއިން މަޢުލޫމާތު ދެއްވަ އެވެ. “ނައްތާލާފައިވަނީ 300 ކެގުގެ ބަނގުއާވި، އެއީ ޖުމްލަ 9،000 ލީޓަރުގެ ބަނގުއާވި” ކަސްޓަމްސްއިން ބުނެފައިވެއެވެ. އެ ތަކެތި ނައްތާލީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 މާއްދާގެ ދަށުން ބޮންޑަޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދ...

އިބްރާހިމް އަސްވާޤް
ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. މިއަދު ފަތިހު 04:30 ހާއިރު ފުރައިގެން ދަތުރުކުރި ބޯޓު ބަނޑުން ޖަހާލައިފާ ވަނީ މިއަދު ހެނދުނު 10:30 ހާއިރުކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވިއެވެ. މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިއަދު މެންދުރު 14:48 ގައި ކަމަށާއި އެވަގުތުން ފެށިގެން ދޯންޏާއި ފަޅުވެރިން ސަލާމަތް ކުރަން ކޯސްޓް ގާޑު ހަރަކާތް ތެރިވެފައިވާކަމަށް މީޑިއާތަކަށް […]

އަޙްމަދު އަރުޝަމް
12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެކްސިން ދޭން ފަށަނީ

12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެކްސިން ދޭން ފަށަނީ

ރާއްޖޭގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ކޮވިޑް-19 އިން ރައްކާތެރިވުނަށް ދެވޭ ވެކްސިން ދޭން ފަށަން ސަރުކާރުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގެ 12 އަހަރުން މަތީގެ އެންމެންނަށް ދެވޭވަރަށް މިހާރު ވެކްސިން ގެނެސްފައިވާކަމަށާއި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ފައިޒާ ވެކްސިން ދޭން ފެށޭނެ ކަމަށެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު […]

އަޙްމަދު އަރުޝަމް
އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރެއް ނެތް: ރައީސް

އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރެއް ނެތް: ރައީސް

އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރު މޫލަމުންދާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަރުކަށި ފިކުރުގެ މައްސަލައަކީ މުޅި ރާއްޖޭގައި ފެތުރެމުންދާ އެއްޗެއް ކަމަށެވެ. އެހެންވެ ކޮންމެ ތަނެއްގައިވެސް އެ މައްސަލަ ދިމާވުން އެކަށީގެންވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމަކު ވަކިން ހާއްސަކޮށް އެމްޑީޕީ ތެރޭގައި އެ ފިކުރު މޫލަމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް...

ޝިއުނާ އާދަމް
ކޮމްޕްރޮމައިޒްކުރަން ޖެހޭނެ ލިޔުމެއް އަލީ ވަހީދު އަތުގަ ނޯންނާނެ: ރައީސް

ކޮމްޕްރޮމައިޒްކުރަން ޖެހޭނެ ލިޔުމެއް އަލީ ވަހީދު އަތުގަ ނޯންނާނެ: ރައީސް

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ކޮމްޕްރޮމައިޒްކުރަން ޖެހޭ ފަދަ ލިޔުމެއް އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދޮގުކުރައްވައިފިއެވެ. ބުދަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނު ކޮމްޕްރޮމައިޒްކުރަން ޖެހޭ ކަހަލަ އެއްވެސް ލިޔުމެއް ނުވަތަ އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތުގައި...

ޝިއުނާ އާދަމް
މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ދަތުރުކުރުމާ ގުޅޭ އުސޫލެއް ކަނޑައަޅައިފި

މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ދަތުރުކުރުމާ ގުޅޭ އުސޫލެއް ކަނޑައަޅައިފި

އަތޮޅުތެރޭގެ ރަށްރަށުގައި 60 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށް އަދިވެސް ބައެއް އެހެން ޝަރުތުތައް ފުރިހަމަވާ ނަމަ ވެކްސިން ނުޖަހާ ފަތުރުވެރިންނަށް އެ ރަށްރަށަށް ދެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ. އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓު ހައުސްތަކަށް ޗެކްއިން ކުރެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ފަތުރުވެރިންނަށް އެކަނި ކަމަށެވެ. އެކަމަކު ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ވެސް ރަށުގެ އާބާސީ...

ޝިއުނާ އާދަމް
އަލީ ވަހީދު ދެމަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އަލީ ވަހީދު ދެމަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އަލީ ވަހީދު ދެމަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ހުކުމް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކަށް ވެސް ވަނީ އަންގާފައެވެ. އަލީ ވަހީދު ޓުރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ދައުވާ އުފުލާ އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި […]

ޝިއުނާ އާދަމް
އެމްޕީއެލްގެ މުވައްޒަފަކު ކޮންޓެއިނަރެއްގެ މަތިން ވެއްޓި އަނިޔާވެއްޖެ

އެމްޕީއެލްގެ މުވައްޒަފަކު ކޮންޓެއިނަރެއްގެ މަތިން ވެއްޓި އަނިޔާވެއްޖެ

އެމްޕީއެލްގެ މުވައްޒަފަކު ކޮންޓެއިނަރެއްގެ މަތިން ވެއްޓި އަނިޔާވެއްޖެއެވެ.  އެމްޕީއެލްއިން ބުނީ އެ ހާދިސާ ހިނގީ މިރޭ 9:30 ހާއިރު ކަމަށެވެ. އެމީހާ ވެއްޓުނީ ކޮންޓެއިނަރ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައިގެން ކަމަށެވެ. އޭނާ ވެއްޓުނީ ތިރީގައި ހުރި ކޮންޓެއިނަރު މައްޗަށް ކަމަށާއި ދެ ކޮންޓެއިނަރު ދޭތެރޭ ހުރީ 10 ފޫޓު ކަމަށް ބުންޏެވެ.  އެ ހާދިސާގައި އެމީހާގެ ކަނާއަތު އޮޅުމުށި ނެއްޓިިފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި […]

ޝިއުނާ އާދަމް
މޭ 6 ހަމަލާގެ ތަހުގީގަށް އައްބާސް ފާއިޒްގެ ތަހުނިޔާ

މޭ 6 ހަމަލާގެ ތަހުގީގަށް އައްބާސް ފާއިޒްގެ ތަހުނިޔާ

މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު އައްބާސް ފާއިޒް ތަހުނިޔާ ވިދާޅުވެއްޖެއެވެ. އައްބާސް ކުރެއްވި ޓުވީޓުގައި އޭނާ ވިދާޅުވީ، ތަހުގީގުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. އެހެންވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ތަހުނިޔާ ވިދާޅުވެފައިވާއިރު، އެ ހަމަލާގައި އަމަލީގޮތުން ބައިވެރިވި ހަތަރު މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާކަން ފާހަގަކުރައްވާ ޕްރޮސެކިއުޓަރ...

ޝިއުނާ އާދަމް
މަސްތުގެ ހާލުގައި ހުރެ ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން، އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް

މަސްތުގެ ހާލުގައި ހުރެ ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން، އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް

މަސްތުގެ ހާލުގައި ހުރެ ދިވެހި ޓެކްސީ ޑްރައިވަރަކަށް ރޭގެ ވަގުތެއްގައި ހަމަލާދިން، އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ. ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއްގެ ފުރާނައަށް ނުރައްކާވާފަދަ އަމަލެއް ހިންގި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ރޭ ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ރޭ 00:33 ހާއިރު ހުުޅުމާލެގައި ހިނގި މި މާރާމާރީއާއި ގުޅިގެން އިންޑިއާގެ ފިރިހެނަކު ހައްޔަރު ކޮށްފައިވެ އެވެ. މިއީ 25 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ އެ މީހާ […]

އަލީ އާދިލް
ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މެންބަރަކު ޢައްޔަން ކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މެންބަރަކު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރަށްވައިފި އެވެ. މި މަގާމަށް އައްޔަނު ކުރަށްވާފައިވަނީ އަލްއުސްތާޛާ މަރްޔަމް ރިޝްފާ އެވެ. އަލްއުސްތާޛާ މަރްޔަމް ރިޝްފާ މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ އަލްއުސްތާޛާ މަރްޔަމް ރިޝްފާ ހަވާލުކުރައްވާފައެވެ. އަދި އެބޭފ...

އަޙްމަދު އަރުޝަމް
ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އެނބޫދޫ ފިނޮޅުކައިރި ކަނޑުމަތިން ނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި ރޭ 20:41 ގައިކަމަށް އެމ...

އިބްރާހިމް އަސްވާޤް
މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގަ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެމްއެމްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔާމީންއަކީ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްގެ ސެކެޓްރީ ޖެނެރަލްއެވެ. މީޑިއާކައުންސިލްގެ އާންމު މެންބަރުކަމުގެ މަގާމަށް ކުރިމަތ...

އިބްރާހިމް އަސްވާޤް
ތުރާކުނު ކައުންސިލް ދެ މެންބަރަކު ޕީޕީއެމްއަށް

ތުރާކުނު ކައުންސިލް ދެ މެންބަރަކު ޕީޕީއެމްއަށް

ހއ. ތުރާކުނު ކައުންސިލަރުންގެ ތެރެއިން ދެ ކައުންސިލަރަކު އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެވެ. މިނިވަން މެންބަރުން ގޮތުގައި ތުރާކުނު ކައުންސިލަށް އިންތިޚާބުވި މި ދެ މެންބަރުން ޕީޕީއެމްއަށް ސޮއިކުރެއްވިކަން އެ ޕާޓީން ވަނީ މިއަދު ހާމަކޮށްފައެވެ. އެ ދެ ކައުންސިލަރުންނަކީ، ހުސްނާ އިބްރާޙީމްއާއި، ޠާހާ އަލީއެވެ. ތުރާކުނުގެ ދެ ކައުންސިލަރަކު ޕީޕީއެމްއަށް ސޮއިކޮށްފައިވާއިރު، އެ ޕަޓީން ގެންދަނީ “މަވެސް ޕީޕީއެމް” ނަމުގައި އެ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދަމުންނެވެ. HA. Thura...

ޖަލްވާން ޖާދުﷲ
ޖެހުނު ގަދަ ވަޔާއެކު ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިފި

ޖެހުނު ގަދަ ވަޔާއެކު ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ޖެހުނު ގަދަ ވަޔާ އެކު ކުޅުދުއްފުށީ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 07:00 ހާޢިރު ކަމަށެވެ. ހާދިސާގައި ގެއްލުންވި ގޭގެ ފުރާޅު އެމްއެންޑީއެފް ނޮރދާން އޭރިއާގެ ސިފައިންނާ ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ވަނީ ރަނގަޅުކޮށްދީ، އާންމު ހާލަތަށް ގެނެސްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. Raajje ah kuramundhaa vissaaraagai, miad...

އަޙްމަދު އަރުޝަމް