މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,842 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 81 ވަނަ ޞަފްޙާ

ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފަސް ފަތުރުވެރިން ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 މެއި 14 ވަނަ ދުވަހުގެ މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން އެމީހުން ހޯދުމުގެ އޮޕަރޭޝަނެއް ވަނީ ވަގުތުން ފަށާފައެވެ. ގެއްލުނު މީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު […]

ޔުމްނާ ޢަލީ
ބާތިލްކުރި ވޯޓެއް ސައްހަ ކަމަށް ހުކުމްކުރުމުން މީދޫ ރައީސްގެ ގޮނޑީގެ ވޯޓު އެއްވަރުވެއްޖެ

ބާތިލްކުރި ވޯޓެއް ސައްހަ ކަމަށް ހުކުމްކުރުމުން މީދޫ ރައީސްގެ ގޮނޑީގެ ވޯޓު އެއްވަރުވެއްޖެ

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރުމުން ނަތީޖާ އެއްވަރުވެއްޖެ އެވެ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީންނާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އަމިއްލަ ކެންޑިޑޭޓަކު ވާދަ ކުރިއިރު, 392 ވޯޓުން ހޮވުނީ އެމްޑީއޭގެ ކެންޑިޑޭޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް ލިބުނީ 391 ވޯޓެވެ. އެ މައްސަލަ ސުހާގެ […]

ހުސައިން ހަބީބް
ރީޖަނަލް ލީގުތަކުގައި ވާދަކުރާ ޓީމުތަކަށް އެފްއޭއެމްގެ ދަތުރު އެހީ އިތުރުކޮށްފި

ރީޖަނަލް ލީގުތަކުގައި ވާދަކުރާ ޓީމުތަކަށް އެފްއޭއެމްގެ ދަތުރު އެހީ އިތުރުކޮށްފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ވާދަކުރާ ޓީމުތަކަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި ދޭން ނިންމާފައިވާ ފައިސާގެ އަދަދު އެ އެސޯސިއޭޝަނުން އިތުރުކޮށްފިއެވެ. އިއްޔެ ބޭއްވި އެފްއޭއެމްގެ 13 ވަނަ އެކްސްކޯ ބައްދަލުވުމުގައި މި ނިންމުން ނިންމާފައިވަނީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެންނެވެ. މި މުބާރާ...

ޔުމްނާ ޢަލީ
ވަގަށް އެތެރެކޮށް ވިއްކަމުން ދިޔަ ސިނގިރޭޓާއި ދުންފަތް އަތުލައިގެންފި

ވަގަށް އެތެރެކޮށް ވިއްކަމުން ދިޔަ ސިނގިރޭޓާއި ދުންފަތް އަތުލައިގެންފި

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. މި ތަކެތި ހޯދާފައިވަނީ އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަން ވަނީ ބަލައިފާސްކޮށްފައެވެ. އެގޮތުން މާލޭ ގަލޮޅު ގެއަކާއި، ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި އެޕާޓްމަންޓެ...

ޔުމްނާ ޢަލީ
ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރަން އިލްތިމާސްކޮށްފި

ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރަން އިލްތިމާސްކޮށްފި

މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވަމުންދާތީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލަށް ޒިޔާރަތްކުރުން މަދުކުރަން ޖެހޭ ކަ...

ޝިއުނާ އާދަމް
ހިޔާ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ ކޮޓަރިއެއް އެއްކޮށް އަނދައިފި

ހިޔާ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ ކޮޓަރިއެއް އެއްކޮށް އަނދައިފި

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އެޕާޓްމަންޓުގެ ކޮޓަރިއެއް އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހިޔާ ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައެވެ. މި ހާދިސާގައި އެ އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެންޑީއެމްއޭ އިން ބުނީ މި […]

ޔުމްނާ ޢަލީ
ހައި ކޯޓުން ތިން ވޯޓެއް ބާތިލް ކުރުމުން ވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް

ހައި ކޯޓުން ތިން ވޯޓެއް ބާތިލް ކުރުމުން ވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް

މިިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލަށް މެމްބަރުން ހޮވަން ދީފައިވާ ތިން ވޯޓު ކަރުދާހެއް ބާތިލް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރުމާއެކު, އެ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެ އެވެ. ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ ތިން މެމްބަރުންގެ ތެރެއިން ރައީސްކަމާއި މެމްބަރުކަމުގެ މަގާމު އެމްޑީޕީއަށް ކާމިޔާބުވިއިރު, ޕީއެންސީއަށް ކުރިން ލިބިފައި އޮތީ އެންމެ ގޮނޑި އެކެވެ. އެ ކައުންސިލަށް ޕީއެންސީ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް މައްސަލަ […]

ހުސައިން ހަބީބް
މަޖިލިސް މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް

މަޖިލިސް މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ. މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައިވަނީ މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން އެބަ ތިއްބެވި ކަމަށާއި އެހެންވެ, އެ މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ. އެ މެންބަރުންނަކީ އަމިއްލަ ގޮތުން އިންތިޚާބުވުމަށްފަހު ޕީއެންސީއަށް ސޮއިކުރި މެން...

ހުސައިން ހަބީބް
ފިޔާޒާއި ހަސަންގެ މައްޗަށް ކުރާ ގަޒްފުގެ ދައުވާގެ ޝަރީއަތް ފަށައިފި

ފިޔާޒާއި ހަސަންގެ މައްޗަށް ކުރާ ގަޒްފުގެ ދައުވާގެ ޝަރީއަތް ފަށައިފި

“އަދަދު” ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ޝަރީއަތް ފަށައިފި އެވެ. ފިޔާޒާއި ހަސަންގެ މައްޗަށް ކުރާ ގަޒްފު ކުރުމުގެ ދައުވާކުރަނީ އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ހިނގި އެއްވެސް ކަމެއް ވަކީލުން ހާމައެއް ނުކުރެ އެވެ. އަދި އެ ޝަރީއަތާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރެއް […]

ހުސައިން ހަބީބް
މެއި 24 އާއި 25 ސަރުކާރު ބަންދު، ދިގު އީދު ޗުއްޓީއެއް

މެއި 24 އާއި 25 ސަރުކާރު ބަންދު، ދިގު އީދު ޗުއްޓީއެއް

2026 ވަނަ އަހަރުގެ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހާއި، އެ މަހުގެ 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، މުވައްޒަފުންނަށް އެމީހުންގެ ޢާއިލާތަކާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ. މި ނިންމެވުމާއެކު، މެދުނުކެނޑޭ ގޮތަށް މެއި 22 އިން 30 އަށް ދިގު އީދު […]

ޔުމްނާ ޢަލީ
މާލެ ސަރަހައްދުން ހިމަބިއްސަށް ދެ މީހަކު ޕޮޒިޓިވްވެއްޖެ

މާލެ ސަރަހައްދުން ހިމަބިއްސަށް ދެ މީހަކު ޕޮޒިޓިވްވެއްޖެ

މި ހަފްތާ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ގެ ދެ ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ ފަހަކަށް އަރާފައެވެ. މި ބަލި ފެނުމާ ގުޅިގެން އާންމުކޮށް އަމަލުކުރާ އުސޫލުތަކުގެ މަތިން ކޭސް އިންވެސްޓިގޭޝަން ހަދައި، ބަލިޖެހުނު މީހުންނާ ބައްދަލުވި މީހުން ނުވަތަ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ […]

ޔުމްނާ ޢަލީ
ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި “އަދަދު” ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. މި ދެ ނޫސްވެރިންގެ މައްޗަށް މި ފިޔަވަޅު އަޅާފައިވަނީ ކްރިމިނަލް ކޯޓުން މަނާކޮށްފައިވާ ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފްވިކަމަށް ކަނޑައެޅުމަށްފަހުއެވ...

ޝިއުނާ އާދަމް
ނަރުހުންގެ މަސައްކަތުގެ މާހައުލާއި އިނާޔަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭނެ: ރައީސް

ނަރުހުންގެ މަސައްކަތުގެ މާހައުލާއި އިނާޔަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭނެ: ރައީސް

ދެމެހެއްޓެނިވި ސިއްހީ ނިޒާމެއްގެ ބިންގަލަކީ ނަރުހުންކަން ފާހަގަކުރައްވައި، ނަރުހުންގެ މަސައްކަތުގެ މާހައުލާއި އިނާޔަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ބަލިމީހުންނަށް ފަރުވާ ދިނުމާއި، ބަލިތަކުން ރައްކާތެރިވުމާއި، މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ނަރުހުން އަދާކުރަނީ ކޮންމެހެން ބޭނުންތެރި މުހިންމު ދައުރެއް ކ...

ޔުމްނާ ޢަލީ
އޭޑީއެޗްޑީ އަށް ފަރުވާދޭ ބޭހެއް ލިބޭނެ އިންތިޒާމު ރައީސް ހަމަޖައްސަވައިފި

އޭޑީއެޗްޑީ އަށް ފަރުވާދޭ ބޭހެއް ލިބޭނެ އިންތިޒާމު ރައީސް ހަމަޖައްސަވައިފި

އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި ފަސްޓްލައިން ޓްރީޓްމަންޓެއްގެ ގޮތުގައި ބޭނުންކުރާ “މިތައިލްފެނިޑޭޓް” ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާޙް ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޤަރާރެއް ނެރުއްވައިފިއެވެ. ރައީސް މިގޮތަށް ކަނޑައެޅުއްވީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1 އިޞްލާޙުކުރެއްވުމަށް މިއަދު ނެރުއްވި ޤަރާރުންނެވެ. މި ނިންމެވުމަކީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް...

ޔުމްނާ ޢަލީ
މަސްތުވާތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވިގެން ހިޔާފުލެޓަކުން ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވިގެން ހިޔާފުލެޓަކުން ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހުޅުމާލެ ފޭސް 2 ގެ ހިޔާ ފުލެޓުން އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ގ. ނާޝިދުވިލާ / މާލެ، ފާޠިމަތު ޝާޙާ އިބްރާހީމް (22އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 11 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ފުލުހުން ބުނި ގޮތުގައި […]

އަލީ އާދިލް