ކުޅުދުއްފުށީގެ “މަށިކުޅި” ސަރަހައްދުގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، އެ ސަރަހައްދުގެ ދިރުންތައް ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސަރަހައްދުގެ ވިއުއިންގް ޕްލެޓްފޯމް ކައިރީގައި މައުލޫމާތު ބޯޑެއް ބަހައްޓައިފިއެވެ. ސިޓީ ކައުންސިލުން ބަހައްޓާފައިވާ މި ބޯޑުގައި އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ މުހިންމު އިރުޝާދުތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ކުޅީގައިވާ މަސްމަހާމެއްސަށް ކާނާ ނޭޅުމަށާއި، ގޭގައާއި އަކުއޭރިއަމްތަކ...
ޔުމްނާ ޢަލީ
ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް 2026 ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމުގެ މައިބަދައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ނަރުހުންކަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުޅި ރާއްޖޭގައި ޖުމްލަ 3,907 ނަރުހުން ދަނީ ޚިދުމަތް ދެމުންނެވެ. ނަރުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދާއިރާގައި މަސައްކަތްކުރަނީ 3,593 އަންހެން ނަރުހުންނާއި 314 ފިރިހެން ނަރުހުންނެވެ. މީގެ ތެރެއިން 64...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޯޓު އަމުރުތަކަށް ގޮންޖަހައި މަސައްކަތް ކުރުމުގެ ޖާގަ ނުދީ، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދާކުރެއްވީ އެ ޒިންމާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަކީ މީޑިއާ އާއި ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއްގ...
އަލީ އާދިލް
ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅުވައިގެން، ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒް އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަނުން އިސްނަގައިގެން ޚާއްޞަ ބަހުސެއް ކުރިއަށް ގެންގޮސްފިއެވެ. ރޭ ބޭއްވި މި ބަހުސްގެ ސެޝަން ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސް (އެފްއެޗްއެސް)ގައި ކުރިއަށްދިޔަ މި ބަހުސް ސެޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައި...
ޔުމްނާ ޢަލީ
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ މިހާތަނަށް ދުވަހަކުވެސް ރާއްޖޭގައި ކޮށްފައިނުވާ ވަރުގެ ބޮޑު މަސައްކަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ “އޮޕަރޭޝަން ކުރަނގި” އަކީ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި، އެމީހުންގެ ހައްގުތައް ހިމާޔަތްކުރު...
ޔުމްނާ ޢަލީ
މި އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު، އޭޕްރިލް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލި ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާރިޗު މަހު 601 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭޕްރީލް މަހު އެ އަދަދު ވަނީ 643 އަށް މައްޗަށް […]
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ ކުރީގެ މެންބަރު އިސްމާއީލް އަހުމަދާ ބެހޭގޮތުން ބޭއިންސާފު ވާހަކަތަކެއް ދެކެވިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ މަޖިލީހުގެ ދައުރުގައި ރައީސް ނަޝީދާއި، އެމްޑީޕީ ސަރުކާރާއި ޖެހުނު ކުނީގައި ނަޝީދު އަތުން މަޖިލީހުގެ ރިޔާސަތު އަތުލަން ހިނގި ”ހަނގުރާމާގައި” އިސްމާއީލް އަކީ ސަރުކާރުފަޅިން ނަގާ ކިޔުއްވި އެއް މެމްބަރެވެ. އެ ”ހޫނުގައި” ނަޝީދު ވަނީ އިސްމާއީލާއި ނިސްބަތްކުރަށްވައި އެކިފަހަރުމަތިން ފާޑުވިދާޅުވެފައ...
އަލީ އާދިލް
ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ހުދޫދުގެ ތެރޭގައި ތަން މިނަށް ހުޅުވިފައިވާކަމަށާއި، ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސަންސެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މި...
ޔުމްނާ ޢަލީ
ނެޝަނަލް ޕޭ ކޮމިޝަނުން މުސާރަތައް އެއްހަމަކުރުމަށް ނުވަތަ ޕޭ ހަރމަނައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ މުވައްޒަފުންނަށް މި މަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން މިއަދު ބޭއްވި މި ހަފްތާގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ޕޭ ހަރމަނ...
ޔުމްނާ ޢަލީ
މިދިޔަ ރިޔާސީ ދައުރުގައި ވެރިކަންކުރި އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް މުއްދަތު ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރައްވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިއަދު ދައްކާފައިވަނީ ކުރީގެ ސ...
ޔުމްނާ ޢަލީ
ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި “އަދަދު” އޮންލައިން ނޫހުން ތައްޔާރުކުރި “އައިޝާ” ނަމަކަށް ކިޔާ ވީޑިއޯ ޑޮކިއުމެންޓަރީ ދައުރުކުރުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ހުދޫދުގެ ތެރެއިން ޢަމަލުތައް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފޮނުވި އެންގުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ އަމުރުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން އެ ޑޮކިއުމ...
އަލީ އާދިލް
ހއ. މުރައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން އެރަށުގެ ކުޑަކުދިންނަށް ކުރިއަށް ގެންދިޔަ ނަމާދު ކޭމްޕްގެ ނިމުން ފާހަގަކޮށް، ބައިވެރިންނަށް ސެޓް ފިކެޓް ދީފިއެވެ. އަށާވަރަކަށް ދަރިވަރުން ބައިވެރިވި މި ކޭމްޕް އެ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންގޮސްފައި ވަނީ ހުސް އޭޕްރިލް މަހުގެ ފަހު ހަފުތާގައެވެ. މި ކޭމްޕްގެ ނިމުން ފާހަގަކުރުމަށް ހަފްލާއެއް ބާއްވާފައިވާއިރު، މުރައިދޫ ޑަބްލިޔުޑީސީ އިން ވަނީ، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވި އެރަށުގެ މަސްޖިދިލް އިހާއީގެ އިމާމް [...
ޝިއުނާ އާދަމް
މައިންގެ ކިބައިގައިވާ ހިތްވަރާއި، އޯގާތެރިކަމާއި ނުގުޑާފަދަ ސާބިތުކަމަކީ އާއިލާތަކާއި މުޖުތަމަޢުތަކުގެ ހަމަޖެހުމުގެ ފަހަތުގައިވާ އެންމެ ބޮޑު ބާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އިއްޔެ ވިދާޅުވެއްޖެއެވެ. މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މަންސަ ‘އެކްސް’ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވަނީ، މުޖުތަމަޢު ބައްޓަންކޮށް ބިނާކުރުމުގައި ޤައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި މައިން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރައ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ “އޮޕަރޭޝަން ކުރަނގި”ގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި ފިޔަވަހީގެ ފުރަތަމަ ދުވަހު އެކަނިވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ މި ޚާއްސަ އޮޕަރޭޝަންގައި...
ޔުމްނާ ޢަލީ
“އަދަދު” އޮންލައިން ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޛްފު ކުރުމުގެ ކުށުގެ ދައުވާ އުފުލައި، އެ ނޫހުން ތައްޔާރުކުރި “އައިޝާ” ނަމަކަށް ކިޔާ ވީޑިއޯ ޑޮކިއުމެންޓަރީ ދައުރުކުން ކްރިމިނަލް ކޯޓުގެ އަމުރަކުން މަނާކޮށްފިއެވެ. މި މައްސަލައަކީ 28 މާރިޗު 2024 ގައި “އަދަދު” އޮންލައިންއިން އާންމުކުރި “އައިޝާ” ޑޮކިއުމެންޓަރީގައި، މާލެ/މ.ދިމްޔާތު، ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް މައުލޫމާތު ފަތުރާފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮ...
އަލީ އާދިލް