2026 ވަނަ އަހަރުގެ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހާއި، އެ މަހުގެ 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، މުވައްޒަފުންނަށް އެމީހުންގެ ޢާއިލާތަކާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.
މި ނިންމެވުމާއެކު، މެދުނުކެނޑޭ ގޮތަށް މެއި 22 އިން 30 އަށް ދިގު އީދު ޗުއްޓީ އެއް ލިބިގެންދާނެއެވެ.
މި ބަދަލާއެކު، އަޟްޙާ ޢީދުގެ ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ 2026 މޭ 31 ވާ އާދީއްތަ ދުވަހުއެވެ.
ސަރުކާރުން މިފަދަ ނިންމުމެއް ނިންމަވާފައިވަނީ، ޢީދު ފަދަ މުނާސަބަތުތަކުގައި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ސިޔާސަތުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!