މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,867 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 794 ވަނަ ޞަފްޙާ

މަރްޙޫމް ޙުސައިންގެ ޚިދުމަތަށްޓަކައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ: ސައުދު

މަރްޙޫމް ޙުސައިންގެ ޚިދުމަތަށްޓަކައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ: ސައުދު

އަވަހާރަވެފައިވާ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދަކީ ކޮމަންޑޫ ދާއިރާއަށާއި، އެމްޑީޕީއަށް ވަރަށް ބޮޑު ޚިދުމަތެއް ކުރަށްވާފައިވާ ހުންނެވި ގިނަ ބަޔެއްގެ ލޯތްބާއި އިޚްތިރާމް ހޯއްދެވި ބޭފުޅެއް ކަމަށާއި، މަރްޙޫމް ޙުސައިން ޚިދުމަތް އަގުވަޒަންކޮށް، ޙުސައިންގެ ޝަރަފަށްޓަކައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ ކަމަށް ވެރިކަންކުރާ އިއްތިހާދުގެ ދެވަނަ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ރައީސް އަޙްމަދު ސައުދު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީން ރޭ ގެނެސްދިން “ފަލަ ސުރުޚީ” ޕްރޮގްރާމްގައި...

އަލީ އާދިލް
ތަރައްގީ އޮތީ ރާޝިދާއެކު، ގޮނޑި ކަށަވަރު!

ތަރައްގީ އޮތީ ރާޝިދާއެކު، ގޮނޑި ކަށަވަރު!

އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބު ކުރާނެކަމަށް، ތަރައްގީ ކުރިއަށް އޮތީ ރާޝިދު އިންތިޚާބު ކުރެވިގެން ކަމަށް އޭނާގެ ސަޕޯޓަރުން ބުނެފިއެވެ. މި ނޫހާއި ވާހަކަ ދައްކަމުން ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރާޝިދުގެ ބައެއް ސަޕޯޓަރުން ބުނީ މިހާތަނަށް ރާޝިދުގެ ކެމްޕޭން ވަރަށް ފޯރީގައި ކުރިއަށް […]

އަލީ އާދިލް
ޓްވިޓާގެ ޕޯލުގައި އެމްޑީޕީ ޗެއާޕާސަނަށް ގިނަ މީހުން ބޭނުން ވަނީ އަމްރު

ޓްވިޓާގެ ޕޯލުގައި އެމްޑީޕީ ޗެއާޕާސަނަށް ގިނަ މީހުން ބޭނުން ވަނީ އަމްރު

ޓްވިޓާގައި ނެގި ޕޯލަކުން ގިނަ ބަޔަކު ބޭނުންވަނީ އެމްޑީޕީގެ ޗެއާޕާސަނަކަށް ހުސެއިން އަމްރު ހޮވަން ކަން ހާމަވެއްޖެއެވެ. ޓްވިޓާ އެކައުންޓެއް ކަމަށްވާ ހަސަން ކުރުސީ އެކައުންޓުން ހުޅުވާލި މި ޕޯލްގައި 19،099 މީހުން ވަނީ ވޯޓު ދީފައެވެ. މީގެ ތެރެއިން 59 އިންސައްތަ މީހުން ވޯޓު ދިނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދަވާ އަމްރުއަށެވެ. އަމްރުއާއެކު މި ޕޯލްގައި ވާދަ ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުއެވެ. އޭނާއަށް ލިބުނީ ވޯޓު ލި […]

އަޙްމަދު ވަހީދު
ޖަލަށް ވައްދަން ތައްޔާރު ކޮށްފައިވާ ތަކެއްޗާއެކު ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި

ޖަލަށް ވައްދަން ތައްޔާރު ކޮށްފައިވާ ތަކެއްޗާއެކު ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި

ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ތަކެއްޗާއެކު ހަ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ދެއަކުން މިއަދު ހެނދުނު ކަމަށެވެ. ފުރަތަމަ ފުލުހުން ހައްޔަރުކުރީ ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކުކަމަށެވެ. އެގޮތުން، ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުންވަނީ ފިލަން މަސައްކަތްކޮށްފައިކަމަށާއި ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅ...

އަލީ އާދިލް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ހުޅުވާލައިފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ބޭއް މި އިންތިޚާބަށް 4 ދާއިރަކުން މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިކަމަށް ކުރި ޢިއުލާންގައި ބުނެފަވެއެވެ. އެދާއިރާތަކަކީ: ނުކުޅެދުންތެރިކަ...

އައިޝަތު ނަސާޔާ
ގަވާއިދުން ނެރެމުންނުދާ ނޫސް، މަޖައްލާތަކެއް އުވާލަނީ

ގަވާއިދުން ނެރެމުންނުދާ ނޫސް، މަޖައްލާތަކެއް އުވާލަނީ

ޤަވާއިދުން ނުނެރޭ ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތަކެއް އުވާލުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ނިންމައިފިއެވެ. އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ނޫސްމަޖައްލާ ފަދަ ތަކެތި ޝާއިޢުކުރުމާއި ބެހޭ ގަވާއިދުގައިވާ ގޮތަށް  ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތައް ނުނެރޭނަމަ 28 ފެބްރުއަރީ 2022 ން ފެށިގެން އެނޫސްމަޖައްލާތައް ދަފްތަރުން އުނިކޮށް އުވާލާނެ ކަމަށެވެ. އެގޮތުން އެއިއުލާނުގައި މިފަދަ ނޫސްތަކުގެ ލިސްޓްވެސް ވަނީ އާއްމު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ: ރޯޅި...

އައިޝަތު ނަސާޔާ
ކޯވިޑް ބަލީގައި ދަނގެތިން މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި ދަނގެތިން މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި އދ. ދަނގެތިން މީހަކު ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި ނިޔާވީ ދަނގެތީ ސިއްހީ މަރުކަޒުގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެއީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 72 އަށް އަރާފައެވެ. އިއްޔެވެސް މިބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. އެއީ ޏ. ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ […]

ޔުމްނާ ޢަލީ
މާލޭ ގެއެއްގައި މީހަކު މަރުވެފަައި އޮއްވާ ފެނިއްޖެ

މާލޭ ގެއެއްގައި މީހަކު މަރުވެފަައި އޮއްވާ ފެނިއްޖެ

މާލެ ސިޓީގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ ސިޓީގެ ގެއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް އެއިދާރާއަށް ލިބިފައިވާ ކަމަށެވެ. އެކަން އެ އިދާރާއަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 8:03 ގައެވެ. މަރުވެފައި އޮއްވާ ފެނުނީ 49 އަހަރުގެ ފިރިހެނެކެވެ. އެއީ ދިވެއްސެކެވެ. އެމީހާ ފެނުނީ މާފަންނުގެ ގެއަކުންނެވެ. އެކަމާއިގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބައްލަވަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޔުމްނާ ޢަލީ
ރާއްޖެއިން އަނެއްކާވެސް "މިސްކް" ފެންނަނީ، 4 ކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ރާއްޖެއިން އަނެއްކާވެސް "މިސްކް" ފެންނަނީ، 4 ކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، މަލްޓި ސިސްޓަމް އިންފްލެމޭޓްރީ ސިންޑްރަމް (މިސްކް) ރާއްޖެއިން އަނެއްކާވެސް ފެންނަން ފަށައިފިއެވެ. އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑަށްފަހު ކުޑަކުދިންނަށް ޖެހެމުންދާ މިބަލީގައި މިވަގުތުވެސް 4 ކުއްޖަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ހާލު ދެރައީ އިތުރު ބަލިތަކެއްވެސް ހުންނަ ކުއްޖެއް ކަމަށާއި ރަށަކުން ގެނެއްސަ އޮތް ކުއްޖެއްވެސް...

އައިޝަތު ނަސާޔާ
މިދިޔަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކުރި، 1192 ވަރި

މިދިޔަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކުރި، 1192 ވަރި

މިދިޔަ 2021 ވަނަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކޮށްދީފައިވާއިރު 1192 މީހެއް ވަރި ރަޖިސްޓަރީ ކުރި ކަމަށް އެކޯޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އެ ކޯޓުން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު މިއީ ކައިވެނިތަކުގެ އަދަދާ އަޅާ ބަލާއިރު ވަރިކުރި އަދަދު ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ. ފެމިލީ ކޯޓަށް 2،400 އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައި ވެއެވެ. 2020 ވަނަ އަހަރުގެ މައްސަލަ ތަކާއި އެކު 2165 މައްސަލައެއް ވޭތުވެދިޔަ […]

އަލީ އާދިލް
އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން މަޖިލީހަށް ބޭނުންވޭ، ފަތުހީއަކީ އެފަދަ ބޭފުޅެއް: ސައިޚް ލަޠީފް

އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން މަޖިލީހަށް ބޭނުންވޭ، ފަތުހީއަކީ އެފަދަ ބޭފުޅެއް: ސައިޚް ލަޠީފް

މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށް ދީނީ ޢިލްމުވެރިޔާ ޝަ އިޚު މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ސެއިޚް ލަޠީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށެވެ. “އެކަންކަން ނުދަންނަ ޖާހިލުން” ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ. “ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުޙީ އަކީ އެރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވަމުން ގެންދަވާ ބޭފުޅެއް. އެންމެން އޭނާއަށް...

އަލީ އާދިލް
އދ. ގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދު ބަޙްރައިނަށް ވަޑައިގެންފި

އދ. ގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދު ބަޙްރައިނަށް ވަޑައިގެންފި

އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި، ބަޙްރައިން އަށް ވަޑައިގެންފިއެވެ. ޢާއްމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައިި އިއްޔެ ވަނީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އާއި ބައްދަލުކުރައްވާފައެވެ. އަދި ބަޙްރައިންއާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން...

އައިޝަތު ނަސާޔާ
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް އެއްބަސްވުމެއް

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް އެއްބަސްވުމެއް

ދައުލަތުގެ ބެލުމުގެ ދަށުން ކ. ގުރައިދޫ ގައި ބަލަހައްޓަމުން ގެންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، އޭޖްޑް ކެއަރ މޯލްޑިވްސް އާއެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފި އެވެ. ޖެންޑާ މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޖެންޑާ ނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް […]

ޔުމްނާ ޢަލީ
ވައިކަރަދޫއާއި ނޮޅިވަރަމުން އޮމިކްރޯން ކޭސްތައް ފެނިއްޖެ

ވައިކަރަދޫއާއި ނޮޅިވަރަމުން އޮމިކްރޯން ކޭސްތައް ފެނިއްޖެ

ހދ. ވައިކަރަދޫއާއި އެއަތޮޅު ނޮޅިވަރަމުން އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. އެޗްއީއޯސީން މިއަދު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާޙީމް އަފްޒަލް ވިދާޅުވީ، އޮމިކްރޯނަށް ޓެސްޓް ކުރުމަށް މިހާތަނަށް 1196 ސާމްޕަލެއް ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށެވެ. އޭގެތެރެއިން 74 ސާމްޕަލެއް އޮމިކްރޯނަށް ޕޮޒިޓިވް ކަމަށް ވިދާޅުވިއެވެ. އެންމެފަހުން އޮމިކްރޯން ހުރިތޯ ޓެސްޓްކުރަން ސާމްޕަލް ފޮނުވާފައި ވަނީ...

ޙުސައިން ޝަހުދީ
ދަނޑުވެރިކަމަށް އުތީމުން 40 ބިން ދޫކުރަނީ

ދަނޑުވެރިކަމަށް އުތީމުން 40 ބިން ދޫކުރަނީ

ދަނޑުވެރިކަމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް 40 ދަނޑުބިން ދޫކުރުމަށް ހއ. އުތީމު ކައުންސިލުން ނިންމައިފިއެވެ. އެރަށު ކައުންސިލުން ބުނެފައިވާ ގޮތުގައި ދަނޑުބިން ތަކަށް އެދިލައްވަން ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ ފޯމް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އެފަރާތްތަކުން ފޯމު ހުށައެޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ. އެކައުންސިލުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓަށްވުރެ ބޮޑުނުވާ ގޮތަށ...

އައިޝަތު ނަސާޔާ