މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށް ދީނީ ޢިލްމުވެރިޔާ ޝަ

އިޚު މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

Ad
rt

ސެއިޚް ލަޠީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށެވެ.

"އެކަންކަން ނުދަންނަ ޖާހިލުން" ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުޙީ އަކީ އެރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވަމުން ގެންދަވާ ބޭފުޅެއް. އެންމެން އޭނާއަށް ވޯޓު ދެއްވާ" ސެއިޚް ލަޠީފް ވިދާޅުވެފަވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ މޫސާ ފަތުހީ އަކީ ގާނޫނީ ވަކީލެކެވެ.

އޭނާ ވަނީ ކުރީސަރުކާރުގެ ހޯމް މިނިސްޓްރީގެ ނައިބު ވަޒީރުކަން ކުރަށްވާފައެވެ. އަދި ށ. އަތޮޅު ރައީސް ކަމާއި އެ އަތޮޅު އަތޮޅު ވެރިޔާގެ މަގާމު ވެސް މީގެ ކުރިން ފުރުއްވައިފަ އެވެ.